ޖަޕާނުގައި ޓްރަކެއް ގޮތަށް ހަދާފައިވާ މިސްކިތްތަކެއް (މޮބައިލް މިސްކިތް) ތައާރަފްކޮށްފިއެވެ.

މި ހޫނު މޫސުމުގައި ޖަޕާނުގައި އޮލިމްޕިކްސް 2020 ބާއްވަން ހަމަޖެހިފައިވާ އިރު އޮލިމްޕިކްސްގައި ބައިވެރިވާ އެތައް ހާސް މުސްލިމުންނަށް އަމާޒުކޮށްގެން ޓޯކިޔޯ ސްޕޯޓްސް ކޮމްޕެނީން އުފެއްދި ޓްރަކަށް އެތައް މުސްލިމުންނެއްގެ ތައުރީފް ވަނީ ލިބިފައެވެ.

ޖަޕާނުގައި މިފަދަ މިސްކިތްތައް ތައާރަފް ކުރީ އޮލިމްޕިކްސް 2020 އާއި ދިމާކޮށް މުސްލިމުންނަށް ނަމާދުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާ ދިނުމުގެ ގޮތުންނެވެ. ޖަޕާންގެ އިންޖިނިއަރަކު އުފެއްދި މި އުފެއްދުމަކީ އޮލިމްޕިކްސްގެ ސަބަބުން ގެއާއި ދުރުގައި އުޅެން ޖެހިފައިވާ މުސްލިމުންނަށް ހާސްކަމަކާއި ނުލާ ނަމާދު ކުރަން ފުރުސަތު ހޯދާ ދިނުމުގެ މަގްސަދުގައި އުފެއްދި ޓްރަކެކެވެ.

ޓްރަކް އުފެއްދި ކުންފުނީގެ ސީއީއޯ ޔަސުހަރު އިނޯއު ވިދާޅުވީ ޖަޕާނުގައި މުސްލިމުން ނަމާދު ކުރުމަށް ހެދިފައި ހުރީ ވަރަށް މަދު މިސްކިތްތަކެއް ކަމަށާއި، ޖަޕާނަށް ގިނަ އަދަދެއްގެ މުސްލިމުން ޒިޔާރަތްކުރާ އިރު ނަމާދު ކުރާނެ ތަނެއް ހުރުން މުހިއްމު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖަޕާނުގައި ހުރި މޯބައިލް މިސްކިތެއް: ފޮޓޯ މީސްމީޑިއާ

ނަމާދު ކުރެވޭ ގޮތަށް ހަދާފައިވާ މޮބައިލް ޓްރަކް ދައްކާލާފައި ވަނީ ޓޮޔޯޓާ ސްޓޭޑިއަމްގައެވެ. މި މިސްކިތުގައި ވުޟޫ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

އެ ޓްރަކްގައި ފެން އިސްކުރުތަކާއި ސިންކެއްވެސް ހިމެނެއެވެ. އޭގެ ބޭނުމަކީ ވުޟޫކުރުމަށްޓަކައި ދުރަށް ނުގޮސް، އެ ޓްރަކުން ވުޟޫކޮށްގެން ނަމާދު ކުރުމަށް ފުރުސަތު ހޯދައި ދިނުމެވެ.

 

ޖަޕާނުގައި ހުރި މޯބައިލް މިސްކިތެއް: ފޮޓޯ މީސްމީޑިއާ

ޖަޕާނުގައި 100،000 އާއި 300،000 ދެމެދުގެ އަދަދަކަށް މުސްލިމުން ދިރިއުޅެއެވެ. ޖަޕާނުގައި ތައާރަފްކުރި މޮބައިލް މިސްކިތްތަކުގެ ސަބަބުން ޖަޕާނުގައި ތިބި މީހުންނާއި ޖަޕާނަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމަޑޭ

    ސަޅި ރާއްޖެގެންނަވީ

    13
    3
    • ވެލާ

      ކޮންކަމަކު ރާއްޖެ ގެންނަންވީ. މިސްކިތް ނެތީތަ؟ މިސްކިތްތައް ހުރިލެއްދުރީތަ؟

  2. Girl 7

    މި މިސްކިތް އުފެއްދި އިންޖިނިއަރ އަށާއި މިކަމަށް އިސް ނެގި ކުންފުނީިގެ ސީި.އީި.އޯ އަދި މަސައްކަތުގައި އަމަލީި ގޮތުން އުޅުނު ހުރިހާ ފަރާތްތަކަށް މާތްވެގެންވާ އިސްލާމްދީިނުގެ ހިދާޔަތު ދައްކަވައި އިސްލާމަކަށް ވުމުގެ ހެޔޮ ނަސީިބް މިންވަރު ކުރައްވާނދޭ..... އާމީިން