އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ކައިވެންޏަށްފަހު ގެއްލުނު ފިރިހެން މީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ މީހާ ފެނިފައި ވަނީ ގަހެއްގައި ދަންޖެހިފައި ހުއްޓާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޯމަ ދުވަހު ކައިވެނި ކުރި، އުމުރުން 22 އަހަރުގެ ޑުޝްޔަންތް ގިރި ނަމަކަށް ކިޔާ އެ ޒުވާނާ ގެއްލުނީ އަންގާރަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް އާއިލާއިން ދިޔައީ ކުރަމުންނެވެ.

އަދި އެ ޑުޝަންތް ނުފެނުމުން، އެންމެ ފަހުން ފުލުހުންނަށް އެ މައްސަލަ ހުށަހެޅިއެވެ. ފުލުހުން އޭނާ ހޯދަން ފެށުމުން، ޑުޝަންތްގެ އާއިލާއިން ވަނީ އެ އަންހެން މީހާ އޭނާގެ ގެއަށް ފޮނުވާލާފައެވެ.

ފުލުހުން ބުނީ، ޑުޝަންތްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ނިންމާފައިވާއިރު، އެކަން ކުރުމަށް އަންހެން މީހާގެ އާއިލާއިން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހަދާފައެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި، އޭނާ މަރުވީ، ދަން ޖެހިގެންނެވެ.

ޑުޝްޔަންތް ގެއްލުނީ، އޭނާގެ ބޭބެ އާއެކު ބޭރުގައި އުޅެނިކޮށެވެ. އެމީހުން ކާތަނެއްގައި ސަޔެއް ބޯލަން ތިއްބާ ޑުޝްޔަންތު އެތަނުން ދިޔަގޮތަށް ނުފެނުނެވެ.

"އަހަރެމެން އޭނާ ވަަރަށް ހޯދިން، ހޯދާ ހޯދާ ނުފެނެމުނުން، ފުލުހުންނަށް އަންގާފައި އަހަރެމެން ގެއަށް ދިޔައީ".

އެކަމާއި މުޅި އާއިލާއިން ތިބީ ޝޮކެއްގަައެވެ. އަދި ޑުޝްޔަންތް އާއި އޭނާގެ އަނބިމީހާ އުޅުނީ އުފަލުގައި ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު