ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ފަޑުކޯން ރާއްޖެ އަތުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަތަލާ ދިޕިކާ ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ ނޫހެއްކަމުގައިިވާ "އެލް އިންޑިއާ" ގެ ކަވާ ޝޫޓަކަށެވެ. ދިޕިކާއެކު އޭނާގެ މޭކަޕް އާރޓިސްޓް، ހެއާރ ސްޓައިލިސްޓް، މެނޭޖަރ، އަދި ސްޕޮޓް ބޯއީ ވެސް ރާއްޖެ އައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ދިޕިކާ ރާއްޖޭގައި މަޑު ކުރުމަށް ހަމަޖެހިފައި ވަނީ، ރ. އަތޮޅު ހުރަވަޅި (ދަ ސްޓޭންޑާޑް މޯލްޑިވްސް)ގައެވެ.

ބޮލީވުޑް ތަރިންގެ މެދުގައިވެސް ރާއްޖެ ވަރަށް ބޮޑަށް މަޝްހޫރެވެ. ރާއްޖޭގެ ނޫ ކަނޑާއި، ހުދު ދޮންވެލި ގަނޑުގެ އިތުރުން ކަނޑުއަޑީގެ މަންޒަރުތަކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ކަޅި ހުއްޓުވާލާ ތަންތަނެވެ.

ދިޕިކާ އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ނެރުނު "ޗަޕާކް' އިންއެވެ.

މިފިލްމަކީ މިހާރަކަށް އައިސް މުޖުތަމައު އަށް ދިމާވެފައިވާ އެސިޑް އެޓޭކްގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ވާހަކަ ކިޔާދޭ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތަކަކީ މީހުން ގައިން ހީބިހި ނަގުވާލި އަދި ލޮލުން ކަރުނަ އޮހުރުވާލި ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އ. ޖ. އ

  ދެން މާ މޮޅު މީހެއް ވިއްޔަ

  5
  6
 2. ބޮއްލޯ

  ސަމާސާ ކަނޑައި.. ؟؟؟

 3. ށޭން

  މިހާރު ގޮއްސި . ކުރިން އައި

  2
  3