ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖެއްސި މަންޒަރު ވަރަށް ރީއްޗަށް ވީޑިއޯކޮށް އެމަންޒަރު އިންސްޓަގްރާމްގައި އާއްމު ކުރުމުން ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ބްރިޓިޝް އެއާވޭސްގެ ބޮއިން 777 ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ލޭންޑް ކުރަން ދިޔަވަގުތު އެމަންޒަރު ވީޑިއޯކޮށްފައި ވަނީ އެވަގުތު ޖައްސަން ދިޔަ ސީޕްލޭނެއްގައި އިން ކްރޫއެކެވެ.

ބްރިޓިޝް އެއާވޭސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން ދަތުރު ކުރަމުން ދަނިކޮށް ވީޑިއޯ ފަށާފައި ވާއިރު ސިނަމާލެ ބުރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެ ރަންވޭ ވެސް ވަރަށް ރީއްޗަށް ވީޑިއޯއިން ފެނެއެވެ.

https://www.instagram.com/p/B8qNYH2J4zV/

މީގެ ކުރިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޖައްސާ މަންޒަރު ފެންނަ ތަފާތު ވީޑިއޯތައް އެކި މީހުން އާއްމު ކުރެއެވެ. ނަމަވެސް ފްލައިޓެއް ޖައްސާ މަންޒަރު މިފަދަ ގޮތަކަށް ވީޑިއޯ ކުރުމުގެ ފުރުސަތު ލިބުން އެއީ ވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަޒީމް

    އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެޔާޕޯޓައް ޖެއްސި މަންޒަރް ރީތި. އެޔާޕޯޓް ޕުރޮޖެކްޓަކީ ރައީސް ޔާމީންގެ ފަޚުރުވެރި މަސައްކަތެއް. ޖީއެމްއާރުގެ ވިހަ ވަކިތަކުން އެޔާޕޯޓު ސަލާމަތް ކުރުމައްފަހު ގެނެސްދެއްވި ވަރައް ވެސް ހިތްގައިމު ތަރައްގީއެއް.

    189
    13
  2. ނަރެލް

    ބޮޑުސަމާލުކަމެއްލިބިގެން ފަހުރުވެރިވާހާ ގިނަ ވިއުސް ތިޔަބުނާ ވީޑިއޯއަށް ލިބިފަ އެބަހުރި

    78
    2
  3. ބޯކިބާ

    ދޮޅަހަކަށްމީހުންގެ ސަމާލުކަން ލިބިފަހުރީ. އެއީދެން ވައިރަލްތާ.

    10
    33
  4. ޔާﷲ

    ވާވު ރައީސްޔާމީންގެ ތަރަށްގީ ހާދަ ހާވާ ސަޅިޔޭދޯއަލްހަމްދުﷲ އެއޮށްސަޅި ބްރިޖެދޯ ވާވު ނޫނޭވާ ޝުކުރު ހައްޤުވަނީ ހަމައެކަނި ރައީސްޔާމީން މަނިކު ފާނަށްއިގޭތޯ ހާދަސަޅި ޔޭއެވީޑިއޯއިން މަނިކުފާނުގެ ތަރަށްޤީ ގެމަންޒަރު ފެނުނުލެއް ސުބުޚާނަ ﷲ ކޮމެ މަންޒަރަކުންވެސް ފެންނަންއޮތީ ފެންނަ މުންދަނީ ރައީސް ޔާމީންގެ ތަރަށްގީ ﷲރައީސްޔާމީން އަށް ހިވަރާއި ކެތްތެރިކަން ދެއްވައި ދުޝްމަނުންގެ ވަކިތަކުން ސަލާމަތް ވާނެމަގުތަނަވަސް ކޮށްދެއްވާށި އާމީން

    78
    5
  5. އަޒާ

    ދުރުން އެ ފެނަނަނީ ވަގު ޔާމީނު އެޅި ބްރިޖްތަ...؟؟؟؟

    21
    135
    • Anonymous

      ވަގަކަށް މިގޮތަށް ގަ އުމު އާރާސްތު ނުކުރެވޭނެ، ވަގުންނަށް މިހާރު ގަ އުމު ހިންގަން ނޭނގިގެން އެބަ އުޅޭ.

      55
      4
    • ޚެޚެޚެހ

      ކިތަންމެ އަސަރުކުރިޔަސް ހަގީގަތް ބަދަލެ އްނުކުރެވޭނެ
      އެމަނިކުފާނާ އި މެދު ކިތަންމެ ހަސަދަ އެ އް ބޭލިޔަސް
      އެއ އީ ހަމަ ސަޅި މަންޒަރެ އް.. އެއ އީ ހަމަ އެމަނިކުފާނު ދިވެހި ގަ އުމުގެ ރަ އްޔިތުންގެ ހަ އްގު ގަކުރެ އްވި މިންނަތް މަސަ އްކަތުގެނަތީޖާ . ތިޔަކިޔާ ވަގު އެ އީ މި އަދު ގެސަރުކާރަ އް އަދި ވެރިންނަ އް ރ ޔާމީން ގެމަސަ އްކަތްޕުޅު ހަޖަމްނުކުރެވިގެން ރަ އްޔިތުން ވާވަ އްދާ ރުފިޔާދީގެން ގަނެ ވި އްކާފަ އޮތް ހޮޅިވާހަކަ އެ އް. ޕޮހް...

      42
      2
  6. އަންނި---

    ސާބަހޭ އިބޫ

    8
    124
    • Anonymous

      އިބޫ ކަހެރުވަކޭ ނުކިޔާ

      22
      2
  7. ދޮންބެ

    ރައީސް ޔާމީންގެ ދުރު ވިސްނުން ވަރަށް ވެސް ފުރިހަމަ!

    150
    13
  8. ޞށހސ

    ރިތި މައްޒަރެއް ރޔ ތަރައްގި ވަރަށް ފުރިހަމައް ފެނެ

    80
    1
    • ބޯކިބާ

      މުޅި ގައުމުގަ އޮތިއްޔާ އޮތް ތަރައްގީއެއް އެއޮތީ 5 ސިކުންތުން ފެންނަން.. ވީޑިއޯގަ ނުފެންނަ ހުރިހާ ތަނެއްގަ ގުއިވަޅުން ފެންވަރައިގެން އުޅެނީ. ހެހެހެ.

      4
      16
  9. އަލީ

    އިބޫ ހަދާފަ އޮތްހާ ތަންތަން ވީޑިއޯއިން އެފެންނަނީ.... ރައީސް ޔާމިން ކުރި މަސައްކަތެއް ނެތް.. މިގައުމުގަ އެހެން މީހަކަށް ކަމެއް ކުރެވޭނެތަ.. މީގެ އެއްހާސް އަހަރު ފަހުންވެސް ކަމެއް ކުރިައްޔާ ކުރާނީ ރީނދޫ ބައިގަނޑު... ލދުހަޔާތް ކޮބާ ރީނދޫ ބައިގަނޑަށް އެއްޗެއް ވިސްނޭތަ؟

    29
    5
  10. މާރިޔާ

    އިބޫ ހާދަ ހެޔޮފުޅޭ.

    3
    8