އޮސްޓްލޭލިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ވާހަކަދައްކަން ޓީވީ ޝޯވއަކަށް އެރި އާއިލާއެއްގެ ހިމެނޭ ފިރިހެން ކުއްޖެއްގެ މޫނު މައްޗަށް ޖެއްސި ދެ މެހި ކާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވާން ފަށައިފިއެވެ.

ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ އެ އާއިލާ އޮސްޓްރޭލިއާގެ ޓީވީއަކަށް ލައިވް އިންޓަވިއުއެއް ދޭން އަރައި، މިހާރު ވިއްސާރާގައި އެމީހުންނަށް ލިބެމުންދާ ގެއްލުންތަކެ ވާހަކަ ހިއްސާ ކުރެއެވެ.

މިހާރު ރެޑިޓްގައި އާއްމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ އެ ކުއްޖާގެ މަންމަ އުނދަގޫ ދުވަސްތަކުގެ ވާހަކަތައް ދައްކަމުންދިޔައިރު، އެ ކުއްޖާގެ އަނގަޔާ ދިމާލަށް މެއްސެއް ޖައްސާ މަންޒަރެވެ. އެ މެހި ޖެއްސުމާއެކު، އެ ކުއްޖާ ދޫ ނެރެފައި އެ މެހި އަނގަޔަށް ލަައެވެ. އަދި ދެވަނަ މެހި މޫނުގައި ޖެއްސުމުން އެ މެހިވެސް އަނގަޔަށް ލައެވެ.

https://youtu.be/X9KPk3l-ofI

އެ އިންޓަވިއު ކުރިއަށްދިޔައިރު، އެ ކުއްޖާގެ ބައްޕަ އާއި ދައްތަވެސް ހުއްޓެވެ.

އެ މަންޒަރު ފެނުނު މީހުން އެ ކުއްޖާ އެގޮތަށް ކަންތައް ކުރުމުން ފަކުރު ގަންނަ ކަމަށް ބުނެފައި ވެއެވެ. އަދި އެއީ އެ ކުއްޖާއަށްވެސް ގެއްލުން ހުރެދާނެ ކަމެއް ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

އަދި އެފަދަ މަންޒަރުތައް ޓީވީން ދައްކަން ނުޖެހޭ ކަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ވައިޓް ގައިޒް އާރ ކްރޭޒީ