އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ސްކޫލެއްގައި މޯބައިލް ފޯނެއް ގޮވައި، 10 ކުއްޖަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

އެމެރިކާގެ ބައެއް ނޫސްތަކުގައި އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ ކުއްޖަކު ގެންދިޔަ އެ ފޯނު ގޮވީ ކުދިންގެ އިންޓަވަލް ގަޑީގައި ކަމަށެވެ.

"ފުރަތަމަ ފޯނުން ދުން އަރާތަން ފެނުނީ. އޭގެ ފަހުން އަޑެއް ކިޔައި ގޮވީ. އިންޓަވަލް ގަޑިވީމަ ވަރަށް ގިނަ ކުދިން ތިބި"

އަލިފާން ނިއްވުމުގައި ހަރާކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ އެ ހާދިސާގައި އަނިޔާވި ކުދިން މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ގިނަ ކުދިންނަށް ކުރީ ބެޓެރިން އެރި ދުމުގެ އަސަރު ކަމަށް ކަމަށްވެއެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް ކުއްޖަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ފޯނު ބެޓެރި ގޮވީ ބެޓަރީ ހޫނު ވެގެން ކަމަށް އެތަނުގައި އެވަގުތު ތިބި ބައެއް ކުދިން ވަނީ ބުނެފައެވެ.

އެތަނުގައި އެވަގުތު ތިބި ބައެއް ކުދިން ބުނި ގޮތުގައި ފޯނު ހިފައިގެން ހުރި ކުއްޖާ އާއި އިތުރު ކުއްޖަކު ފޯނުން ދުން އެރުމުގެ ކުރިން ފޯނު ހަލާކު ނުވާނެ ކަމަށް ބުނެ އެ ފޯނުން ތަންތަނުގައި ތަޅައި އުޅުނެވެ.

މިކަމާއި ގުޅިގެން ޓެކްސަސްގެ ފުލުހުން ބުނީ މައްސަަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    ކޮންވައްތަރެއްގެ ފޯނެއްކަން ނޭނގުނީ އެއީ އައިފޯނެއްވީމަ.

  2. ސައިފް

    ސްކޫލެއްގައި ފޯނެއްގޮވާ ދިހަ ކުއްޖަކަށް އަނިޔާވެއްޖެ.