އަންހެނުންނަށް ބޮޑަށް ކަމުދަނީ ބޮލުގަ އާއި ތުނބުޅީގައި ނުރަޖަހާފައި ތިބޭ މީހުންކަން މެޗް ޑޮޓްކޮމް އިން ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި އަންހެނުންނަށް އެންމެ ކަމުދަނީ ރީތި ވަރަކަށް ނުރަޖަހާފައި ހުރުމުގެ އިތުރުން މާބޮޑަށް މުސްކުޅިކަމަށް ނުދައްކާ މީހުންނެވެ. ބޮލުގަ އާއި ތުނބުޅި އެއްކޮށް ނުރަވެފައި ހުރުމުން ގިނަ މީހުންނަށް ކަމަކު ނުދެއެވެ.

ނުރަ ޖަހާފައި ތިބޭ މީހުން އަންހެނުންނަށް ކަމުދާ އިތުރު ސަބަބުތަކަށް ބަލާ އިރުގައި އާއްމުގޮތެއްގައި މިގޮތަށް ނުރަ ޖަހަނީ ހަރު އުމުރުގެ މީހުންނަށް ވެފައި، ފިރިހެން ބައިވެރިޔާ އެއްގެ ކިބައިގައި ހުންނަން އެންމެ ރަނގަޅު އެއް ސިފައަކީ ވިސްނުން ރަނގަޅުވުން ކަމަށް ވާތީއެވެ. އެފަދަ މީހުންގެ ހަޔާތުގައި ހުންނާނީ ބައިވަރު ތަޖުރިބާތައް ކުރެވިފައެވެ. އަދި ޒުވާނުންނަށް ވުރެން އެމީހުން ލޯވެސް ދުނިޔެއަށް ހުޅުވިފައި ހުންނާތީއެވެ.

މެޗްޑޮޓްކޮމްގެ ދިރާސާގެ އިތުރުން ސްކޮޓްލޭންޑު ސެއިންޓް އެންޑްރިއު ޔުނިވާސިޓީގައިވެސް ކުރިއަށް ގެންދިޔަ ދިރާސާތަކުންވެސް ދައްކާފައި ވަނީ ހަމަ މިފަދަ ނަތީޖާތަކެވެ. ގިނަ އަންހެނުންނަށް ނުރަޖަހާފައި ހުންނަ ފިރިހެނުން ކަމުދާތީ ބައެއް މީހުން ބޮލުގައި ހުދަ ކުލަވެސް ޖައްސައިގެން އުޅެއެވެ.

ދިރާސާ އިން އިތުރަށް ދެއްކި ގޮތުގައި އޭގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ނުރަ ޖަހާފައި ތިބޭ ފިރިހެނުންގެ ތެރެއިންވެސް އެމީހުންނަށް އެންމެ ރީތީ ޖޯޖް ކްލޫނީ އާއި ބްރެޑް ޕިޓްގެ އިތުރުން މިލިންޑް ސޮމަންއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ނުރަޖެހީމަކާއެއް ނޫން. ލާރި ހުރީމަ

    18
    2
  2. ހުސޭނުބޭ

    ތި ތި ދިރާސާ ރާއްޖޭގައި ކޮށްބަލަ! ނަތީޖާ ފެންނާނީ އަނެއްކޮޅަށް! އެހެންނޫން ޕާޓޭއަކަށް ލާރު ހުރިއްޔާ އެވަރެއް ނޯންނާނެ!

    7
    2
  3. ނުރަބޯ

    ވަރަށް ރަގަޅު ވާހަަކައެއް. އަންހެނުންނަށް ބޮޑަށްކަމުދަނީ މެދުއުމުރުގެ ނުރަޖަހާފަތިބޭ ސްމާޓް ފިރިހެނުން. ލާރި ހުރިއްޔާ އެއީ ޕްލަސް ޕްއިންޓެއް. ތަޖުރިބާޔާއެކު މި ބުނީ.