ހަކުރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުކޮށް އެންމެންވެސް ބޭނުންކުރާ އެއްޗެކެވެ. ފޮނި ރަހަ ދިނުމަކީ އޭގެ ސަބަބުން ބައެއް ކާތަކެތި އިތުރަށް ފުރިހަމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ނަމަވެސް ހަކުރަކީ މާގިނައިން ބޭނުން ކުރެވޭނަމަ އޭގެ ޒާތުގައި ސިއްހަތަށް ގެއްލުންތައް ކުރިމަތި ކުރުވާ އެއްޗެކެވެ.
އެއްގޮތަކަށްވެސް މިބައި ކެއުމުގައި ނުހިމަނައިފި ނަމަ ދެންވާނީ ކިހިނެއްތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. އެހެންކަމުން ތަޖުރިބާކާރުން މިކަމާއި ގުޅިގެން ކުރިޔަށްގެންދިޔަ ދިރާސާތަކުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.
ހަމުގެ ދުޅަހެޔޮކަން އިތުރުވޭ
ހަކުރުގެ ބާވަތްތައް މާގިނައިން ބޭނުންކުރުމަކީ ހަންގަނޑަށް އޭގެ ސަބަބުން އަސަރު ކުރާ ކަމެކެވެ. މާ ގިނައިން ހަކުރު ބޭނުންކުރާނަމަ ހަންގަޑު ކުރަކިވެ ހަލާކުވާގޮތް ދިމާވެއެވެ. އެހެން ނަމަވެސް ހަކުރު ބޭނުންކުރުން ހުއްޓާލައިފިނަމަ މި މައްސަލައަށްވެސް ހުއްޓުމެއް އަންނާނެއެވެ.
ބަރުދަން ވަކި މިންގަޑެއްގައި ހިފެހެއްޓޭ
ހަކުރު އެކުލެވޭ ތަކެތި ގިނައިން ބޭނުންކުރުމަކީ ބަރުދަން ދަށްކުރުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެގޮތުން ހަކުރުގައި އެކުލެވޭ ކާބޯހައިޑްރޭޓްސް އާއި ފެޓްސް އަދި ކެލޮރީސްއަކީ ބަރުދަން އިތުރުވުމަށް މަގުފަހި ކުރާ ބައިތަކެވެ. ހަކުރު ބޭނުންކުރުން ހުއްޓާލައިފިނަމަ މި ދެންނެވި ބައިތައް ހަށިގަނޑަށް އެތެރެވުން ވަރަށް ބޮޑުތަން ދަށްވާނެއެވެ.
ދަތުގެ ދުޅަހެޔޮކަން އިތުރުވޭ
ދަތްތައް ހަލާކުވެ ދަތްތަކުގެ ދުޅަހެޔޮކަން ދަށްވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ހަކުރުގެ ބާވަތްތައް ގިނައިން ބޭނުން ކުރުމެވެ. ގިނައިން ހަކުރުގެ ބާވަތްތައް ބޭނުންކުރާ މީހުންގެ އަނގައިގައި ޖަރާސީމު އަށަގަންނަ މިންވަރު އިތުރެވެ. އެހެންކަމުން މިކަމުގެ ސަބަބުން ދަތްތަކުގެ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ.
ހިތުގެ ދުޅަހެޔޮކަން އިތުރުވޭ
ހަކުރު ގިނައިން ބޭނުންކުރުމަކީ ހިތަށްވެސް އޭގެ ސަބަބުން އަސަރުކުރާ ކަމެކެވެ. އެގޮތުން މާ ގިނައިން ހަކުރު ބޭނުންކުރާނަމަ ހިތް ހުއްޓުމުގެ ފުރުސަތުވެސް އޮންނަ ކަމަށް ދިރާސާތަކުން އެނގެއެވެ. ހަކުރުގައި ހިމެނޭ ބައެއް ބައިތަކަކީ ހިތުގެ ބަލިތައް ޖެހުމަށްވެސް މަގުފަހި ކުރުވާ ބައިތައް ކަން ފާހަގަކޮށްލެވެއެވެ.
ދެން ހަކުރު ބޭނުންނުކޮށް ހުއްޓާލުމުން ލިބޭ ގެއްލުމެއް ހަމަ ނެތީބާ؟
ދެން ހަކުރު ބޭނުންނުކޮށް ހުއްޓާލުމުން ލިބޭ ގެއްލުމެއް ހަމަ ނެތީބާ؟
އެކަމަކު ހުޅުތައް ވަނީ ހަލާކު
އިހަކަށްދުވަހުގެ ނޫހެއްގައި އޮތީ އުމުރުން 105އަހަރުވީ މީހެއްގެ ވާހަކަ. އެމީހާ ބުނީ އެންމެގިނައިން ކަނީ ފޮނިކާއެއްޗެތި ކަމަށް. އެއީ އޭނާއަށް ހަކުރު މީރުކަމުންނޯ؟ ތިޔަ ހަދާ ދިރާސާ ތަކުގައި އެއްވެސް ކަމެއް ދިމާވާ ހެނެއް ހިޔެއްނުވޭ. ކޮންމެ އެއްޗެއްގައިވެސް ގެއްލުމާއި ފައިދާ އެކުލެވިގެންވޭ.
އެއިން އެއްކަމެއްވެސް ނުވޭ
މަގޭ އޮފީސްމޭޓެއް އެއްކޮށް ހަކުރު ހުއްޓާލައިފަ ވީ ހަފްތާއެއް. ކުޅެންގޮސް ހުއްޓާ ހޭނެތިގެން ވެެއްޓުނީ. އެއްކޮށް ޒީރޯ ޝުގާގަ އިންސާނަކު ދުނިޔޭގަ ނުހުންނާނެކަމަށް ޑޮކްޓަރުން ބުނަނީ.