ދިވެހި ޒުވާނަކު ގެންގުޅޭ ބުޅަލެއްގެ ހާލު ދެރަވެގެން ބުޅަލަށް ފަރުވާ ކުރެވޭނެ ގޮތެއް ހޯދަން މީސް މީޑިއާގައި އެހީތެރިކަމަށް އެދިއްޖެއެވެ.
ބުޅަލުގެ ހާލު ދެރަވެގެން އެހީއަށް އެދިފައި ވަނީ ސާރާ ސިޔާމް ނަމަކަށް ކިޔާ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި ސާރާ އަކީ ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދަރިކަނބަލެކެވެ.
ބުޅާ ގެންގުޅޭ ދިވެހިން ހިމެނޭ ފޭސްބުކް ގްރޫޕެއްގައި ސާރާ މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ވިއްސަކަށް ގަޑިއިރު ކުރިން އޭނާގެ ބުޅާ، ބުޅަލެއް ވިހާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ބުޅަލުގެ ބަނޑުގައި އިތުރު ބުޅާތަކެއް ވާކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ބުޅަލުން ލޭ އަންނަމުންްދާ ކަމަށާއި ބުޅަލުގެ ހޫނުމިން ވެސް ހުރީ ގަދަކޮށް ކަމަށް ސާރާ ލިޔެފައި ވެއެވެ.
ސާރާ ބުނެފައި ވަނީ ވެޓް (ޖަނަވާރަށް ފަރުވާދޭ ޑޮކްޓަރ) ގެ ނަމްބަރު އެނގޭ ފަރާތެއް ހުރިނަމަ ނަމްބަރު ދިނުމަށެވެ.
ސާރާގެ ޕޯސްޓާއި ގުޅިގެން މީހަކު ވަނީ ވެޓްގެ ވައިބާ ނަމްބަރު ހިއްސާކޮށްފައެވެ.
ސާރާއަށް ވެޓާއި ގުޅުނުކަމެއް އަދި ނޭނގެއެވެ. ބުޅަލުގެ މިހާރުގެ ހާލަތެއް ވެސް އަދި ސާފެއް ނުވެއެވެ.
ރާއްޖޭގައި ގިނަ ބަޔަކު ބުޅާ ގެންގުޅެއެވެ. ބުޅަލުގެ ސަބަބުން ސިއްހަތައް ގެއްލުން ލިބޭ ބަލިތައް ޖެހޭ ކަމަށް ދާދިފަހުން ބައެއް ޑޮކްޓަރުން ބުނުމުން ބުޅާ ގެންގުޅޭ ދިވެހިން ވަނީ އިންޓަނެޓްގައި އެޑޮކްޓަރުންނާއި ދެކޮޅަށް ވެސް އަޑުއުފުލާފައެވެ.
މާލެ އާއި ބައެއް ރަށްރަށުގައި ވެސް ބުޅަލުގެ ސަބަބުން އުނދަގޫ ވާވަރަށް ބުޅަލުގެ އާބާދީ ވަނީ އިތުރުވެފައެވެ.
ބަލަ އާސަންދަގެ ދަށުން ބޭސްކުރެވޭނެ. ކޮން އެހީއަކަށް އެދޭކައްތަ؟ ރާއްޖޭގަ އުޅޭ ބޫޅާ ތަކާ މީދާ ތަކާ ހުރިހާ ޖަނަވާރަކަށް ވެސް އާސަންދަ ލިބޭނެ. އަދި ކަނޑުގަ އުޅޭ މަސްތަކައް ވެސް އާސަންދަ ލިބޭނެ. ހުސް ނުވާ އާސަންދަ ލިބޭނެ. ކުރިޔައް އޮތް ތަނުގަ، ހޮޓާތަކުން ކައިފަ ބިލްވެސް އާސަންދަގެ ދަށުން ކަނޑާލެވޭނެ. އަޅުގަނޑުމެން ދާނީ ބާރަށް ކުރިޔަށް.
ޕްލީޒް ހެލްޕް ހާރ
މަކަރުން ލާރި ހޯދާންވެގެން ޖަހާ މަޅިއެއް ތީ. އެއްވެސް މީހަކު އެހީނުވާތި.
ބުޅަލު ރާއްޖެ. އެޖެނޑާ 2020
މިއިނދަ މޯލާ! ކަލޭ ބުނީތީވެ ހުރިހާ ޖަނަވާރުންތަކަށް މަޖުބޫރު ވޭތަ ސިޔާސީ ޕާޓީތަކަށް ވެސް ވަންނަން؟؟ ތަން ކޮޅެއް ތަހުޒީބު ވެބަލަ ދޯ.. ! އެހެންނޫނަސް މިއީ ބުޅާ ރާއްޖެއޭ.! ހުރިހާ ދިވެހިންވެސް އުޅެނީ ބުޅާ އުޅޭ ގޮތަށް މަސް ކައިގެން ބޮއެގެން ދެން އިގެން!
އުޅޭފާޑެއް ދޯދެން.
ބުޅަލުގެ އަޕްދޭޓެއް ނެތްތަ.. ޕްލީޒް ހެލްޕް ދިޒް ބުޅާ ފޯ ގޯޑް ސޭކް.. 3/>
މަ މިހުރީ އެހީ ދޭން ތައްޔާރަށް.
ސަމާ މާލެ ކޮމެންޓްކުރީ މިޚަބަރު ރަނގަޅަށް ކިޔާފަބާ؟ އޭނާ އެދިފައޮތީ ކޮންކަހަލަ އެހީއަކަށް ކަންވެސް ސަމާއަށް އޮޅުންފިލިހެން ހީއެއްނުވޭ.
ބުޅާ ހިފައިގެންދޭ މަހިބަދޫއަށް. ޢެތާ ހުންނަ އަންހެނުންގެ ޑޮކް މިދޭތެރެން ބުޅަލެއްގެ ސިޒޭރިއަން ހެދި.
އެ ބުޅާ ވިހެއީ މެދައްތަ.... ނޫނީ ކޮބާތަ އެ ބޭބީގެ ބައްޕަ... އެހީއެއް ދީގެން ރަނގަޅު ވާއިރަށް ބޭބީގެ ބައްޕަ ކައިރިއަށް ނުދާންކަމަށް އެއްބަސް ވީމަ ވާނީ...
މަވެސް މިހުރީ އެހީދެން ތައްޔާރަށް އެކަމަކު ބުޅަލަކަށް ނޫއް ސާރާއަށް.
ބަލަ ގޮވައިގެން ސިންގަޕޫރަށް ވަދައިގަންނަން ވީނޫންތޯ. ކުރީ ސަރުކާރުމަނަތާ ބުޅަލަށް އާސަންދަވެސް ހަމަޖައްސައިދެވޭނީ.
ބުޅަލުގެ އަޕްޑޭޓެއް ދީބަ
ބަފަޔައް ލިބޭ ލާރި ގަނޑު ކޮބާތޯ؟