އިންޑިއާގައި އުމުރުން ފަސް މަހުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުން އެ ކުއްޖާ މަރުވެއްޖެއެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާއާ ދެބެއިންގެ ދެ ދަރި ބޭބެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެ ކުއްޖާ ރޭޕްކުރިއިރު، އެ ކުއްޖާ މަގުމައްޗަށް އެއްލާލާފައި އޮއްވާ ފެނުމާއެކު ހޮސްޕިޓަލަށް ގެންދިޔަފަހުން ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

މިކަންތައް ހިނގާފައި ވަނީ، ކައިވެނީގެ ހަފްލާއަށް އެ ކުއްޖާގެ މައިންބަފައިން ގޮސް ތިއްބާއެވެ. އެ ހަފްލާގެ ތެރެއިން އެ ކުއްޖާގެ ދެބެއިންގެ ދެ ދަރި ބޭބެ އެ ކުއްޖާ ގެންގޮސް އެ ކުއްޖާ ރޭޕްކުރުމަށްފަހު އެ ކުއްޖާ އޮތީ އެއްލާލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ގެއްލިގެން މައިންބަފައިން އެ ކުއްޖާ ވަރަށް ހޯދިއެވެ. އަދި އެ ކުއްޖާ ގެންދިޔަ މީހާވެސް ހޯދިއެވެ. ނަމަވެސް އެ މީހާ ނުއެއް ހޯދުނެވެ.

ނަމަވެސް ރޭޕްކޮށްފައިވާ އެ ކުއްޖާ ވަރަށް ހާލު ދެރަކޮށް، އޮއްވާ ވަނީ ފެނިފައެވެ. ވަގުތުން އެ މީހުން އެ ކުއްޖާ ވިވެކަނަންޑް ހޮސްޕިޓަލަށް ގެންދިޔައިރު، އެ ހޮސްޕިޓަލުން އެ ކުއްޖާ ގެންދިޔައީ ޓްރައުމާ ސެންޓަރަށެވެ. އެ ކުއްޖާ މަރުވީ އެތަނުގައި ފަރުވާދެމުން ދަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕް ކުރި މިހާ އަދިވެސް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮބާލަދު

  ބަލާބަ ހުރި ލަދުހަޔާތްކުޑަކަން މިހާރުދެން އަންހެންކުއްޖަކަށް ނެތޭ އުފަންވެވޭކަށް. ރާއްޖޭކޭ އެއްވެސް ތަފާތެއްނެތެއްނު ތި އިންޑިޔާގަނޑު.

  34
 2. ޖިލޭބީ

  ދެންވެސް ތިބައިވަރެއް ާއްޖެ ނުގެނިވިގެން ސަރުކާުރން ފުންމާއިރު ހީވަނީ ބޯމައްޗަށް އުޑު ވެއްޓެނީހެން. ތިބައިގަނޑެއް މިތަނަށް ވެރިވެގަނެއްޖެ ނަމަ އަހަރުމެންގެ ދަރިން ދާނީ

  36
  2
 3. މާރިޔާ

  އަންނިބެ ބޭނުންވަނީ މިގައުމުވެސް އެގޮތަށް ކުރި އަރަން.