ހަޔާތަކީ ވަރަށްވެސް ކުރު އެއްޗެކެވެ. ހަގީގަތުގައި އަހަރެމެން މި ދުނިޔޭގައި އުޅެލަން ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. އެހެންކަމުން ފުރުސަތުގެ ބޭނުން ހިފައި، މީހަކު ދެކެ ލޯބިވެ ނުވަތަ ގަޔާވާނަމަ އެކަނއ ހިތުގައި ނުބާއްވައި އެވާހަކަ އެމީހަކާއި ހިއްސާ ކުރުން މުހިއްމެވެ.

ލޯބީގެ ގޮތުން ގުޅެން މީހެއް ދެކެ ގަޔާވެ ނުވަތަ ލޯބި ވެވުނަސް ގިނަ މީހުންނަކަށް ލޯބި ހުށަހަޅާކަށް ނުކުރެއެވެ. އެއީ އަނެކާ އޭނާގެ ލޯބި ގަބޫލު ނުކޮށްފާނެކަމުގެ ބިރަށެވެ. ނަމަވެސް ކުޑަ ހިތްވަރެއް ލާފައި އެންމެ ބޮޑުވަރުވިޔަސް ލޯބި ގަބޫލު ނުކުރާނީ އެންނޫން ހޭ ބުނެ ކެރިގެން ހުށަހަޅާށެވެ. ރަނގަޅު ގޮތެއްވެސް ވުން ގާތެވެ. އެހެނީ، އަހަރުތަކެއް ފަހުން އޭރު ތިމަންނާ އަށް އެކަން ކުރެވުން ނަމައޭ ހިތަށް އަރާނެއެވެ.

މިކަން އަންނަނީ ހަމައެކަނި ލޯބީގެ ގުޅުންތަކަކަށް ނޫނެވެ. މި މުޖުތަމައުގައި ގިނަ އާއިލާތަކިގެ މެދުގައި އޮންނަން ޖެހޭ ވަރަށް ލޯތްބާއި ކުލުނެއް ނުފެނެއެވެ. ފަހުން އާއިލާ މީހެއް މި ދުނިޔެ ދޫކޮށް ދިއުމުން އޭރު ތިމަންނާ އަށް މިވެނިގޮތަކަށް ކަންތައް ކުރެވުން ނަމައޭ ހިތަށް އަރާނެއެވެ.

އާއިލާ މީހުންދެކެ ލޯބިވާ ވާހަކަ ބުނާށެވެ. މައިންބަފައިން ކޮށްދޭ ކަންތައްތަކަށް ޝުކުރު އަދާކޮށް އޭގެ އަގު ވަޒަން ކުރާށެވެ. މީހެއްދެކެ ލޯބިވާނަމަ އެވާހަކަވެސް ބުނާށެވެ. ހަޔާތަކީ ކުރު އެއްޗެއްކަން އަބަދުވެސް ހަނދާން ބެހެއްޓުމުން މިގޮތަށް ކަންތައް ކުރަން ފަސޭހަވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިންތިޒާރު

  ބުނެވޭނީވެސް ބުނެވޭފަދަ ފުރުސަތެއް ލިބިގެން. ކައިރިވެސް ނުވެވިގެން ބައެއްފަހަރު ނުވެސް ފެނިގެން މި އުޅެނީ. ހައްތާވެސް މަށާ ދުރަށް ދާން އުޅޭހެން ހީވަނީ.

  13
 2. ޅޮއްޅޮ

  ޝާނީ ދެކެ ވަރައް ލޯބިވޭ.. ވ ވެދުން..ކެކެކެ

  10
  1
 3. Anonymous

  ށާނީ އައި ލަވް ޔޫ!!!!!!!!!!!

  6
  2
 4. ޢަހަރެން

  ނުކެރޭނެ، ދެން ހަަމަ އެހެން ހުރެފަ ބުނަަން ކެރޭތެ؟