އިންޑިއާގެ މުމްބާއި ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންތަކެއް 36 އަހަރުގެ އަންހެނެއްގެ ރަހިމުން 2,5 ކިލޯ ހުރި ޓިއުމަރެއް ނަގައިފިއެވެ.

އެ މީހާއަކީ އެ ހޮސްޕިޓަލަށް ބަނޑު މާބޮޑަށް ބޮޑުވުމާއެކު މާބޮޑަށް ރިއްސާތީ ދިޔަ މީހަކެވެ.

ޑޮކްޓަރުން ބުނިގޮތުގައި އެ އަންހެން މީހާ މިދިޔަ މަސް ތެރޭގައި މާބޮޑަށް މައްސަރު ކަންތަކުގެ ލޭ އަންނާތީ ޑޮކްޓަރަށްދެއްކިއެވެ. ޑޮކްޓަރުން ބުނީ އޭނާގެ ބަނޑު ބަލާލުމުން ހީވަނީ މާބަނޑު އަންހެނެއްހެން ކަމަށެވެ.

އަދި އެކަމާ އެމީހާ ވަރަށް ބޮޑަށް ބަލި ކަށިވެ ދަރިންނަށްވެސް އަޅާނުލެވޭކަމަށް އޭނާ ބުނެފައި ވެއެވެ.

މެޑިކަލް ރިޕޯޓްތައް ބުނާގޮތުގައި އެމީހާގެ ހަށިގަނޑުގައި ވަރަށް ބޮޑަށް ހަކުރުގެ މިންވަރު ހުއްޓެވެ. އެހެންވެ އެކަމަށް 10 ދުވަހުގެ ބޭސް ދިނުމަށްފަހު ދެ ގަޑިއިރުގެ އޮޕަރޭޝަނެއް ކުރީއެވެ. 2.75 ކިލޯގެ އެ ޓިއުމަރު އެ އަންހެން މީހާގެ ހަށިގަނޑުން ނެގިއިރު، އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަސް ލޭވެސް ފޭބިއެވެ.

ޑޮކްޓަރުން ބުނީ، އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ޑޮކްޓަރުން ވަނީ އެމީހާ މިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލުންވެސް ދޫކޮށްލާފައެވެ.

ޑޮކްޓަރުން ބުނިގޮތުގައި، މިބާވަތުގެ ޓިއުމަރެއް ރަހިމުގައި އުފެދިފައިޥާނަމަ މައްސަރު ކަންތައްކުގައި ވަރަށް ބޮޑަށް މައްސަލަ ޖެހޭނެ ކަމަށެވެ. އެގޮތުން މައްސަރު ކަންތައް ދިމާވާއިރު،މާބޮޑަށް ރިއްސުމާއި، މާ ގިނައިން ލޭ އައުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު