އިންޑިއާގެ ޒުވާން ޕްލޭބެކް ލަވަކިޔުންތެރިޔާ ޝުޝްތިމާ 26އ އަހަރު މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ އަމިއްލައަށެެވެ. އޭނާ މަރުވެފައި ވަނީ ބެންގަލޫރުގައި ހުންނަ އޭނާ ދިރިއުޅެމުން އަންނަ ފިރިމީހާގެ ގޭގައެވެ. ދަންޖެހިގެން އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނުއެެވެ.

ޝޫޝްތިމާއަކީ ކަންނަޑާ ފިލްމްތަަކަށް އެތައް ލަވައެއް ކިޔާދީފައިވާ ތަރިއެކެވެ.

އޭނާ އަމިއްްލައަށް މަރުވެފައި ވަނީ ފިރިމީހާ ދެމުންގެންދާ އަނިޔާތަކާއި ގުޅިގެން ކަމަށް ވެއެވެ. ޝަރަތް ކުމާރް އާ ކައިވެނި ކޮށްގެން އުޅުނު އޭނާ މަރުވުމުގެ ކުރިން، ވަޓްސްއެޕް މެެދުވެރިކޮށް މަންމައަށް ހަގީގަތް ފޮރުވިފައިވާ އެތައް ވާހަކަތަކެއް ހިއްސާ ކުރި ކަމަށް ވެއެވެ.

އޭނާ މަންމައަށާއި، ބޭބެއަށް ކުރި މެސެޖުގައި ބުނެފައި ވަނީ، އޭނާ ޑައުރީ (ކައިވެންނާއި ގުޅުވައިގެން ދޭ ފައިސާ) ނުދިން މައްސަލާގައި ފިރިމީހާ އޭނާއަށް އަނިޔާ ކުރަމުންދާ ކަމަށެވެ.

"މަންމަ އަހަރެންނަށް މައާފް ކުރެވޭ. އަހަރެންނަށް އަދަބު ލިބެމުންދަނީ އަހަރެން ކުރި ކުށްތަކަށް. އަހަރެންގެ ފިރިމީހާ އާއި ބޮޑުދައިތަ އަހަންނަށް ދަނީ އަނިޔާދެމުން، ބޮޑުދައިތަ ދަނީ އަބަދުވެސް އަހަރެން ކައިރީގައި ގެއިން ނުކުމެގެން ދާން ބުނޭ".

އޭނާ ބުނެފައިވާގޮތުގައި، އޭނާގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ފިރިމީހާ، އައި ބޮޑުދައިތަ ގީތާއެވެ.

"އަހަރެން މި ގޭގައި މަރުވާކަށް ބޭނުމެއް ނޫން. ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެން މި ވާހަކަތައް އެއްވެސް މީހަކަށް ކިޔާ ނުދެން. އަހަރެންގެ ހަށިގަނޑު ވަޅުލާނީ އަހަރެން އުފަންވި ސިޓީގައި. އަހަރެންގެ ހަށިގަނޑު ފިރިމީހާގެ އާއިލާ އާ ހަވާލުނުކުރާތި

އޭނާގެ އެ މެސެޖުގައި މައާފަށްވެސް އެދިފައި ވެއެވެ. އަދި ބޭބެ މަންމަބަލަހައްޓާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ޝުޝް މިތާ ކައިވެނިކޮށްފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ.

އެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިއުންތެރިއެއް

    ތިލަފަތުގެ ދެކޮޅަށްލާ ކިރަންއޮތީ ޔާމީނުގެ، ޚިޔާނާތާއި ވައްކަމެވެ. ދެލޯ ސަލާމަތުންހުރި ކޮންމެ މީހަކަށް މިދެ ކަންތައް ފެންނާނެއެވެ. ޓިނު ޢަބުދުއްރަޙީމަށް، ނުފެނުމަކީ މައްސަލައެއް ނޫނެވެ. ވައްކަމުގެ ފައިދާ ލިބިފައިވާ މީހުންނަށް ފެންނަން ނުވެސް ޖެހެއެވެ.

    8
    49
    • ޔާރާ

      ވަގުން ފެނޭތަ؟ ނޯ ޓު އެމްޑީޕީ

      2
      4
  2. މުހައްމަދު

    ކޮންވަގެކޭ ކިޔާކަށް ވަގުންނަށް ވަގުން ފެނޭތަ މިހާރު ކުރާހާވަށްކަމާ ފޭރުން ނުފެނޭތަ ބަލަގަ ކުރިންކުރި ވައއކަމެއް ނުފެނޭ ދޮގުވައްކަން އަޅުވާފަ މިހާރު ތިޔޮށްކޮށްލާ ވައްކަން އިންތިހާ ގައުމަށް ކަމަށްވަނީ ޚިޔާނަތް ރައްޔިތުންނަށް ރިޝްވަތު ބަހަނީ އިންތިހާބުތަށް ގަތުމަށް ނަމަވެސް ޔާންޓޭ ރައްޔިތުންނަށް އެތަށް ކަމެއް ކޮށްދީފި އެހުރީފެންނަން ލޯމަރައިގެން ބަޔަކުތިބެ ވަގަށް ގޮވިޔަސް ސާބިތެއްވެސް ކުރެވުނީކީވެސްނޫން ހޭވި ހަޑި އެހުރީ ރިކޯޑް ކުރެވިފައި އަހަރެމެންނަށް ދޮގުހުވާކޮށްފަ އެއްކަމެއް ނުކޮށްދީ އަބަދުވެސް ކުރީސަރުކާރުގެ ނަންބޯޑްތައް ބަދަލުކޮށް ބޭކާރު ވަގުތު ތަކެއްގައި ރައްޔިތުންގެފައިސާ ކައި ހުސްކުރުން ކަމަކީ ހެހެހޭ

    23
    4