ބޮލީވުޑްގެ ތަރިން އެއާޕޯޓުތަކުން ފެންނަނީ އަބަދުވެސް ވަރަށް ގިނަ ބަޔަކު އާޝޯހުވާފަދަ ގޮތަކަށެވެ. އަބަދުވެސް ތަފާތު ގޮތަކަށް އެއާޕޯޓުން މަޝްހޫރު ތަރިން ފެންނައިރު، ގިނަބަޔަކު ބުނަމުން ދަނީ މިގޮތަށް އެ މީހުން ފެންނަނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ މި ފަހަރު ވަރަށް ސްޓައިލިޝް ގޮތަކަށް މި ވަނީ އެއާޕޯޓުންނެވެ. ޔަގީނުންވެސް އޭނާ ބޭނުންވި ސަމާލުކަން މިހާރު ލިބިއްޖެއެވެ. އެތައް ބަޔަކު އޭނާގެ ސްޓައިލިޝް ކަމާއި ރީތިކަމަށް ދަނީ ތައުރީފް ކުރަމުންނެވެ.

މަޝްހޫރު ބްރޭންޑެއްކަމުގައިވާ "ފެންޑީ" ބްރޭންޑްގެ ޓީޝާރަޓް އަކާއި އެކު ޑެނިމްސް ނޫ ޖިންސްގައި ޕަރީނީތީގެ ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންއެވެ. "ސައިންޓް ލޮއެރެންޓް" ގެ ކަޅު ދަބަހަކީ ވެސް ވަރަށް އަގުބޮޑު ދަބަހެކެވެ.

އަދި ޕަރިނީތީގެ ލުކާއި އެއްވަރަށް އޭނާގެ ދަބަހަށް ވެސް ގިނަ ބައެއްގެ ކަޅިތައްވަނީ ހުއްޓިފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ދަބަހުގެ އަގަކީ ހަތްދިހަ ފަސް ހާސް އިންޑިއަން ރުޕީސްއެވެ. އަދި މި ވަރުން އެކަނި ޗުއްޓީއެއް ހޭދަކޮށްލުމަށް ވެސް ދެވިދާނެއެވެ.

ޕަރިނީތީ އެމްމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ޕްރަޝާންތް ސިންގް ޑައިރެކްޓްކޮށް ނެރުނު "ޖަބަރިޔާ ޖޯޑީ" އާއި "ކޭސަރީ" އިންއެވެ. މި ދެ ފިލްމަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. ޖަބަރިޔާ ޖޯޑީގައި ޕަރިނީތީ ފެނިގެން ފިޔައީ ސިދާތު އާއިއެކީގައެވެ. އަދި ކޭސަރީ އިން ފެނިގެންދިޔައީ އަކްޝޭ ކުމާރ އާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެއާޕޯޓަކަށް ދެން ނުދާނެދޯ ހަޑިކޮށެއް އެކަކުވެސް.

    22
  2. ޔާމިން

    އެއްވެސް ރީންޗެއްނޫން. ޝިދަތާ ޝަރީފް ވެސް މާ ރީތި.

    12
    10