ބޮލީވުޑްގެ ބަތަލްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދާ ސަލްމާން ޚާން އާ ބައްދަލު ބައިސްކަލުގައި ދިގު ދަތުރެއްކޮށްފިއެވެ.

އިންޑިއާގެ އަސާމްގެ ޓިނުސުކިއާއަށް ނިސްބަތްވާ އެ މީހާ ބައިސްކަލުގައި 600 ކިލޯމީޓަރަކަށް ދަތުރުކޮށް މިހާރު އެ ހުރީ ސަލްމާން އާ ބައްދަލު ކުރަން ގޮހެވެ.

ބުމެން ލިކްސަން ނަމަކަށް ކިޔާ އުމުރުން 52 އަހަރުގެ އެ ފިރިހެން މީހާ އޭނާގެ ދަތުރާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައި ވަނީ، އޭނާ ދަތުރު އޭނާ ދިރިއުޅެމުންދާ އަވަަށުން ފެށީ ފެބްރުއަރީ އަށް ވަނަ ދުވަހުއެވެ. އޭނާ ދަތުރު ފެށީ ގުވަހަޓިއަށް ދާށެވެ. އޭނާ ގުވަހަޓީއަށް އާދެވުނީ އިއްޔެ އެވެ.

މިހާރު އޭނާ ގުވަހަޓީގައި ހުރިއިރު، ފިލްމް ފެއާ އެވޯޑަށް އެ ސިޓީއަށް ސަލްމާން އަންނާނެއެވެ. މާދަމާ އޮންނަ އެ ފިލްމް ފެއާ އެޗޯޑްގައި ބައިވެރިވާން ސަލްމާން އަންނާނެ ކަމަށް އޭނާ ބުނާއިރު، ލިކްސަން އުއްމީދު ކުރަނީ އޭނާއާ ބައްދަލު ކުރާނެ ކަމަށެވެ.

އޭނާއަކީ ސައިކްލިސްޓެކެވެ. އޭނާ ވަނީ އިންޑިއާގެ ބުކް އޮފް ރެކޯޑްސް އިންވެސް ޖާގަ ހޯދާފައެވެ. އޭނާ އެ ގޮތުން ޖާގަ ހޯދީ، ބައިސަކަލުގައި ކުރީގައި އަތް ނުޖައްސާ، އެއް ގަޑިއިރު ތެރޭގައި 48 ކިލޯމީޓަރަކަށް ދަތުރު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަތޮޅޭ

    ބޮލީވުޑްގެ ބަތަލްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދާ ސަލްމާން ޚާން....
    އަދިކިރިޔާ މި އިނގުނީ ސަލްމާން ޚާނަކީ ބަތަލްކަން.. މިއޮށް ހުރިހާ ދުވަހު މަ ހީކުރީ ބަތަލާއެއް ކަމަށް

    7
    1
  2. މަރީ

    ވަރަށް ހިއްވަރު ގަދަ އިނގޭ