ސޮނީޓީވީގެ މަގްބޫލް ސީރީޒް، "މެރީ ޑޭޑް ކީ ދުލްހަން" ގައި މިދިޔަ ދުވަސްތަކުގައި އެންމެން ތިބީ އެ ސީރީޒްގެ ލީޑް، އަމްބަރު ޝަރްމާ ގުނީތުއަށް ލޯބި ހުށަހެޅުމުން ދެން ވާނެ ގޮތެއް ބަލަން ކެތްމަދުވެފައެވެ.

"މެރީ ޑޭޑް ކީ ދުލްހަން"އިން ފެންނަނީ ފުރާވަރުގެ އަންހެން ކުއްޖަކު (ނިއާާ) ހުރި ހަރު އުމުރުގެ ފިރިހެނެއްގެ ދިރިއުޅުމުގެ އެކަނިވެރިކަން ފިލުވައިދިނުމަށް، އޭނާ އަށް ބައިވެރިއަކު ހޯދާ ދިނުމަށް އޭނާގެ ދަރިފުޅާއި، އެ ދަރިފުޅުގެ އެކުވެރިން ކުރާ މަސައްކަތެވެ.

އަމްބަރުގެ އަނބިމީހާ އަދި ނިއާގެ މަންމަ ވަނީ ނިއާ ކުޑައިރު މަރުވެފައެވެ. އޭރުއްސުރެ ނިއާގެ ހުރިހާ ކަމެއް ކުރީ އަމްބަރު އެކަންޏެވެ.

އަމްބަރް ޝަރްމާ އަކީ ރުންކުރު، މީހުންނާއި ނުގުޅޭ، އަބުއި މީހަކަށް ވުމާއި އެކު އޭނާ އަށް ބައިވެރިއަކު ހޯދާދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އެ ސީރީޒްގެ ބަތަލާ ގުނީތް އާއި އަމްބަރް އާއި ދިމާވީ، ދުވަހު ވެސް އެ ދެމީހުންގެ ބޮޑު ޒުވާބެއް ހިނގަން މެދުވެރިވިއެވެ.

އެއީ އެ ދުވަހު ގުނީތްގެ ސަބަބުން އަމްބަރުގެ ކާރު ހަލާކުވުމުންނެވެ.

އޭގެ ފަހުން އަމްބަރްގެ ގެއަށް ގުނީތު އާއި އޭނާގެ މަންމަ ބަދަލުވީ، ކުއްޔަށް އުޅޭނެ އެހެން ތަނެއް ނުލިބުމުން ހާލަތު މެދުވެރިވެގެންނެވެ.

ގުނީތު އަކީ ހުސްހަށި ބައިކޮށް ހުރި ހަރު އުމުރުފުރާގެ އަންހެނެކެވެ.

އަމްބަރު އާއި ޚިލާފަށް އޭނަ އަކީ މީހުންނާއި ގުޅޭ، މަޖާ އަނގަ ގަދަ މީހެކެވެ. އޭނާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން އަަބަދުވެސް ލޯބިވެރިން އޭނާ އަށް ދެނީ ލަނޑެވެ.

އުމުރު ދެބައިވި އިރު ހުސްހަށިބައިކޮށް ތިބެން ޖެހުމުން އެކަނިވެރި ވެފައިވާ އަމްބަރު އާއި ގުނީތު ދުވަހުގެ ބޮޑު ބައެއް ހޭދަކުރަނީ ޗެޓް އެޕެއްގައެވެ. އެޕް މެދުވެރިކޮށް ދެމީހުންނަށް ވެސް ވަނީ ކަމުދާ މީހަކު ފެނިފައެވެ.

އަމްބަރް އާއި ގުނީތަށް ނޭނގޭ ކަމަކީ އެ ދެމީހުން ޗެޓްކުރަނީ އެކަކު އަނެކަކާއި ކަމެވެ. އެތައް ދުވަހެއް ވަންދެން ޗެޓުން ވާހަކަދެއްކުމަށް ފަހު އަމްބަރު ވަނީ ގުނީތް އާއި ބައްދަލުކުރަން އެދިފައެވެ. އެހެންނަމަވެސް އަމްބަރު އާއި ޗެޓުން ދިމާވި މީހާއަކީ ގުނީތް ކަމެއް އޭރު އޭނާއަކަށް ނޭނގެއެވެ.

ދެ މީހުން ވާހަކަދެއްކުމަށް ފަހު، އެ ދެ މީހުން ނިންމީ ލޯބިވެރިންގެ ދުވަހު ރެސްޓޯރެންޓަކުން ބައްދަލުކުރުމަށެވެ.

ކަންދިމާކުރި ގޮތުން ގުނީތް ހުރީ އަމްބަރުއަށް ވުރެ ކުރިން ގޮސް، ރެސްޓޯރެންޓްގައި އިށީނދެގެންނެވެ.

އަމްބަރު އަށް ގުނީތު ފެނުމުން އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ.

އެހެންކަމުން ސިއްރުން އިންޓަރނެޓުން ދިމާވެގެން ލޯބިވީ، އަބަދު ޒުވާބު ކުރާ އަވަށްޓެރި އާއި ކަން އެނގުމުން ދެންވާނީ ކިހިނެތްތޯ މިވަނީ ސުވާލު އުފެދިފައެވެ.

މި ސީރީޒްގައި ގުނީތްގެ ރޯލުން ފެންނަނީ ދިވެހިންގެ މެދުގައި މަގްބޫލް ވަރުން ބަޑޯލާ އަދި ކަސޯޓީ ޒިންދަގީކީ އިން ދިވެހިންގެ ހިތްތަކުން ޖާގަ ހޯދި ޕްރޭނާ ( ޝްވެތާ ތިވާރީ)އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޥިން

    ޕުރޭނާ މެން މުސްކުޅި ނުވޭ ދޯ... ކަސޯޓީ އަށް ވެސް އެ ސީރީސް ދައްކަން ފެށިތާ 20 އަހަރު ވެގެން ދިޔައިރު ތި ޕުރޭނާ ގެ ސިފަ އަކަށް ކުޑަ ކޮށް ވެސް ބަދަލެއް އައި ކަމަކަށް ނުދައްކާ... އަދި ވެސް ޅަ އަންހެނެއް ގެ ރޯލް ވެސް ކުޅެވިދާނެ..

    6
    3
    • ބަޖާޖު

      އިންޑިޔާ މީހުން ކެއުމަށް ތަރުކާރީ ކިޔާ އެއްޗެއް ބޭނުން ކުރޭ ދިވެހިން ހެނެއް ނޫނޭ ގަރުދިޔަ ރިހާކުރު ކައިގެން އެގޮތަށް ނުތިބެވޭނެ

      6
      1
    • މަކިނބޫ

      އިންޑިޔާ މީހުން ކަނީ އަބަދު ތަރުކާރީ. އެމީހުންނަށް ކެވޭނީވެސް ތަރުކާރީ. އަހަރުމެން ގޮތަށް މަސް ކާން ވެއްޖެއްޔާ އެމީހުން ތިބޭނީ އަދި މާ ހަޑި ކޮށް. އަބަދު މަސް ކާ މީހުންގެ ރުންކުރުވޭ.

      1
      1
  2. އ. ޖ. އ

    ބޮއެ ހަލާކު