އެމެރިކާގެ މީހަކު 30000އެއްހާ "ބިގް މެކް" ބާގަރ ކައިގެން، ދުނިޔޭގެ ރެކޯޑް ފޮތުގައި އޭނާ ދަމަހައްޓަމުން އައި ރެކޯޑް ޤާއިމްކޮށްފިއެވެ.

ހޫޑޮނާލްޑް ގޯސްކޭ ނަމަކަމަށް ކިޔާ މި މީހާ އެންމެ ފުރަތަމަ މި ރެކޯޑް އާއި ކުރީ 2016 ވަނަ އަހަރެވެ. އޭރު އޭނާގެ އުމުރުން 24 އަހަރެވެ.

ޑޮނާލްޑް ކިޔާދިން ގޮތުން އޭނާ އާއްމުކޮށް ހަފްތާއެއްގެ މައްޗަށް 14 ވަރަކަށް "ބިގް މެކް" ކެވެއެވެ. ގިނަ ފަހަރު އޭނާ ބަލްކްކޮށް ގިނައިން ބާގަރ ގަތުމަށް ފަހު މައިކްރޯ ވޭވްކޮށްގެން ކާން ބޭނުން ކުރާ ކަމަށް ޑޮނާލްޑް ބުނެއެވެ.

އަދި މިހާތަނަށް އޭނާ "ބިގް މެކް" ކާން ފެށިފަހުން އެ ބާގަރ ނުކައި ހުރީ އެންމެ އަށް ދުވަހު ކަމަށް އޭނާ ބުނެފައިވެއެވެ.
ޑޮނާލްޑް ބުނާގޮތުން އާ ކާރެއް ގަތުމަށް ފަހު އެންމެ ފުރަތަމަ އޭނާ ދިޔަ ތަނަކީ މެކް ޑޮނާލްޑެވެ.

އެއީ 1972 ވަނަ އަހަރުގެ މޭއި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ އަށް "ބިގް މެކް" ކަމުދިޔަ ވަރުން އެ ދުވަހު ދެ ފަހަރަށް އެ ރެސްޓޯރެންޓަށް ދިޔައެވެ. އެ ދުވަހު އެކަނިވެސް ޑޭވިޑް ވަނީ ނުވަ ބާގަރ ކައިފައެވެ.

އަދި އެ މަސް ނިމުނު އިރު އޭނާ އަށް 265 ބާގަރ ކެވުނު ކަމަށް އޭނާ ބުންޏެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8 ބާގަރ ކެވޭ ކަމަށް ވެސް އޭނާ ބުނެއެވެ.

އެއީ ދުވާލެއްގެ މައްޗަށް 4600 ކެލޮރީ އާއި 247 ގްރާމްގެ ލޯ ކޮލިޓީ ފެޓްއެވެ. މަހެއްގެ މައްޗަށް ބަލާ ނަމަ އެއީ 143100 ކެލަރީއެވެ. އަދި 16.9 ޕައުންޑް ފެޓް މަހެއްގެ މައްޗަށް އޭނާ އައީ ބޭނުންކުރަމުންނެވެ.

އާއްމުކޮށް ބާގަރ ކާއިރު ޑޮނާލްޑް ބޭނުން ކުރަނީ ކޮކާ ކޯލާއެވެ.

"ސުޕާ ސައިޒް މީ" އަށް ޑޮނާލްޑް ކިޔާދިން ގޮތުގައި އޭނާ އާއްމުކޮށް ފްރެންޗް ފްރައިޒް ބޭނުން ކުރާ ހިތެއް ނުވެއެވެ.

މެކްޑޮނާލްޑް ނޫން ތަނަކުން އޭނާ ބާގަރ އެއް ކައިފައި ވަނީ ބާގަރ ކިންގް ވޮޕާ ސޭންޑްވިޗެކެވެ. އެހެންނަމަވެސް އެއަކުް ޑޮނާލްޑް އަށް ކަމުދާ ރަހައެއް ނުދިނެވެ.

އިސްކޮޅުގައި 6 ފޫޓު ދެ އިންޗި ހުންނަ ޑޮނާލްޑްގެ ބަރުމިނާއި ފަލަމިނަކަށް ބާގަރ ކައިގެން މާ ބޮޑު ބަދަލެއް ނާދެއެވެ. އެހެންނަމަވެސް ކޮލަސްޓްރޯލް މަތިވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވިއެވެ.

މިހާރުވެސް އޭނާ ވަނީ މެކް ޑޮނާލްޑްގެ "ބިގް މެކް" ބާގަރ އަށް ދެވިހިފާއެވެ.

ކިޔުންތެރިންގެ ހިޔާލު