ހިތާނު ކުރުމަކީ ބައެއް ފިރިހެން ކުދިންނަށް ބޮޑު ބިރެކެވެ. އެކަން ނުކުރަން ވެގެން އެތައް ކަމެއް ކުރެެއެވެ. ހިތާނު ކުރުމަށްފަހުވެސް، ދެން ކުރިމަތިވެދާނެ ކަންތައްތަކާއި ހެދި ފިލާ ކުދިންވެސް އުޅެއެވެ.

އިންޑޮނޭޝިއާގެ މި ކުއްޖާއަށްވެސް ވީ އެހެންނެވެ. އެ ގައުމުގައި ހިތާނު ކުރުމަކީ އާއްމު ކަމަަކަށް ވާއިރު، އެ ގައުމަށް ނިސްބަތްވާ ފަސް އަހަރުގެ މި ކުއްޖާ ފިލައިގެން ގޮސް ކްލިނިކްގެ ފުރާޅަށް އެރީ ބިރުންނެވެ.

އުމުރުން ފަސް އަަހަރުގެ އެ ކުއްޖާ ފުރާޅަ އަރާ ދެ ގަޑިއެއްހާއިރު ވަންދެން ތިރިއަށް ނުފައިބާ އިނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހިނގާދިޔަ އެ ހާދިސާއާ ގުޅޭގޮތުން ޑރ. އަނިކް ސުތާރީ ބުނީ، އޭނާ އެކަމުގައި ހޭދަކުރި، ދުވަސްތަކުގައި، ދުވަހަކުވެސް އެފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ.

އޭނާ ވަނީ އެ ކުއްޖާގެ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

"އަހަރެން މިކަމުގައި އުޅުނު 20 ވަރަަކަށް އަހަރުގައި މިފަދަ ކަމަކާއި ދުވަހަކުވެސް ދިމައެއް ނުވޭ. އަހަރެން އެތައް ހާސް ކުދިން ހިތާނު ކޮށްފިން. އެކަމަކު މިއީ އަދި އަލަށް ކުއްޖަކު އެކަމާއި ބިރުން ފިލައިގެން ފުރާޅަށް އެރި މަންޒަރު މި ފެނުނީ". އޭނާ ބުނެފައި ވެއެވެ.

އެ ޑޮކްޓަރު ބުނީ، އެ ކުއްޖާ ފުރާޅުން ވެއްޓިދާނެކަމުގެ ބިރުން އޭނާ އާއި، އެ ކުއްޖާގެ މައިންބަފައިންވެސް ތިބީ ބިރުން ކަމަށެވެ. އަދި އެ ކުއްޖާ ފުރާޅުން ފޭބި ސްކޫލްގެ ޓީޗަރަށް ގުޅާނެ ކަމަށް ބުނުމުންނެވެ.

އެ ޓީޗަރަކީ އޭނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެެކެވެ. އެ ކުއްޖާ ހިތާނު ކުރުމުގެ ކުރިން އޭނާއާ ޓީޗަރު ބައްދަލު ކުރުވިއިރު، ފަހުން އޭނާ ހިތާނު ކުރީ އެއްވެސް އުނދަގުލަކާއި ނުލައެވެ. އެ ކުއްޖާ ރޮއެވެސް ނަހަދައެވެ. އަދި ތަދުވާތީވެސް ނޫޅެއެވެ.

އިންޑޮނެޝިއާގައި އުމުރުން 5 ވަރަކަށް އަހަރުގައި ފިރިހެން ކުދިން ހިތާނު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާހު

    ހިތާނުކުރިޔަކަސް ހިތާމަކުރާކަށްނުޖެހޭނެކަން މިކަމުން މި އެނގެނީ.

    17
    1