އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގައި ފިރިހެނަކު އޭނާއާއި ކައިވެނިކޮށްގެން އުޅޭ އަނބިމީހާއަށް ތަފާތު ގޮތަކަށް ލޯބި ހުށަހަޅައިފިއެވެ.

ކައިލް ފްރީޑެލް އޭނާގެ އަނބިމީހާ ސްޓޭސީ އާއި ކައިވެނި ކޮށްގެން އުޅޭތާ 25 އަހަރު ފާހަގަ ކޮށްފައިވަނީ ސައުތް ވެސްޓް އެއާލައިންސް އާއި ގުޅިގެންނެވެ.

އޭނާ އެކަން ކޮށްފައިވަނީ އޭނާ ދަތުރު ކުރި ފްލައިޓްގައި ތިބި ކޮންމެ ދަތުރުވެރިއެއްގެ އަތައް ފިނިފެން މަލެއް ދީގެންނެވެ. އޭނާ އެ މީހުން އަތަށް މާ ދީފައި ބުނެފައިވަނީ އެރައިވަލްގައި އޭނާގެ އަންހެނުން މަޑު ކޮށްގެން ހުންނާނެ ކަމަށާއި ނުކުމެގެން ދާ ގަޑީ ހަވާލު ކޮށްލުމަށެވެ.

އެގޮތަށް ހެދުމުން އަންހެނުންނަށް ވާނުވާ ނޭނގޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެންމެ ފަހު މީހެއްގެ ގޮތުގައި އޭނާ ނުކުމެގެން ގޮސްވަނީ އަންހެނުންނަށް މާ ދީފައެވެ.

އޭނާ ބުނެފައިވަނީ 25 އަހަރު ފާހަގަ ކުރަން ތަފާތު ގޮތެއް ވިސްނަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެކަން ކުރެވިފައިވަނީ ސައުތް ވެސްޓް އެއާލައިންސްގެ ފުރިހަމަ އެއްބާރުލުމާއި އެކީ ކަމަށެވެ.

ކައިލް ބުނެފައިވަނީ މީގެ 25 އަހަރު ކުރިންވެސް އޭނާ ކަން ކޮށްފައިވަނީ އެގޮތަށް ކަމަށާއި އޭރު ވެސް ހަމަ ދަތުރު ކުރި އެންމެންގެ އަތަށް މާ ދީފައިވާ ކަމަށެވެ. މިގޮތަށް ކަންތައް ކުރުމުން އަންހެނުންވެސް ހިތްހަމަ ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސައުތް ވެސްޓް އެއާލައިނުން ވަނީ އެދެމީހުންގެ ކައިވެނި ކޮށްގެން އުޅޭތާ 25 އަހަރު ފުރުމުން އެކަމުގައި ބައިވެރިވާން އެމީހުންގެ ޓްވިޓާ އެކަންޓްގައި އެކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު