މީހެއް މަޝްހޫރުވާން ގިނަ ވަގުތެއް ނުވަތަ ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ. ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގާފައި މީސް މީޑިއާގައި ޢާންމުކޮށްލުމާއެކު އެއަށް އެތައް ބައެއްގެ ސަމާލުކަން ލިބި، މަޝްހޫރުވެފައި ތިބި މީހުން މަދެއް ނޫނެވެ.. އާއްމުކޮށް އެ މީހުން މަޝްހޫރުވަނީ އެ މީހުންނަށްވެސް ނޭގިއެވެ. ތިރީގައި މި ހިމަނާލަނީ އޭގެތެރޭގައި ވެސް ހިމެނޭ އެންމެ ފާހަގަކޮށްލެވޭ މޫނުތަކެވެ.

ޕްރިޔާ ވާރިޔާ

މިއީ އެންމެ 30 ސިކުންތުގެ ވީޑިއޯއަކުން މަޝްހޫރުވި މީހެކެވެ. އުމުރުން އަދި ވީ 18 އަހަރެވެ. އަލަށް ނެރެން ހަމަޖެހިފައިވާ ފިލްމެއްގައި ހިމެނޭ ލަވައެއްގެ ތަންކޮޅެއް ނަގައި މީސްމީޑިއާގައި އާންމު ކުރުމާއެކު، ގިނަ ބަޔަކަށް އޭނާ ރީތިވެއްޖެއެވެ. އޭނާ ލޮލަށް ހަދާލާ ގޮތަކުން ގިނަ ބަޔަކު ހިތައް އަސަރު ކުރުވީއެވެ. އަދި ބަލާލާ ކަތި ނަޒަރުން އެތައް ބައެއްގެ ހިތްތައް ކަތިލީއެވެ.

އަރްޝާދް ޚާން (ޗައިވާލާ)

އެންމެ ފުރަތަމަަވެސް މީހުންގެ ލޮލުގައި އަޅައިގަތީ އޭނާގެ ނޫ ކުލައިގެ ދެ ކަޅިއެވެ. ދެން އޭނާގެ މައުސޫމުކަމެވެ. ޕާކިސްތާނު އަވަށެއްގައި ސައިވިއްކުމުގައި އުޅުނު އަރްޝާދް މަޝްހޫރުވެ މޮޑެލް ކުރުމަށާއި، ބައެއް ފިލްމްތައް ކުޅުމަށް ފުރުސަތު ލިބުނެވެ. އަދި އޭނާއަށް ހާއްސަ ލަވައެއްވެސް އޭނާ ވަނީ ކުޅެފައެވެ. އުމުރުން 17 އަހަރުގައި އޭނާ ޓޯކް ޝޯވއަކަށްވެސް އެރިއެވެ.

ޑރ މައިކް

މިއީ އެންމެންނަށް ރީތިވީ ޑޮކްޓަރެވެ. މުޅި މީސްމީޑިއާގައި އޭނާ މަޝްހޫރުވެގެން ދިޔައީ ރީތި މީހެއްގެ ގޮތުގައެވެ. އޭނާގެ ފުރަތަަމަ ފޮޓޯ އިންސްޓަގްރާމްއަށް ލުމާއެކެކު އެތައް ބަޔަކަށް އޭނާ ރީތިވެ ފޮލޯވާސް 4.2 މިލިއަނަށް އެރިއެވެ. އަދި އެތައް ބަޔަކު އޭނާއާއި ބައްދަލުވުމަށް އެދެމުންދިޔައެވެ.

އޮމަރް ބޮރްކަން އަލް ގަލާ

އަންހެން ކުދިން އެ މީހަކަށްޓަކައި އާވާރާވެ ދީވާނާވާކަމަށް ބުނެ އޮމަރްއަކީ ސައުދީން ބޭރުކޮށްލި މީހެކެވެ. އޭނާގެ ރީތިކަމުގައި އެތައް ބަޔަކު ޖެހުނެވެ. އެކަމާއި ގުޅިގެން 48 ގަޑިއިރުގެ ތެރޭގައި އޭނާގެ ވާހަކަތައް ދުނިޔޭގެ އެކި ގައުމުތަކުގެ ނޫސްތަކަށް އެރިއެވެ. މީސްމީޑިޔާގައި އޭނާއަށް 800،000 ފޮލޯވާސް ލިބުނެވެ.

ސައިމާ ހުސައިން މިރް

ޝާހްރުކް ޙާންގެ ފިލްމް "ރައީސް" ޕްރޮމޯޓް ކުރަން އުޅުމުގެ ތެރޭގައި ނެގި ސެލްފީއެއް އޭނާ މީސް މީޑިޔާގެ އެކައުންޓެއްގައި ހިއްސާ ކުރިއެވެ. އެ ފޮޓޯއަކީ ޝާހް އޭނާގެ ފޭނުންނާއެކު ނެގި ފޮޓޯއެކެވެ. އެ ފޮޓޯއިން އެތައް ފިިރިހެެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި އަންހެނަކު ފެނިގެން އެވާހަކަ ދެއްކިއެވެ. ފަހުން އެކުއްޖާ ހޯދުމަށް އެތައް ބަޔަކު މަސައްކަތްވެސް ކުރިއެވެ. ޝާހުއަށްވުރެ މި ފޮޓޯއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ސައިމާއަށެވެ.

ނެޕާލި ތަރްތަރްވާލީ

މިއީވެސް މީސް މީޑީޔާގައި ދައުރުވި ފޮޓޯއަކާއިއެކު އެތައް ބައެއްގެ ސަމާލުކަން ލިބުނު އަންހެނެކެވެ. ގުންޑުރުކް ޕޯސްޓްގައި ވާގޮތުގައި، ކާކުކަން ހޯދިފައިނުވާ އެ އަންހެނާގެ ފޮޓޯ ނަގާފައި ވަނީ ނޭޕަލް ފޮޓޯގްރާފަރެކެވެ.