ޔޫކްރެއިނުގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ބައްޔެއް ޖެހިގެން، އުމުރުން ދުވަސްވެގެން މަރުވެއްޖެއެވެ.

އުފެދުމުގައި ހުންނަ މި ބަލި ޖެހެނީ މުޅި ދުނިޔެ އިންވެސް އެންމެ 160 މީހުންނަށް ކަމުގައިވާއިރު ޑޮކްޓަރުން ބުނެފައި ވަނީ 8 އަހަރުގެ އަނާ ސަކިޑޮންސްގެ ހަށިގަނޑުގެ ގުނަވަންތައް 80 އަހަރުގެ މުސްކުޅިއަކާއި އެއްފަދަ ކަމަށެވެ. މިއާއިއެކު އަނާ ވެގެން ގޮސްފައި މިވަނީ މި ބަލި ޖެހިގެން މަރުވި އެންމެ ކުޑަ ކުއްޖާއަށެވެ.

އަނާ އަށް ބޭސްފަރުވާ ކުރަން އޭނާގެ މަންމަ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ނަމަވެސް، އަނާގެ ހަށިގަނޑު ތެރެއިން މުހިއްމު އެތައް ގުނަވަނެއް ފެއިލްވުމާއި ގުޅިގެން އަނާ އަށް ވަނީ ފަރުވާ ދެވޭގޮތްވެސް ނުވެފައެވެ.

މިދިޔަ ޖެނުއަރީ މަހަށް 8 އަހަރު ފުރުނު އަނާގެ މަންމަ ހުރީ ކޮންމެ ދުވަހަކުވެސް ޑޮކްޓަރުން ގުޅާފައި އަނާގެ ހާލު ރަނގަޅޭ ބުނާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އެކަން ވާގޮތް ވަނީ ނުވެފައެވެ.

މި ބަލި ޖެހިފައިވާ ކޮންމެެ މީހެއްގެ އަސްލު އުމުރަށް ވުރެން 10ގުނަ އަށް ގުނަވަންތަކުގެ ހާލަތާއި އުމުރު ދެއެވެ. އަނާގެ ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފެށުމުން އެތައް ބަޔަކު ވަނީ މިއީ ހިތާމަވެރި ކަމެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅިޔަނު

    ސުބުހާނައްލާހް

    32
    1
  2. ނީމް

    ޕާ ގަ އަމީތާބު ވެސް ކުޅުނީ 13 އހަރުގެ މުސްކުޅި ބަލި ޖެހިފައި އިން ކުއްޖެއްގެ ބައި .. މަންމަ އަކީ ވިދިޔާ ދޯ

    3
    1
  3. އަހުމަދު

    ހަބަރު ނިމުނު އިރުވެސް ބަލީގެ ނަން ނުފެނުނު. ޕްރޮޖީރިއާ ކިޔާ ބައްޔެއްމީ