ފްލައިޓް ދަތުރުތައް ކުރެވޭ ނިސްބަތައް ބަލާއިރު، ހިތާމަވެރި ހާދިސާއެއް ހިނގަނީ ނިސްބަތުން ވަރަށް މަދުންނެވެ. އެހެންވެ ދަތުރު ކުރަން އެންމެ ރައްކާތެރި މަގަކީ ވައިގެ މަގު ކަމަށް އޮންނަނީ ވެފައެވެ. ނަމަވެސް ފްލައިޓްގައި ކުރާ ކޮންމެ ދަތުރަކީ އަރާއި ހިތްހަމަޖެހުން އިހްސާސް ކުރެވޭ ދަތުރެއް ނޫނެވެ. އޭގެ ބަދަލުގައި ބިރުވެރިކަމާއި ހާސްކަމާއި ކުރިމަތިލާން ޖެހޭ ފަހަރުތައް ވެސް އާދެއެވެ.

މިއީ ވެސް އެފަދަ ހާލަތެއް ދިމާވި ފަހަރެވެ. ޔޫރަޕްގެ ބައެއް ގައުމުތަކަށް އަރާފައިވާ ތޫފާން "ޑެނިސް" ގެ ގަދަ ވަޔާއި ވިއްސާރައިގައި ޖެހި ފްލައިޓެއްގައި ތިބި ފަސެންޖަރުންނަށް މިވަނީ އާދަޔާއި ހިލާފު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިފައެވެ.

މޮރޮކޯގެ އޮޖްދާ އިން ބެލްޖިއަމްގެ ބްރަސަލްސްއަށް ދަތުރު ކުރި ރަޔަން އެއާގެ ފްލައިޓް ކޮޅިގަނޑެއްގައި ޖެހުމާއި އެކު ހުރިހާ ފަސެންޖަރުންނަށް ވެސް ކުރިމަތިވީ މީގެ ކުރިން އެއިން މީހަކަށް ދިމާވެފައި ނުވާ ފަދަ ބިރުވެރިކަމަކާއި އެވެ. މުޅި ފްލައިޓްގެ ތެރެއިން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. އަދި ދުޢާ ކުރާ އަޑެވެ.

ފްލައިޓް ކޮޅިގަނޑެއްގައި ޖެހިގެން އުޅުނު ވަގުތު ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެއެވެ.

https://www.youtube.com/watch?v=ylAOnyParww

ބިރުވެރި ވަގުތުތަކަށް ފަހު ފްލައިޓް ވަނީ ރައްކާތެރިކަމާއި އެކު ޗާލެރޮއީ އެއާޕޯޓްގައި ޖައްސާފައެވެ. އެއާޕޯޓްގައި ފްލައިޓް ޖެއްސުން ވެސްވީ އުނދަގޫ ކަމަކަށެވެ. ސަބަބަކީ އޭރު ވެސް އެއާޕޯޓް ކައިރިއަށް 62 މޭލުގެ ބާރު މިނުގައި ވައި ޖެހެމުން ގޮސްފައި ވާތީއެވެ.

ފްލައިޓުން ދަތުރު ކުރި ގިނަ މީހުން ދަތުރަށް ފަހު ބުނީ މިއި އެމީހުންނަށް ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާ ކަމަށާއި މިދަތުރުގެ ސަބަބުން އެމީހުންނަށް މަރު މަތިން ހަނދާންވި ކަމަށެވެ.

ޑެނިސް ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަނީ އިނގިރޭސިވިލާތަށެވެ. މިއީ ފާއިތުވި 200 އަހަރު ތެރޭގައި އިނގިރޭސިވިލާތައް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

ކިޔުންތެރިންގެ ހިޔާލު