އިންޑިއާގެ ބިހާރުގެ ސަރަން ޑިސްޓްރިކްޓުގައި އިއްޔެ އޮތް ކައިވެނީގެ ހަފްލާއަކުން ކެއިއެއްޗެހީގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކައިވެނީގެ ހަފްލާގައި ކެއި އެއްޗެއްގެ ސަބަބުން 50 ވަރަކަށް މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

"އަޅުގަނޑުމެން ވާނީ ޑޮކްޓަރުންގެ ޓީމެއް އެ ކައިވެނީގެ ހަފްލާ ކުރިއަށްދިޔަ ތަނަށްވެސް ފޮނުވާފައި، އެއީ އެ ސަރަހައްދުގައި އިތުރު ބަޔަކުވެސް ކާނާ ކައިގެން ވިހަވެދާނެ ކަމަށް ބަލާފައި".

އެ މީހުން ވިހަވެފައި ވަނީ ކޮންކޮން އެއްޗެއް ކައިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކާނާ ކައިގެން ބަލިވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. އަދި ބައެއް މީހުންނަށް މިހާރު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކާނާ ވިހަވުމަކީ އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު