ލޯބީގެ އިޝްޤީ ލަފްޒުތައް، ރާގުރާގަށް އަމުނާލުމަކީ ކޮންމެ މީހަކަށް އަދި ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. މޮޅެތި ބަސްތައް ބޭނުންކޮށްގެން ބައިވެރިޔާއަށް ބަހާރުމޫސުން ދެއްކުމަކީ، އެންމެން ދަންނަކަމެއްވެސް ނޫނެވެ. ނަމަވެސް ބައިވެރިޔާ އުފާކޮށްދިނުމަށްޓަކައި އެފަދަ މީހަކަށް ކޮންމެހެން ވާން ލާޒިމެއް ނޫނެވެ. އަދި އަގުބޮޑެތި ހަދިޔާ ހޯދައިދޭކަށްވެސް ނުޖެހެއެވެ.

ޙަޔާތެއްގެ އުފާވެރިކަމާއި އުޖާލާކަން ބިނާވެފައި އޮންނަނީ، ލޯބިވާ ދެމީހެއްގެ މެދުގައި އޮންނަ އިހުސާސްތަކެއްގެ މައްޗަށެވެ. އެގޮތުން ދެމީހަކު ލޯބިން އެކުގައި އުޅޭ އުޅުމުގައި، އެ އިހުސާސްތަކަށް ޤަދަރު ކުރުމަކީ އުފާވެރި ޙަޔާތެއް ހޭދަކުރާން އެދޭނަމަ އޮތް ގޮތެވެ.

ލޯބީގެ ގުޅުމުގައި އަންހެނުންނަކީ ފިރިހެނުންނާއި ވަރަށް ތަފާތު ބައެކެވެ. ބައިވެރިޔާގެ ފަރާތުން ތައުރީފުގެ ބަސްތަކާއި އުފާވާފަދަ ލަފުޒުތަކަށް އެވެރިން އަބަދުވެސް އެދިއެދި ތިބޭނެއެވެ. އެހެންކަމުން ޙަޔާތަށް އުފާވެރިކަމާއި އާރޯޝަންކަން ގެނައުމަށް އެދޭނަމަ ބައިވެރިޔާއާއި ދައްކާ ވާހަކަތަކަށް ސަމާލުވެ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ކޮން ގޮތަކުންކަން ދަތުމަކީ މުޙިންމުކަމެކެވެ.

"މޭކަޕާއި ނުލާވެސް ރީތި"

ބައެއް ޒުވާން އަންހެނުން ދެކޭ ގޮތުގައި، ޒީނަތްތެރިވުމަށް މޭކަޕަކީ ކޮންމެހެންވެސް ބޭނުންވާ އެއްޗެކެވެ. އެގޮތުން މޭކަމާއި ނުލައި ބޭރަށްގޮސް އުޅެން ލަދުން އުޅޭ އަންހެނުންވެސް މަދެއް ނޫނެވެ. ތިބާގެ ބައިވެރިޔާއަކީ މޭކަޕް ކުރުމަށް ލޯބިކުރާ މީހަކަށްވާނަމަ، އޭނާ މޭކަޕް ނުކޮށް ހުންނައިރުވެސް "ފުރިހަމަ" ކަމަށް ބުނާށެވެ. އޭރުން އޭނާ ހުންނާނީ އުފަލުން ފޮޅިފައެވެ.

"ވަރަށް ސުމާޓް"

"ސުމާޓު" މި ބަހަކީ ހަމައެކަނި ފިރިހެނުންނަށް ނިސްބަތްކުރެވޭ ބަހެއް ނޫނެވެ. ތިބާގެ ލޯބިވާ ބައިވެރިޔާގެ ސިފައަށް މާގިނައިން ތައުރީފު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަކީ ވިސްނުންތެރި، "ސުމާޓް" މީހެއްކަން ތިބާގެ ބަސްތަކުން ހާމަކޮށްދިނުމަކީ އޭނާ އުފާވާނެ ކަމެކެވެ. އެހެން ބުނުމުން އޭނާ ފަހަރުގައި ލަދުންވެސް ހުރެދާނެއެވެ.

"ކައްކަން ތި ވަރެއް ނެތް"

މި ޒަމާނުގައި، ކައްކަން ދަންނަ ޒުވާން އަންހެނުންނަކީ މަދު ބައެކެވެ. އެހެނަސް ތިބާގެ ބައިވެރިޔާއަކީ އަމިއްލައަށް ކައްކަން އެނގޭ ނުވަތަ މަސައްކަތްކުރާ މީހެއްކަމަށްވާނަމަ، އޭނާ ކައްކާ ތަކެއްޗަށް ތަޢުރީފު ކުރާށެވެ. މިގޮތުން ތައުރީފުގެ ބަސްތައް އޭނާއަށް ރައްދުވާނަމަ، އެވާހަކަތައް ވާނީ އޭނާއަށް ލިބޭ އިތުރު ހިއްވަރަކަށެވެ. ހަޔާތެއް އުފާވެރި ކުރުމަށް އެކަކު އަނެކެއްގެ ކިބައިން ހިއްވަރު ލިބިގަތުމަކީ ވަރަށް މުޙިންމު ކަމެކެވެ.

"ފަލައެއް ނޫން / ބަރުދަން ލުއިވާހެން ހީވޭ"

ބައެއް އަންހެނުން ބަރުދަން ލުއިކުރުމަށް ނުކުރާ މަސައްކަތެއް ނޯވެއެވެ. އެކި ފާޑުފާޑުގެ ޑައިޓުތައް ގެންގުޅުމާއި ކަސްރަތު ކުރުމުން ފެށިގެން ގޮސް ނުވާކަށް ގުރުބާނީއެއް ނޯވެއެވެ. އެކަމުން މާބޮޑު ބަދަލެއް ނައިކަމުގައި ވީނަމަވެސް، ބަރުދަން ލުއިކުރުމާއި ހަށިގަނޑު ރީތި ކުރުމުގެ އުންމީދުގައި އެފަދަ ފަރާތްތަކުން ހަޤީޤަތުގައި ވަރަށް ހިތްވަރު ކުރެއެވެ. ތިބާގެ ބައިވެރިޔާއަކީ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހެއްނަމަ، އޭނާ އެކުރާ މަސައްކަތުގެ ނަތީޖާ ފެންނަކަން ހާމަކޮށް ހިއްވަރު ދޭށެވެ.

"ތި ކުލަ ވަރަށް ގުޅޭ"

ލާނެ ހެދުމެއް ނުވަތަ އެދުވަހެއްގައި ލާން ބޭނުންވަނީ ކޮން ކުލައެއްގެ ހެދުމެއްކަން ނިންމުމުގައި އަންހެނުން ކިތަންމެ އިރެއްވެސް ހޭދަކޮށްފާނެއެވެ. އެހެންކަމުން، ބައިވެރިޔާ އިޚްތިޔާރު ކުރި ކުލައަކީ, އޭނާއާއި ގުޅޭ ރީތި ކުލައެއް ކަމަށް ބުނުމުން، އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ހިތްހަމަޖެހެއެވެ. ފަހަރުގައި ގޮތް ނިންމުމުގައި ތިބާގެ ޚިލާޔަށް އޭނާ އިސްކަންދޭން ފަށާފާނެއެވެ.

 

"އެހެން އަންހެނުންނާއި ތަފާތު"

ޙަާތުގެ ބައިވެރިޔާކަމަށް ނިންމައި އޭނާއާއި އެކު ލޯބީގެ އާ ސަފުޙާއެއް ތިބާ ފަށާނީ ހަމަ ގައިމުވެސް ތިބާއަށް އޭނާ އެހެން އަންހެނުންނާއި ތަފާތުވުމުންނެވެ. ތިބާގެ ނަޒަރުގައި އޭނާއަކީ އެހެން މީހުންނާއި ތަފާތު، ރަނގަޅު މީހެއްކަން އޭނާއަށް ހަނދާންކޮށްދިނުމަކީ އެކަން އެގޮތުގައި ދެމިގެންދާނޭ ސަބަބަކަށްވެސް ވެދާނެއެވެ. އޭނާގެ ހަނދާނުގައި އަބަދުވެސް އެފަދަ ވާހަކަތައް ލިޔެވިފައިވާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމަޑޭ މާމިގިލި

    ތިއީ ވަގުތު ނޫހުން އެންމެ ހިތް އެދޭ ވާހަކަތައް؟

  2. ނުވާނެއޭ

    މަމެން ބޭނުމެއް ނޫން ބިޓުން ގެއަށް އަންނަ އިރު އެމެން މަމެން ހިތް ނޭދޭ ޑްރެސް އެއް ލައިގެން ހުރި ނަމަވެސް ބުނަން ތި ޑްރެސް ހާދަ ރީއްޗޭ ކުރު ސްކާރޓެއް ލައިގެން އެއް ދުވަހު މަަމެން ގޯއްޗަށް ބިޓަކު އައުމުން މަންމަ ވެސް ހުއްޓާ މަމެން ބުނެލީ ހާދަ ކާޅު ހެދުމެކޭ ދޯ ތަމެން މިއަދު ލައިގެން ތިޔާ އައީ ބުނުމުން މަންމަ ބުނީ އެހެން ކިޔަން ނުވާނެއޭ އެމަންޖެ ލަދުން ހިނގައްޖެ ގެއިން ނިކުމެގެން އެދުުވަހު. މަންމަ ބުނީ އެގޮތަށް ދިމާލަށް ނުބުނާށޭ ދަރިފުޅު ގާތު މަންމަ ވަރަށް ކިޔަމެއް ނޫންތޭ ބުނުމުން މަމެން ބުނީމޭ މަންމަ ގާތު އޭނާ އަށް ގުޅާފައި ބުނާށޭ މިގޯއްޗަށް އަންނަނަމަ މިގޯއްޗަށް ވަންނަން ޖެހޭނެ ޑްރެސް ކޯރޑެއް އޮންނާނެއޭ އެޑްރެސް ކޯރޑް ގައި އަންނާށޭ އެނޫން ނަމަ ރައްކާވާށޭ އެމަންޖެ ގާތު މަންމަ ފޯން ކޮށްފައި ބުނާށޭ ބުނުމުން ދެން މަންމަ އަށް ވެސް ނުކެރުނު އެކައްޗެކޭ ވެސް ބުނަން. ކޮންމެ ހެން ނުޖެހޭނެ އަންހެން ކުދިން ނުބައި މަގުން ދާއިރު އެމެން ހިތް ހަމަ ޖައްސާލަން އެމެން ބޭނުންވާ އެއްޗެއް ބުނަން އެއެއްޗަކީ އެއީ މަމެން ހިތް ނޭދޭ އެއްޗަކަށް ވާނަމަ. މަމެން ނަކީ އެއީ އެމެންގެ އަޅުން ނޫނޭ އަދި މަމެން ފިރިހެން ވެރިން ދޯ އެމެން ނަށް މަގުދައްކަން ތިބޭ ބަޔަކީ.

  3. ޙުސޭނު

    ނުވާނެއޭ އަށް ހަމަ ސާބަސް