އިންޑިއާގެ ރެއިލްވޭ މިނިސްޓަރ ޕިއުޝް ގޮޔާލް މީސް މީޑިއާގައި ހިއްސާކުރި ޓިކްޓޮކް ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ރޭލެއްގައި ބަޔަކު ހަދަން އުޅުނު މޮޅު ސްޓަންޓެއް ފެއިލްވެ، މީހަކުން މަރުން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

އެ ވީޑިއޯއިން ފެންނަނީ، ދުއްވަމުންދިޔަ ރޭލަކުން، މީހަކު އޭގެ ދޮރު ކައިރިން ބޭރަށް ނުކުމެ، ރޭލުގައި އެލިގަނެގެން އޮންނަ މަންޒަރެވެ. އިރުކޮޅަކުން އޭނާ އެތަނުން ވެއްޓޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ވީޑިިއޯގައި މީހުން ބިރުން ހަޅޭ ލަވާ ގަންނަ އަޑުވެސް އިވެއެވެ.

ހަތް ސިކުންތުގެ އެ ވީޑިއޯގައި ރޭލުން އެ މީހާ ވެއްޓޭ މަންޒަރު ވަރަށް ރީއްޗަށް ފެންނައިރު، އޭނާ ރޭލު ދަށު ނުވީ ހަމަ ކިރިޔާ ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ. އެ ހާދިސާގައި އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެއެވެ.

އެ ވީޑިއޯ ނިންމާތަނުން ފެންނަނީ ވެއްޓުނު އެ މީހާ އިށީންދެގެން އިންނަ މަންޒަރެވެ.

އެ ވީޑިއޯ ޓްވީޓް ކުރި ގޮޔާލް ބުނީ، ދުއްވަމުންދާ ރޭލެއްގައި ސްޓަންޓް ޖެއްސުމަކީ މޮޔަ ކަމެއް ކަމަށެވެ.

https://twitter.com/PiyushGoyalOffc/status/1229656389695369217?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1229656389695369217&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fpiyush-goyal-shares-horrifying-tiktok-video-of-train-stunt-gone-wrong-2181904

އެ ވީޑިއޯ ޓްވީޓާގައި ހިއްސާ ކުރިތާ ގަޑީއެއްްހާއިރު ތެރޭގައި އެ ވީޑިއޯ 8000 އަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. އަދި ގިނަބަޔަކު ވަނީ ގޮޔަލްއަށް ތާއިދުކޮށްފައެވެ. އަދި ގިނަބަޔަކު ވަނީ އެފަދަ ސްޓަންޓްތައް ނެހެދުމަށް ނަސޭހަތްތެރިވެފައެވެ.