ނޭޕާލަށް ނިސްބަތްވާ އަންހެނަކު ޑުބާއީގައި ހުއްޓާ ކުރި އޮޕަރޭޝަނަކަށްފަހު ހުރިހާ ހަނދާނެއް ފޮހެވުނެވެ. އޭނާގެ ހަނދާނުގައި ގާތްގަނޑަކަށް އެއްވެސް އެއްޗެއް ނެތެވެ.

ތަޕާ ޕްލައިޓް ނަމަކަށް ކިޔާ އެ މީހާ ދުބާއީގައި 2014 ވަަނަ އަަހަރުން ފެށިގެން މަސައްކަތު މީހެއްގެ ގޮތުގައި އުޅެމުންދިޔަ މީހެކެވެ. އެކަން އެނގުނީ އޭނާގެ ޕާސްޕޯޓަށް ބެލުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ތަޕާ މާބޮޑަށް ބަލިވެގެން ދުބާއީ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީއެވެ. އޭނާ އެތަނަށް ގެންދިއުމުން، ކޯމާގައި ފަސް ދުވަސް ވަންދެން އޮތެވެ. އަދި އޭނާގެ އިންޓްރަސެރެބްރަލް ހެމޮރޭޖް މައްސަލަ ކުރިމަތިވެފައިވާކަމަށް ސީޓީ ސްކޭނުން ވަނީ އެނގިފައެވެ. އަދި އޭނާއަށް އެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އައިސީޔޫގައިވެސް އަށްވެސް ލިއެވެ. އަދި އޭގެ ފަހުން އޭނާގެ ހާލަތު ރަނގަޅުވަމުން އަންނާތީ، ވޯޑަށް ބަދަލުކޮށްގެން ދިޔައީ ފަރުވާދެމުންނެވެ.

އޭނާ ހޮސްޕިޓަލުގެ ވޯޑުގައި ހަތަރު މަސް ދުވަސްވަންދެން އުޅެން ޖެހުނީ، އޭނާގެ ހަނދާން ފޮހެވިފައި ވުމުން، އޭނާގެ އާއިލާ މީހުންނަކީ ކޮން ބައެއްކަން ނޭނގުމުންނެވެ.

އޭނާގެ އާއިލާއާ އޭނާއާ ބައްދަލު ކުރުވުމުގެ ކަންކަން މީސް މީޑިއާގައި ފެށި އެވެ. އަދި ނޫސްތަކުގައި ހަބަރުތައްވެސް ޖެހިއެވެ. އޭނާއަށް އެކަމުގައި އެހީތެރިވެދިނީ ލައިލާ އަބޫ ބަކަރު ނަމަކަށް ކިޔާ މީހެކެވެ. އަދި އަބޫ ދާބީ އެމްބަސީންވެސް އެކަމަށް އެހީވިއެވެ. އެއާއެކު، ލައިލާ އަށް އެތައް ފޯންކޯލްތަކެއް އައެވެ. އޭނާއަށް ގުޅާފައި ވަނީ ތަޕާގެ ބޭބެ އާއި ދަރިފުޅެވެ. އަދި މިހާރު އެ މީހުންނާއި، ތަޕާ އާއި ގުޅައިގެން ވާހަކަވެސް ދައްކައެވެ.

ތަޕާ އެނބުރި ނޭޕާލްއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ހޯދަން އާއިލާއިން އެއާޕޯޓަށް ދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ލިބިފައެވެ.

ބައެއް ނޫސްތައް ބުނާގޮތުގައި، އޭނާގެ ހަނދާނުގައި އޭނާގެ ދަރިއެއް ހުންނަކަން އިނގެއެވެ.

ތަޕާގެ ހާލު މިހާރު ރަނގަޅެވެ.