އިންޑިއާގެ މުމްބާއީގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކާއި ޖިންސީ ގޯނާ ކުރި ބޮލީވުޑްގެ އެކްޓަރ ޝަހްބާޒް ޚާންގެ މައްސަލަައެއް ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ އިއްޔެއެވެ. އެ މައްސަލަ މުމްބާއި ފުލުހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.

ފުލުހުން ބުނީ، އެ އެކްޓަރާއި ގުޅޭ ޖިންސީ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މިކަން ހިނގާ ދިޔައީ، ޝަހްބާޒް ޚާންގެ ދަރިފުޅު އެހެން އަންހެނަކާއި ޒުވާބު ކުރަމުންދަނިކޮށް، އޭގެ ތެރެއަށް ޝަހްބާޒް ވަދެއެވެ.

އުމުރުން 50 އަހަރުގެ ޝަހްބާޒް އެ ޒުވާބުގެ ތެރެއަށް ވަދެ، އެ އަންހެން މީހާއާ ދިމާލަށް އެއްޗެހި ކީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ހަށިގަނޑުގައި އަތްލާ ކަންތައް ކުރި ކަމަށް ފުލުުހުން ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ޝަހްބާޒް އެއްވެސް އެއްޗެއް ކިޔާފައެއް ނުވެއެވެ.

ޝަހްބާޒްއަކީ ކްލެސިކަލް ވޯކަލިސްޓް އުސްތާޑް އާމިރް ޚާންގެ ދަރިފުޅެވެ. އޭނާ ގިނަބަޔަކަށް އިނގޭނީ ބޮލީވުޑްގެ ފިލްމްތަކުގައި ނުބައި މީހެއްގެ ރޯލް އަބަދުވެސް ކުޅޭ މީހެއްގެ ގޮތުގައެވެ. އަދި ބައެއް ޓެލެވިޒަން ސީރީސްތަކުންވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު