ބޮލީވުޑްގެ މަޝްހޫރު އަދި ގިނަ އަންހެންކުދިންގެ ހިތުގައި ރަސްކަން ކުރަމުންދާ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" އަކުން ފެނިގެން ދާނެކަމުގެ އަޑުތަކެއް އިންޑިއާގެ ނޫސްތަކުން ފަތުރަން ފަށައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ޝައްބީރު ޚާން ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު "ހީރޯޕަންތީ" ގެ ދެވަނަ ބައެއް ހަދަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ޓައިގާ ޝޮރޮފް އަކީ ނެށުމަށާއި އެކްޓިންއަށް ވަރަށް ކުޅަދާނަ ފަންނާނެކެވެ.

ޓައިގާ އެންމެފަހުން ފެނިފައިވަނީ "ވާރ" އިން އެވެ. އެ ފިލްމަށް ވަނީ ގިނަބައެއްގެ ތަރުހީބު ލިބިގެންގޮސްފައެވެ. ބޮކްސް އޮފީހުން މި ފިލްމަށް ތިންސަތޭކަ ކުރޯޑު ރުޕީސް ވަނީ ލިބިފައެވެ. ޓައިގާ އެކު މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ ރިތިކް ރޯޝަން އާއި ވާނީ ކަޕޫރެވެ.

ޓައިގާގެ ކުރިއަށް އޮތް ފިލްމު ސިނަމާތަަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 6 ވަނަ ދުވަހުއެވެ. ލީޑު ރޯލުން ޝުރައްދާ ކަޕޫރު ފެނިގެންދާ މި ފިލްމުގެ ރަސްމީ ޓުރެއިލާ މީގެ ހަފްތާއެއް ކުރިން ނެރުނު އެ ފިލްމުގެ ޓަރެއިލާއިން ވަނީ ދައްކާލާފައެވެ. މި ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ބުނެފައިވާ ގޮތުގައި ބާގީ ގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔަށް ވުރެން ތިން ވަނަ ބައިވެގެން ދާނީ ގިނަ ބަޔަކަށް ކަމުދާނެ އަދި ތަފާތު މަންޒަރުތަކެއް ދައްކުވައިދޭނެ ފިލްމަކަށެވެ.

ގިނަ ބެލުންތެރިނަށް ޓުރެއިލާއިން ކަމުދިޔަ ކަމަކަށް ފާހަގަވެފައިވަނީ ސުރައްދާގެ އެކްޓިންއެވެ. މިފިލްމުގެ އިތުރަށް ފެނިގެންދާނީ އަންކިތާ ލޮކަންޑޭ، ވިޖޭ ޝަރްމާ، އަޝުތޯޝް ރާނާ، ސަތިޝް ކޯޝިކް ގެ އިތުރުން ޗަންކީ ޕާންޑޭ ފަދަ ކުޅަދާނަ ފަންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިނގިލި

    އިނގިލިތަކުގައި ދަތް އަޅުއްވައިގެން ހުރެ އިމްރާން އިންޑިއާއަށް ފުރާވަޑައިގެންފި

    1
    2
  2. އ. ޖ. އ

    މި އަކު ނެއް ހީރޯޕަންތީ 2 ގެ އެއްވެސް ތަފްސީލެއް