ޕްރިންސް ހެރީ އާއި މޭގަން މާކެލް ޝާހީ އާއިލާގެ ހުރިހާ ޒިންމާއެއް ރަސްމީކޮށް ދޫކޮށްލާނެ ދުވަހަކީ މާޗް މަހުގެ 31 ވަނަ ދުވަސް ކަމަށް އެދެކަނބަލުންގެ އޮފީހުން ބުނެފިއެވެ.

ހެރީއާއި މޭގަން ޝާހީ އާއިލާގެ ހުރިހާ ޝަރަފަކާއި ހުރިހާ ޒިންމާއެއް ދޫކޮށްލަން އިއުލާން ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ހެރީއާއި މޭގަން ޝާހީ އާއިލާގެ ޒިންމާތަކާއި ޝަރަފްތައް ދޫކޮށްލާނެ ތާރީޚް އިއުލާން ކޮށްފައި މިވަނީ ކުރިއަށް އޮތްތަނުގައި ވެސް ހެރީގެ ދެމަފިރިން "ސަސެކްސް ރޯޔަލް" ގެ ނަން ބޭނުން ކުރާނެ ކަމަށާއި އަދި އެނަމުގެ ބޭނުން ކޮށް ވިޔަފާރި ވެސް ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި "ސަސެކްސް ރޯޔަލް" ހެރީގެ ދެމަފިރިން ބޭނުން ކުރަން ރާނީ އެލިޒަބަތު ބޭނުންފުޅެއް ނުވެއެވެ. އެހެންވެ ވަރަށް އަވަހަށް މިކަމާއި ގުޅޭ ގޮތުން ބަކިންހަމް ޕެލަސް އިން ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެރީގެ ދެމަފިރިން ކުރިއަށް އޮތްތަނުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން ހިލޭ ސާބަހަށް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ކުރިން އޮތީ އިއުލާން ކޮށްފައެވެ.

ހެރީ ވިދާޅުވެފައި ވަނީ އޭނާ ޝާހީ އާއިލާއާއި ދުރަށް ދަނީ އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުން ވެގެންނެވެ. ހާއްސަ ގޮތެއްގައި ނޫސްވެރިންގެ އުނދަގޫ ނުފޯރާ ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާ އަވަހާރަވުމުގައި ވެސް ނޫސްވެރިންގެ ދައުރެއް އޮތް ކަމަށް އާއިލާ އިން ބުނެއެވެ. ޑަޔާނާ އަށް ވަރަށް ބޮޑަށް ނޫސްވެރިންގެ އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވިއެވެ. ހެރީ ވަނީ އެފަދަ ކަމެއް މޭގަން އާއި އޭނާގެ ދަރިފުޅަށް ދިމާވާން ނޭދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާމިހާ

    މަ ބޭނުން ހެރީ އާ އިންނަން 🙁

    11
    7
  2. ސަމްހާ

    ސާމިހާ ކިތަންމެ ބޭނުމަސް ހިޔެއްނުވެ އެކަންވެދާނެ ހެންނެއް

    4
    1
  3. ތަރިކަ

    ހިތްްވަރުކޮށްލާަ ވެދާނެ

  4. މަރިޔަމް ސާމިހާ

    ސަމްހާ ތިހެން ބުންޔަސް އަހަރެން އަދި ގަބޫލެއް ނުކުރާނަން