ފުޅާމިނުގައި 3250 ފޫޓު ހުންނަ ބިޔަ ގިނިހިލައެއް މިއަދުގެ ވަގުތެއްގައި ދުނިޔެ ކައިރިން ދަތުރުކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނެފިއެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ދުނިޔެ ކައިރިން ދަތުރުކުރާ މި ގިނިހިލައަށް ދީފައިވާ ސައިންޓިފިކް ނަމަކީ 2002PZ39 އެވެ. މި ގިނިހިލަ ދުނިޔެއާއި އެންމެ ގާތުން ދަތުރުކުރާނީ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11:05 ހާއިރު އެވެ. މި ވަގުތުގައި މި ބިޔަ ގިނިހިލަ ދަތުރުކުރާނީ ދުނިޔެއާއި ތިން މިލިއަން މޭލު ދުރުންނެވެ. މިއީ ދުނިޔެ އާއި ހަނދާއި ދެމެދު ހުންނަ ދުރުމިނުގެ 15 ގުނަ އެވެ.

ޔޫއޭއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބާޖް ޚަލީފާއަށްވުރެ ބޮޑު މި ގިނިހިލަ ދަތުރުކުރާނީ ދުނިޔެއަށް ސީދާ ނުރައްކަލެއް ކުރިމަތި ކުރުވާހައި ކައިރިން ކަމަށް ނުވީނަމަވެސް، މިފަދަ ބޮޑު ގިނިހިލައެއް ހަނދަށްވުރެ 15 ގުނަ ދުރުން ދަތުރުކޮށްފައި ދިއުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި މި ގިނިހިލަ މިއަދު ދަތުރުކުރަނީ، ކައުނުގެ ބޮޑުމިނަށް ބަލާއިރު ދުނިޔެއާއި އާދަޔާއި ޚިލާފަށް ކައިރިން ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި ދުނިޔެ އާއި ކައިރިން މިއަދު މި ގިނިހިލަ ދަތުރުކޮށްފައި ދާއިރު ގިނިހިލަ ދަތުރުކުރާނީ ގަޑިއަކު 34000 ކިލޯމީޓަރު ނުވަތަ ގަޑިއަކު 54718 ކިލޯމީޓަރު ބާރުމިނުގައެވެ. މިއީ މިހައި ބޮޑު ގިނިހިލައެއް ދުނިޔެއާއި ފުށު އަރައިފިނަމަ ދުނިޔެއަށް އަރައި ނުގަނެވޭނެ ވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތި ކުރުވާނެ ހަލުވިމިނެކެވެ.

ކޮންމެ އަހަރަކު 100 މީޓަރަށްވުރެ ބޮޑު ދިހަ ހާހަށްވުރެ ގިނަ ގިނިހިލަ ދުނިޔެއާއި ކައިރިން ދަތުރުކުރާ ކަމަށް ވެއެވެ. މީގެ ސަބަބުން ދުނިޔެއަށް ސީދާ ބޮޑު ނުރައްކަލެއް ކުރިމަތި ނުވީނަމަވެސް، ކަނޑުގެ ލޮނުގަނޑު އުފުލި ބައެއް ތިރި ޤައުމުތަކަށް ކޮންމެވެސް ވަރަކަށް އަސަރު ކުރުމަކީ ދިމާވާ ކަމެކެވެ.

ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ކޮންމެ ސަތޭކަ ހާސް އަހަރަކުން އެއްފަހަރު ދުނިޔޭގައި ބޮޑު ގިނިހިލައަކުން ޖެހުމަކީ ދިމާވެދާނެ ކަމެކެވެ. މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކަށް ބަލާއިރު ކައިރި މުސްތަޤުބަލެއްގައި އެފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެފަރާތްތަކުން ޤަބޫލު ކުރެއެވެ. އާދަޔާއި ޚިލާފަށް ބާރުމިނުގައި ދަތުރުކުރާ ބޮޑު ގިނިހިލައެއް ދުނިޔެއަށް ނުރައްކަލެއް ކުރިމަތި ކުރުވުމުގެ ކުރިން ހޯދައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާއިރު، އެފަދަ ދުވަހަކަށް ތައްޔާރުވުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގގގގގގދދ

    ބަލަ މިކައުނާ މިކައުނުންބޭރުގަ ވާހާކަމެއް ހިނގަނީ ﷲ ގެ މިންވަރުފުޅުންނެވެ. ކަލޭމެން ތި ހީކުރާގޮތަކަށްނޫނެވެ.

    41
    2
  2. ހަސަނު

    ދުނިޔެ އާ ހާދަ ކައިރިންނޭ ދޯ އެދަނީ ވާނެ މިފަހަރު ތީގަ އަތް ޖަހާލަން

    2
    3