ކޮފީ އަކީ މިހާރު ދިވެހިންވެސް ވަރަށް ލޯބިކުރާ އެއްޗެއް ކަމުގައި މިވަނީ ވެފައެވެ. މުހިއްމު މަޝްވަރާތަކާއި ވިޔަފާރީގެ ބޮޑެތި ކަންކަންވެސް މިހާރު ފެށެނީ ކޮފީ މޭޒުތައް މަތިންނެވެ.

ކޮންމެއަކަސް، ކޮފީ އަކީ ހަށިގަނޑަށް ފައިދާ ހުރި އެެއްޗެއް ނޫން ކަމަށްބުނެ ކޮފީ ނުބޯ މީހުންވެސް އުޅެއެވެ. މިއީ ހަގީގަތެއް ނޫންކަން ދާދި ފަހުން ހެދި ދިރާސާ އަކުންވެސް މިވަނީ ސާބިތުވެފައެވެ.

ޔުނިވާސިޓީ އޮފް ހޮންކޮންގް އިން ޗައިނާގައި ކުރިއަށް ގެންދިޔަ މި ދިރާސާ އިން ހާމަވި ގޮތުގައި ގަވާއިދުން ކޮފީ ބޯ މީހުންނާއި ކޮފީ ނުބޯ މީހުންގެ ކަށިތައް އަޅާ ކިޔާއިރު ކޮފީ ބޯ މީހުންގެ ކަށިތައް ވަރުގަދައެވެ.

ކޮފީ ބޮއިގެން ކަށިތައް ވަރުގަދަވާ ކަމަށް މި ދިރާސާ އިން ދެއްކި ނަމަވެސް، ކަށިތައް ވަރުގަދަ ކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ކިރު ފަދަ ގިނަ އަދަދަކަށް ކެލްޝިއަމް ހިމެނޭ ބާވަތްތައް ބޭނުން ކުރުމެވެ.

ކޮފީ އަކީ މީހާ މަސައްކަތް ކުރާ ވަގުތު ސަމާލުވެ ހުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. ނަމަވެސް އެއީ ވަކި އިމެއްގެ ތެރެއިން ބޭނުން ކުރަން ޖެހޭ އެއްޗެއްކަމުން މާ ގިނައިން ކޮފީ ބޯނަމަ ރޭގަނޑު ނިދަން ދަތިވުމާއި މާބޮޑަށް ވަރުބަލިވުން ފަދަ ކަންކަން ވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އ. ޖ. އ

    އާނ ދެން

  2. ގޮލާ

    ޢޭރުންވާނީ ހަރުކަށި މީހުންނަށް؟؟؟

    7
    2
  3. އަހްމަދު

    ކޮފީބޯ މީހުން ވަރަށް ބާރަށް ފޮޑިވެސް ޖަހާނެ. އެ ފޮޑީގަ މާ ވަހެއް ނުހުންނާނެ

    6
    3
    • ތަކުރުފާނު

      ނޯ ވަސް ހުރޭ،??

      4
      2
  4. ތުއްތުނާ

    ލަވް ކޮފީ?

    4
    2
  5. ހުސޭނުބޭ

    މަޑުކަށި މީހުންނަކީ ކޮފީބޯ ބައެއްނޫން!

    5
    2
  6. ފިޔަލު

    ހުސް ދޮގު. 17 އަހަރު ވަންދެން ގަވައިދުން ތިބުނާ ކޮފީ ބުއި މީހެއް އަހަނަކީ...ހަށިގަނޑުގެ ބައެއް ކަށިތައް ބަލިކަށިވެފަ ހުރި ވާހަކަ ޑޮކްޓަރ ބުނި ހިސާބުން ކޮފީ ބުއިން ހުއްޓާލަން ޖެހުނީ....ކިޔާފަ ނުކިޔާނެ އެއްޗެއްނޭގިގެން އުޅޭބައެއް ތި ދިރާސާ ކުރާމީހުންނަކީ!!

    2
    1
    • އ. ޖ. އ

      އުޅެވޭ ގޮތެއް ނޭނގޭ ވިއްޔަ

  7. ޙުހު

    ދެނޮ ބުނެެެ ހަކުރު ބުަެޮއުނިމަ ހިތުގެ ބަލި ނުޖެހެ ކަމުގަ

    1
    2