ރީތި، ބަނިޔާދަން ހަށިގަނޑެއް ލިބުމުން އިންޓަނެޓްގައި އެމީހަކަށް ލިބޭ ސަމާލުކަން ބޮޑެވެ. ލިބޭ ފުރުސަތުތައް ވެސް ގިނައެވެ. ނަމަވެސް މިފަހަރު މިއޮތީ މާރީތިވުމުން ވެބްސައިޓަކުން ބޭރުކޮށްލާފައެވެ.

އެމެރިކާގެ ކެލެފޯނިއާ އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މޮޑެލް ހޮލީ ވެލެންޓައިން ބުނާ ގޮތުގައި އޭނާ "ޓިންޑާ" އިން ބޭރުކޮށްލީ މާބޮޑަށް ގަޔާވާ ސިފަތަކެއް އޭނާގެ ހުރުމުން އޭނާގެ އެކައުންޓަކީ ފޭކް އެކައުންޓެއް ކަމަށް ބުނެ ގިނަ ބަޔަކު ރިޕޯޓް ކުރަން ފެށުމުންނެވެ.

އިންސްޓަގްރާމްގައި 1.2 މިލިއަން ފޮލޯވާސް ތިބި ހޮލީ ބުނާ ގޮތުގައި ޑޭޓިން އެޕެއް ކަމަށްވާ "ޓިންޑާ" ބޭނުން ކުރަން އޭނާ ފެށީ މީހުންނާއި ބައްދަލުކޮށް ފުރަތަމަ ވާހަކަ ދެއްކުމަނީ އޭނާ އަށް ވަރަށް ބޮޑު ލަދުވެތިކަމެއް އިހްސާސް ކުރެވޭ ކަމަކަށް ވުމުންނެވެ.

ނަމަވެސް ހޮލީ ބުނާ ގޮތުގައި ގިނަ އިރުތަކެއް ވަންދެން އޭނާ އަށް އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. އޭނާގެ އެކައުންޓަކީ ފޭކް އެކައުންޓެއް ކަމަށް ބުނެ ވަނީ އެކައުންޓް ބްލޮކް ކޮށްލާފައެވެ.

https://www.instagram.com/p/B4bRcZMFY1R/

ހޮލީ ބުނާ ގޮތުގައި އެކައުންޓް ބްލޮގް ކޮށްލުމުން ރިފަންޑް ހޯދަން އެދުމުން އޭނާ އަށް ރިފަންޑް ވެސް ނުލިބުނެވެ.

"އަހަރެންނަކީ ވަރަށް ގިނައިން ދަތުރު ކުރާ މީހެއް. އަހަރެން ބޭނުންވީ އަހަރެން ދަތުރު ކުރާ ތަންތަނުން ގިނަ މީހުންނާއި ބައްދަލުވެ ރަހުމަތްތެރިވާން. އެހެންވެ އަހަރެން ނެގީ އެންމެ އަގުބޮޑު ޕެކޭޖް." ހޮލީ ބުންޏެވެ.

ޓިންޑާގެ އެންމެ އަގުބޮޑު ޕެކޭޖެއް ލިބެނީ 86 އެމެރިކާ ޑޮލަރަށެވެ.

މިކަމާއި ގުޅޭ ގޮތުން ޓިންޑާ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ހޮލީ އަކީ ތަފާތު އެކި އުފެއްދުންތައް އިންސްޓަގްރާމްގައި އިސްތިހާރުކޮށް ބޮޑު އާމްދަނީއެއް ވެސް ހޯދަމުން އަންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު