އާދަޔާއި ހިލާފު އަލިކަމެއް ޖައްވަށް އަރައިގެންދާ މަންޒަރު ފެންނަ ފޮޓޯތަކެއް އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރަކު އާއްމު ކުރުމުން އެފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ލީ ހައުލް ނަމަކަށް ކިޔާ ފޮޓޯގްރާފަރު މި ފޮޓޯނަގާފައި ވަނީ އިނގިރޭސިވިލާތުގެ ޑާބީޝައިގައި އޮންނަ ޕީކް ޑިސްޓްރިކެޓް ނޭޝަނަލް ޕާކް ތެރެއިންނެވެ. އޭނާ ހައިކިން އަށް ނިކުމެ އުޅެނިކޮށް ފެނުނު މިމަންޒަރު ފޮޓޯ ނަގައި އާއްމު ކުރުމާއި އެކު ގިނަ ބަޔަކު އަންނަނީ މީސް މީޑިއަގައި މި ފޮޓޯއަށް ކޮމެންޓް ކުރަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިއި މޫސުން ހުރި ގޮތުންނާއި އިރުގެ އަލި އެޅިފައި ހުރި ގޮތުން ފޮޓޯ އަށް މީހެއްގެ ހިޔަނި އެޅިފައި ވާތީ އާދަޔާއި ހިލާފު ގޮތަކަށް ސިފަވާ ފޮޓޯއެކެވެ. ފޮޓޯގައި އެއްވެސް ހާއްސަ ކަމެއް ނެތް ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް ގިނަ މީހުން ބުނާ ގޮތުގައި ފޮޓޯ އިން ފެންނަނީ ކޮންމެވެސް ރޫހާނީ ބާރެކެވެ.

ބައެއް މީހުން ވަނީ މިއީ އެޑިޓް ކޮށްފައިވާ ފޮޓޯއެއް ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ބައެއް މޫސުންތަކުގައި މިފަދަ ފޮޓޯތައް މީގެ ކުރިން ވެސް ނެގިފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ކޮންމެއަކަސް ފޮޓޯގެ ހަޤީޤަތާއި ބެހޭ ގޮތުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއަގައި ހިޔާލު ފާޅުކުރަމުންނެވެ. ކޮންމެ މީހަކީ ވެސް ފޮޓޯ އިން ފެންނަ މަންޒަރުތައް ދިރާސާ ކުރުމުގެ ތަޖުރިބާކާރަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯޑް

    އީސައާ ވެސް ވައްތަރު

    4
    35
  2. Anonymous

    ޢަހަރެން ވަރަށް ގިނައިން ގްރުއާން ސީޑީ ޖަހަމެވެ މިގޮތުން އެއްރެއަކު ސީ ޑީ ޖަހާފައި އެނދުގައި އޮއްވާ ސީޑި އިން ކިޔަވާ ގާރީ ގެ އަޑުދަށުން ކޮންމެސް އެހެންބަޔަކު ނުވަތަ މީހަކު ވަރަށް ބާރަށް ކިޔަވަން ފަށްޓައިފއެވެ އެކިޔަވާމީހަކު ކިޔަވަނީ ގާރީޔަށްވުރެ ތަންކޮޅެއް ހަޑިކޮށެވެ ވަރަށް ސާފު ކޮށް ކިޔަވަނީ ގާރީގެ އަޑުދަށުން ކަން އެގެއެވެ ބަގަރާ ސޫރަތުގެ ނިމޭ އާޔަތް ތަކެވެ. ޢަހަރެން ހީކުރީ އެއަޑު އިވެނީ އަހަންނަށް އެކަނި ކަމަށެވެ އިރުކޮޅެއްފަހުން އެމީހަކު ކިޔެވުން ހުއްޓާލީމަ އެހެން މީހުން ތިބީ ހޭލާތޯ ނުވަތަ އަޑުއިވުނުތޯ ބަލާލަން ގޮވާލައިފީމެވެ އެންމެންވެސް ތިބީ ހޭލަޔެވެ އަޑިވެސް އިވުނެވެ ޖެހިގެން އައިދުވަހު ވަރަށް ހެދުނާ ތެދުވެ ސީޑީގައި އުޅޭ މައްސަލައެއްތޯ ޗެކް ކުރަން އަނެއްކާވެސް ސީޑީ ޖަހައިފީމެވެ ސީޑީގައި މައްސަލައެއް ހުރިކަމެއް ފާހަގައެއް ނުކުރެވެއެވެ މުޅިން ބަރާބަރެވެ އެކިޔެވި މީހަކު ދެނެވޮޑިގެން ވާނީﷲއެވެ އަހަރެންގެ ހުރިހާކަމެއް ﷲއާ ވަކީލު ކުރަމެވެ

    33
    2
  3. Anonymous

    ޢަހަރެންގެ ދަރި ބަލާ ސްކޫލަށް ދިޔައިމެމެ ކޮރިޑޯގައި ހިގާލާފަ އައިސް އަހަރެން ތިރީގައި ހުރި ދިމާ މަތީގައި ކޮރިޑޯގައި މަޑު ކޮށްލިއެވެ އަހަރެން ހަނާއަޅާލައިފާ ތިރިއަށް އައުމަށް އިޝާރާތް ކޮށްލީމެވެ އެވަގުތު އޭނަ ގެއްލުނެވެ އަހަރެން ހީކުރީ ސަކަރާތް ޖަހަންވެގެން އެހެން ދިމާލަކަށް ދިޔައީކަމަށެވެ ގިނައިރު ވުމުން ޓިޗަރެއް ކައިރީ ޢޭނަ މަތީގައި އެބަހުއްޓޭ ގޮވާލަދޭށޭ ބުނީމެވެ ޓީޗަރު އިރުކޮޅަކުން އައިސް ބުނީ އޭނައެއް މަތީގައި އެއްނެތެވެ އެކަމަކުވެސް އަހަރެން ސްކޫލް ގޯތިތެރޭ މަޑުކުރީ އަހަންނަށް އޭނަ ފެނުނީތީއެވެ ގަޑިއެއްހާއިރު އެތާ ކޮމްޕައުންޑުގައި މަޑުކުރުމުން ޓިޗަރުން ހިތްހަމަ ނުޖެހިގެން އުޅޭހެން ހީވުމުން ސްކޫލުން ބޭރަށް ނުކުމެ މަގުމަތީގައި ހުރީއެވެ ވަރަށްގިނައިރު ވީފަހުން އެހިސާބުގައި ހުރި ތިމާގެ މީހެއްގެ ގެއަށް އަހަރެން ވަނީމެވެ ވަންއިރު އޭގޭގައި ދަރިފުޅު އިނެވެ އޭނަހުރީ ބަލާނައިސްގެން ކަންބޮޑުވެފައެވެ ޢޭނަ ބުނީ އަހަރެންނުދެކޭކަމަށާ ޓެސްޓް ހަދާހިތްނުވީމަ ގަޑި ޖިހުމުގެ މާކުރިން ނިކުމެގެން ބޮޑުދައިތަ ކައިރިއަށް ގޮސް ހުރީ ކަމުގައެވެ އަހަންނަށް ޔަގީންވާކަމަކީ އަހަރެން ފެންނަން ހުއްޓަ އޭނަ އެކަނި ނުނިކުންނާނެ ކަމެވެ އަދި އޭނަ އޮޅުވާލާދޮގެއްވެސް ނަހަދާނެކަމެވެ އަދި ކުރިންވެސް އޭނަބުނި އެޓެސްޓް ނަހަދާ ޑްރޮޕް ކުރާނެ ވާހަކަވެސް ދެން އަހަރެން ހަދާންވީ އޭނަ ބޭގް ނުލާއައިކަން އެދުވަހު ކޮރިޑޯއިން ފެނުނު އަހަރެންގެ ދަރިފުޅު ހުރީވެސް އޭނަގެ ބޭގްވެސް އަޅާލައިގެން އަސްލު އެއީ ހަމަ އޭނަޔެއް ނޫން އަހަރެން އެވާހަކަ އެއްވެސް ޓީޗަރެއްގެ ގާތު އެވާހަކަ ނުބުނީ ކުދިންނާ ޓީޗަރުންގެ ހިތުގައި ބިރުވެރިކަމެއް އުފެދިދާނެތީ ހެދުނާ ވަވީރުގެ ޒިކުރް ތަކާ ގެއިން ބޭރަށް ދާއިރު ކިޔާ ދުއާތައް ކުޑަކުދިންނަށް ދަސް ކޮށްދިނުން ވަރަށް މުހިއްމު

    22
    1
  4. ާއަހަރެން

    އެނޮނިމަސް.. އެއީ ކޮން ސްކޫލެއް ބާ؟ ކަލާފާނު ސްކޫލް؟