ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި ރަވީ ފާރޫގްގެ ވެބް ސީރީޒް "އެހެނަސް" ގެ ދެ ވަނަ ބައިގެ ޓީޒާ ޓްރެއިލާ އާއި ޕޯސްޓަރު ދައްކާލައިފިއެވެ.

މި ވެބް ސީރީޒްއަކީ ހަނގާކުރުމާއި ޖިންސީ ގޯނާ ލިބެމުންދާ ކުއްޖެއްގެ ވާހަކަތައް ކިޔާދޭ ސީރީޒްއެކެވެ. މި ސީރީޒްގެ ދެވަނަ ބައިން ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ލީޑު ރޯލު ކުޅެފައިވާ މުހައްމަދު ވިޝާލް އެވެ. އެހެނަސް ފުރަތަމަ ބަޔަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައެވެ. ރާއްޖޭގައި ހަނގާކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. މިކަހަކަ ދަނޑިވަޅެއްގައި މިކަހަލަ ސީރީޒްއެއް ނެރުމަކީ ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި ވަރަށް ރަނގަޅު ކަމެކެވެ.

EHENAS - SEASON 2 TEASER TRAILER

Brightening up your 2020 with some good news! Ehenas S2 is right around the corner - help yourself to a sneak peek!Baiskoafu

Posted by Ehenas - Series on Friday, February 14, 2020

 

މި ސީރީޒްއަކީ މަޝްހޫރު ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ "އެހެނަސް ހަމަ ލޯބިވެޔޭ"ގެ މައްޗަށް ހަދާފައިވާ ސީރީޒްއެކެވެ. މި ސިރީޒް އިގްބާލްގެ ވާހަކައަށް ބިނާކޮށް ގެނެސްދީފައިވީ ނަމަވެސް، ސީރީޒްގައި އިތުރު ޓްވިސްޓްތައް ވެސް ވަނީ ދައްކައިފައެވެ. އެގޮތުން ވާހަކައިން ނުފެންނަ އާ ކެރެކްޓާއެއް ސީރީޒް އިން ފެނިގެންދިޔައެވެ.

އެހެނަސްގެ ފުރަތަމަ ބައިގައި 10 އެޕިސޯޑު ވަނީ ގެނެސްދީފައެވެ. އަދި މި ސީޒަނުގައި 12 އެޕިސޯޑު ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލީޑު ބަތަލާ ނިޔާޒުގެ ރޯލުން ވިޝާލް ފެނިގެންދާއިރު ލީޑު ބަތަލާގެ ރޯލުން ޝަރާޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް ފެނިގެންދެއެވެ.

އޭގެ އިތުރުން ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދެއެވެ. އަދި ޝާއިރާގެ ރޯލުން ފެނިގެންދާނީ އައިޝަތު ރިޝްމީއެވެ.

އެހެނަސްގެ ދެވަނަ ސީޒަން ރިލީޒްކުރާނެ ވަކި ތާރީހެއް އަދި އިޢުލާންކޮށްފައެއްނުވެއެވެ.