އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޕޯޗްގަލްގެ ރައީސް މާސެލޯ ރެބެލޯ ޑި ސޮއުސާއާ ސަލާމް ކުރި ގޮތް ބޮޑު ޖޯކަކަށްވެ އިންޑިއާ މީހުން މީސް މީޑިއާގައި މޯދީ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަގެންދެއެވެ.

މޯދީ މާސެލޯއާ ބައްދަލު ކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އިންޑިއާއަށް މާސެލޯ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްމީ ވާހަކަތައް ފެއްޓެވުމުގެ ކުރިން ދެބޭފުޅުން ފޮޓޯއެއް ނަންގަވަން ހުއްޓުނު ވަގުތު މޯދީ ވަނީ އާދަޔާއި ހިލާފަށް ގިނައިން އަތް ހަލުވަމުން މާސެލޯއާ ސަލާމް ކޮށްފައެވެ.

ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ދަތުރުގެ އެންމެ ބޮޑު ޚަބަރަކަށް ވެފައި ވަނީ މޯދީ ސަލަމް ކުރި ގޮތެވެ.

ބައެއް މީހުން ވަނީ މޯދީ ޓްރަމްޕް ކޮޕީ ކުރަން މަސައްކަތް ކުރަނީ ކަމަށް ވެސް ބުނެފައެވެ.

އިންޑިއާގެ ގިނަ މީހުން ވަނީ މޯދީ އަމަލު ކުރި ގޮތުން އިންޑިއާގެ އަގުވެއްޓިއްޖެ ކަމަށް ބުނެ އެކަން ދެން އިތުރަށް ތަކުރާރު ނުކުރަން އެދިފައެވެ.

މޯދީ މީގެ ކުރިން ވެސް ބައެއް ގައުމުތަކުގެ ވެރިންގެ ގައިގަ ބައްދާލުމަށްފަހު ސަލާމް ކުރާތީ ވެސް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަހާނަ

  އުފަލުންގޮސް ތެޅުވުން އިތުރުވީ ތޯއްޗެއް.

  18
  1
 2. ގުޅުން

  ތިއޮތީ ރަނގަޅަށް މޮޑެލާފަ.

  8
  1
 3. މޮޔަގެރި

  ހަހަހާ.. އެއޮތް ތެޅިލާ ވަރެއް އަތުގަ ވާގި ގޮސްސާނެހެން ހީވަނީ

  6
  1
 4. ޅަބޭ

  މި މޯޑީއަކީ ރާއްޖޭގެ އިބޫ ސޯލިހާޖެހުނު އަނެއް މަރުމޯލު.

  7
  1