އަހަރުގެ އެންމެ މޮޅު ފިލްމްގެ އެވާޑް ހިމެނޭ ގޮތަށް، ބޮލީވުޑްގެ އެންމެ ބޮޑު އެއް އެވާޑް، "ފިލްމް ފެއާ"ގެ ގިނަ ވަނަތަކެއް ޒޯޔަ އަޚްތަރުގެ ފިލްމް "ގަލީ ބޯއި"އަށް ލިބިއްޖެއެވެ.

މިއީ މި އެވާޑްދޭ 65 ވަނަ ފަހަރެވެ. މި އެވާޑް ޝޯ ބޭއްވީ އައްސަމްގައެވެ.

އެންމެ މޮޅު އެކްޓަރަކަށް "ގަލީ ބޯއި"ގެ ލީޑް ރޯލުން ފެނުނު ރަންވީރް ސިންގ ހޮވުނު އިރު އެ ފިލްމްގެ ބަތަލާ އާލިއާ ބަޓް ވަނީ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހާސިލްކޮށްފައެވެ.

އެންމެ މޮޅު ފިލްމަކަށް "ގަލީ ބޯއި" ހޮވުނީ ޗިޗޯރޭ، މިޝަން މަންގަލް، ޔުރީ: ދަ ސަރޖިކަލް ވާ އާއި ވާދަކޮށްގެންނެވެ.

"ގަލީ ބޯއި"ގެ ޑައިރެކްޓަރ ޒޯޔާ އަޚްތަރު އަށް ވަނީ އެ ފިލްމުން ބެސްޓް ޑައިރެކްޓާގެ އެވޯޑާއި، އެންމެ މޮޅު މިއުޒިކްގެ އެވާޑްވެސް ލިބިފައެވެ.

މީގެ އިތުރުން ހަމަ އެފިލްމުން، އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު އަމްރުތާ ސުބާޝް އަށް ލިބުނު އިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބުނީ ސިދާތް ޗަދްރުވެދީއަށެވެ.

އެންމެ މޮޅު ލިރިކްސްގެ އެވާޑް ލިބުނީ، އަޕްނާ ޓައިމް އާއޭގާ، މި ލަވައިން އަންކުރް ތިވާރީ އަދި ޑިވައިންއަށެވެ.

އެންމެ މޮޅު ސްކްރީން ޕްލޭ އާއި އެންމެ މޮޅު ޑައިލޮގް ހުރި ފިލްމަކަށް ވެސް ހޮވުނީ ގަލީ ބޯއިއެވެ.

ކްރިޓިކްސްއިން އެންމެ މޮޅު ފިލްމްގެ އެވާޑް ލިބިފައި ވަނީ އަނުބަވް ސިންގާ އަދި ސޮންޗިރިޔާ ( އަބިޝޭކް ޖޯބޭ)ގެ ފިލްމް "އާޓިކަލް 15"އަށެވެ.

ކްރިޓިކްސްއިން އެންމެ މޮޅު އެކްޓަރގެ އެވާޑް ލިބުނީ އަޔުޝްމަން ޚުރާނާއަށެވެ.

އޭނާއަށް އެ އެވާޑް ލިބުނީ "އާޓިކަލް 15"ގައި އޭނާ އަދާކުރި ރޯލަށެވެ.

އާޔުޝްމަން ވަނީ އޭނާގެ އިންސްޓަރގްރާމް ޕޯސްޓެއްގައި އެ އެވާޑްގެ މުހިއްމު ކަމާއި މެދު ވާހަކަދައްކާފައެވެ.

https://www.instagram.com/p/B8mjB7ghslz/

ކްރިޓިކްސްގެ އެންމެ މޮޅު އަންހެން އެކްޓަރުންގެ މަޤާމް ލިބުނީ " ސާންޑްކީ އާކް"އިން ތާޕްސީ ޕަންނޫ އަދި ބޫމީ ޕޭންކަރްއަށެވެ.

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކަށް ހޮވުނީ "ކަލަކް" ފިލްމްގެ "ކަލަންކް ނެހީ" ލަވަ ކިޔާފައިވާ އަރްޖީތް ސިންގއަށެވެ.

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިއަކީ "ވާރ" ފިލްމްގެ "ގުނގުރޫ" ލަވަ ހުށަހަޅާދިން ޝިލްޕާ ރާއޯއެވެ.

އެންމެ މޮޅު ޑެބިއު ޑައިރެކްޓަރަކީ "ޔުރީ: ދަ ސާޖިކަލް ސްޓްރައިކް" ޑައިރެކްޓް ކުރި އަދިއްތިޔާ ޑަރްއެވެ.

އެންމެ މޮޅު ޑެބިއު އެކްޓަރަކީ "މަރްދްކޯ ދަރްދް ނެހީ ހޯތާ" ފިލްމުން އަބިމަންޔޫ ދައްސާނީއެވެ.

އެންމެ މޮޅު ޑެބިއު އަންހެން އެކްޓަރަކީ ސްޓޫޑެންޓް އޮފް ދަ އެއާއިން އަނަންނާ ޕާންޑޭއެވެ.

ކިޔުންތެރިންގެ ހިޔާލު