މިއަދަކީ ކްރިސްޓިއަން ދީނުގެ މީހުން ފާހަގަކުރާ ވެލަންޓައިންސް ޑޭ ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުން ގިނަ އަދަދެއްގެ މުސްލިމުން އުޅޭ އިންޑޮނޭޝިޔާގައި ވަނީ މަނާކޮށްފައެެވެ. ނަމަވެސް، ބައެއް ޒުވާނުން މި ދުވަސް ފާހަގަކުރަމުން ގެންދާތީ އެ ގައުމުގެ ފުލުހުން ދަނީ މަގުތައްމައްޗައް ނިކުމެ އެމީހުން ހައްޔަރުކުރަމުންނެވެ.

އެ ގައުމުގެ ބޮޑެތި ބައެއް ސިޓީތަކުގައި މި ދުވަސް ފާހަގަކުރަން މަނާކޮށްފައި ވަނިކޮށް، ބައެއް މީހުން ވަނީ ރެސްޓޯރެންޓާއި ހޮޓެލްތަކަށް ގޮސް މި ދުވަސް ފާހަގަކުރަން މަސައްކަތް ކޮށްފައެވެ. އެފަދަ މީހުން އަތުލައިގެންފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައެވެ.

270،000 މީހުންގެ އާބާދީ އެއް އޮންނަ ބަންޑަ އަސާގައި ޝަރިއްޔާ ތަންފީޒު ކުރާއިރު، އެ ސިޓީ އިން މިއަދު ހައްޔަރު ކުރި މީހުންނަށް ބޮޑެތި އަދަބުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

އެހެން ސިޓީތަކުން ހައްޔަރުކުރި މީހުންނަށް ބަލާއިރު ޖަރުމަނު ފަތުރުވެރިޔަކަށް ވަނީ ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައެވެ. އަދި ހިލޭ ފިރިހެނުން ހޯދަން އުޅުނު 5 އަންހެނަކު ވަނީ ރިހެބެލިޓޭޝަން އަށް ފޮނުވާފައިކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިޔާގައި މި ދުވަސް ފާހަގަކުރުން މަނާކޮށްފައި ވަނީ އެއީ މިއީ މުސްލިމުންނާއި ގުޅުންހުރި ކަމަކަށް ނުވެފައި، މުސްލިމުން އެހެން ދީނެއްގެ ބަޔަކަށް އަންނަ ދުވަހެއް ފާހަގަކުރަން ނުޖެހޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    ސާހަބޭ. ނިކަން ރާއްޖޭގައި ވެސް ތިގޮތަށް އަމަލު ކުރާ ނަމަ ހާދަ ރަނގަޅޭ..... ނަމުން ސައްތަ އިން ސައްތަ

    64
    3
  2. ލާލާ

    ވެލެންޓައިންސްޑޭ ފާހަގަ ކުރުން މަނާކުރީމަވެސް އެމީހުން ގޮތްދޫނުކުރިދޯ. .....

    32
    3
  3. ސާބަސް

    ބަރާބަރު އިންޑޮނޭޝިޔާ ގެ ސަރުކާރު...މިކަހަލަ މުސްލިމު މަދު ގައުމެއް މިގޮތައް ކަންތައް ކުރަނީ އިންޑޮނޭޝިޔާ އަދި އީރާން ކަހަލަގައުމުތައް..އަހަރަމެން ވެސް އެބަ ޖެހޭ މިގޮތަށް ކަންތައްތައް ކުރަން.

    45
    4
  4. ޢަލީ

    ތީ ބޮޑުވަރު. ދެމީހަކައް އަނބީމީހާ ނުވަތަ އެކުގައި އުޅޭ މީހާ އާއި އެކު މިދުވަސް ފާހަގަ ކުރެވިދާނެ. ޢިންޑޮނޭށިއާ އެހާ ތަރައްގީ ނިވެ ހާލުޖެހިފަ އިންނަނީ މިކަހަލަ ހަރުކަށި ކަންތައްތައެއްގެ ސަބަބުން. ވަރައް ނާތަހުޒީބް ގައުމެއް

    3
    46
    • މައްސަލައަކީ

      ކީއްވެގެންބާއޭ ހަމައެކަނި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފާހަގަ ކުރަންވީ؟ އެއޮތީ ދެއީދު ދުވަސް. ކޮންމެ ހަފްތާއަކު އެބަލިބޭ ހުކުރުދުވަހެއް. މިނޫންވެސް ޗުއްޓީގެ އެތައް ދުވަހެއް އެބަލިބޭ. ކޮންމެހެން ނުޖެހޭ ވެލެންޓައިނުސު ޑޭއެއް ފާހަގަކުރާކަށް. ފާހަގަކުރަނީ ކްރިސްޓިޔަން ފާދިރީއަކު ގަތުލުކުރެވުނު ދުވަހަކާ. އެފާދިރީއެއް ނުބުނޭ ކްރިސްޓިއަނުން އެދުވަސް ފާހަގަ ކުރާށޭވެސް އެކަމަކު އެކުރަނީ. ހިންދޫންނާއި ބުޑިސްޓުން ބުދުއީދުތައް ފާހަގަ ކުރާ ގޮތަށް ކްރިސްޓިއަނުން ފާހަގަ ކުރާ ދުވަހެއް މިއީ. މިހާރު ސޯޝަލް މީޑިޔާއާއި ހެދި މުސްލިމުންވެސް މިދުވަސް ފާހަގަކުރަނީ. ބޯހަލާކުވޭ މިދުވަސް ޝެއާކުރާ ބައިގަނޑާހެދި.

      6
      1
    • އާޝޯހް

      އެއްވެސް މީހަކާއެކީ އެދުވަސް ފާހަގައެއް ނުކުރެވޭނެ. އަލީ އަލުން އިސްލާމް ދަސްކުރަންފެނޭ. ގޮސް ޝޭޚެއްކައިރީ އަހާލަބަލަ ނުބުނާނެ ކުރެވޭނޭ. އަލީ އެކަންޔެއްނޫން މިގައުމުގަ އުޅޭ ބައެއް ކުދިންވެސް

      13
      1
  5. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ދިވެހިންނަކީ ދާނެގޮތަކަށް ދާންނެބަ އެ އް އީމާންތެރިކަމުގެ ޒަ އްރެ އްގެ މިންވަރުވެސް ނެ އްބަ އެ އް

    13
    2