ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޯނަމް ކަޕޫރު އަހޫޖާއަކީ ބޮލީވުޑްގައި އެންމެ ފެޝަނަށް ފޮލޯ ކުރާ އެކަކެވެ.

ސޯނަމްގެ ފޭނުންއަށް ވެސް އެންމެ ކަމުދަނީ އޭނާގެ ފެޝަން ޓޭސްޓެވެ. ވަރަށް ފަހުން އަބޫ ދާބީގައި އޮތް ހަފްލާއެއްގައި ސޯނަމް ފެނިގެން ދިޔައީ ހުދު ސާރީ އެއްގައެވެ. މި ހެދުން ޑިޒައިން ކޮއްފައިވަނީ އިންޑިއާގެ މަޝްހޫރު ސެލެބުރެޓީ ޑިޒައިނާ މަނީސް މަލޯތްރާއެވެ. ސޯނަމްގެ ސާރީ އާއި ގުޅުވައިގެން މަނީޝް ދިން އިންޓަވިއުއެއް ބުނެފައިވަނީ "ބައެއް ފަހަރު ކުރެވޭ ކުދިކުދި ކަންތަކުން ވެސް ވަރަށް ބޮޑު ފައދާ ކުރާކަމަށެވެ." އެގޮތުން ސޯނަމްގެ މި ޝިފޮން ސާރީ އަކީ ވެސް އެކަހަލަ އެއްޗެއްކަން ވެސް މަނީޝްވަނީި ބުނެފައެވެ.

މި ސާރީ ގެ ކައިރި ޑިޒައިން ކޮއްފައިވަނީ ވެލިފޮތިން އާއި ކުދިކުދި މުތް އެއްކޮށްގެންއެވެ. މި ސާރީގައި ސޯނަމް ފެނިފައިވާ އިރު އަތުގައި އޮތީ ދުނިޔޭގެ ނަން މަޝްހުރު ބުރޭންޑެއް ކަމަށްވާ "ރޫބިސް މިލާނޯ" މިނީ ބޭގްއެކެވެ. އެ ހެދުމުގައި ސޯނަމް ފެނި ގިނަބަޔަކު އަންނަނީ ތައުރީފު ކުރަމުންއެވެ. މި ހެދުމާއި ގުޅުވައިގެން ސޯނަމް ކޮށްފައި ވަނީ ވަރަށް ލުއިލުއި މޭކްއަޕްއެކެވެ.

ސޯނަމްގެ އަތުގައި އޮތް "ރޫބިސް މިލާނޯ" މިނީ ބޭގްގެ އަގަކީ ހަތްދިހަ ހަތް ހާސް އިންޑިއާ ރުޕީސްގެ އަގު ބޮޑު ދަބަހެކެވެ. ސޯނަމް އެންމެ ފަހުން ފެނިފައިވަނީ "ދަ ޒޯޔާ ފެކްޓާ" އިންއެވެ. އަބީޝޭކް ޝަރްމާ ޑައިރެކް ކޮށްފައިވާ މި ފިލްމަށް ބޮކްސް އޮފީހުން 6.91 ކުރޯޑް ރުޕީސް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ގާތްގަނޑަކަށް 1000 ޑޮލަރުގެ ދަބަހެއް! ގުޗީ ފަދަ މަޝްހޫރު ބްރޭންޑްތަކުގައި ތިއަށްވުރެ މާ އަގުބޮޑު ދަބަސް ހުންނާނެ!

    24
    1
  2. ހިޔާލު

    މާދަމާގަ މަރުވިޔަސް ތީގެން އެކައްޗެއްވެސް ނުގެންދެވޭނެ. ދާން ޖެހޭނީ ހުސްއަތާ.

    37
    1
    • ފާތުން

      ވަރަށް ރަނގަޅު ވާހަކައެތް.ހެޔޮގޮތުގާ މަރުވެދިއުން އޮތީ.އޭރުން ތިޔައްވުރެ މާ މޮޅުގާ އަބަދަށް އުޅެވޭނެ.

      33
      1
  3. އަހްމަދު

    ތިޔަދަބަހުގެއަގު އެގޭނީހަމައެކަނި މަހްލޫފުއައް

    12
    1
  4. ސިޔާމު

    ތި ބޭގަށް ވުރެއް މާ އަގުބޮޑު ވާނެ 5 ވަގުތު ނަމާދުވެސް

    19
    1