ރާއްޖޭގެ މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ ކައިވެނިކޮށްފިއެވެ.
މި ދެތަރިން ކައިވެނިކޮށްފައި ވަނީ، މިހާރު ހުޅުމާލޭގައި ކުރިއަށްދާ ހަފްލާއެއްގައެވެ.
މުއާ އާއި ކައިވެނި ކުރުމަށް އައްޒަ ރަން ކިއުުން އޮތީ ފެބްރުއަރީ ދެ ވަނަ ދުވަހުއެވެ. އައްޒަ ރަން ކިޔާފައިވަަަނީ 30 ރުފިޔާ އަށެވެ.
އައްޒަ އާއި މުއާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދިވެހި ފިލްމު "ލީނާ" އިންނެވެ. އަދި މި ދެ ތަރިން ދަނީ ހުވާ ދެ ވަނަ ސީޒަންގައިވެސް މަސައްކަތް ކުރަމުންނެވެ.
އައްޒަގެ ފިލްމްތަކެއް މި އަހަރު ތެރޭގައިވެސް ނުކުންނާނެއެވެ. ރާއްޖޭގެ އެންމެ ބިޒީ އެއް ފިލްމީ ތަރިއަކީ އައްޒަ އެވެ. އައްޒަ އާއި މުއާގެ ކައިވެނި މިއަދު ކުރެވިގެން ދިޔައިރު، މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރެއް ހާ ދުވަސް ވެއްޖެއެވެ.
އައްޒަ އަދި މުއާވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.
އައްޒަ ކުރިން ކައިވެނި ކޮށްގެން އެއިރު އުޅުނީ އިސްމާއީލް ޖުމައިހް (ޖުމާ) އާއެވެ. މުއާ ކައިވެނިކޮށްގެން އުޅުނީ ޝާޔަން ޝާހިދުއާއެވެ.
ދެން އަޖައިބެއް މީ!! ކުރާ ކަމެއް ކޮއްފާނެ އެންނޫތަ
ހަޖަމް ނުވީދޯ
އެއްކޮއް ލަވައެއް ކުޅެލިޔަސް ހިތާވާނެ....ހެ ހެ
ދެމީހުންގެ އެއްކުއްޖެއްނޫން، ދެމީހުންގެ ދެކުދިން ތިބެއެވެ.
ބާއްޖަވެރި ކައިވެންޔަކައް އެދެން ?
މާދަމާ އިވޭނެ ދެމީހުން ވަރިވިހަބަރު.
ހެޔޮނުވަާނެ ތިހެން ކިޔަން ކިހިނެއް އިގެނީ އަމިއްލަ މީހާ ދުނިޔޭގަ އުލެ ނިމޭނެ ގޮތެއް
އަހަރެމެނަށް ކީއް
މަރުހަބާ، އައްޒަޔައް ވަރައް ހިތްކިޔާ.
އާ ކައިވެންޏެސްވެސް ނޫން ދެން އެކަމަކު ތިވަރު އަރުވާލިޔަސް ތީ ބޮދުވަރު...ކައިވެނީގައި ބަރަކާތް ލަށްވާށި އާމީން
އަޅޭ ހަމަ އަސްލުތަ؟
މަ ގޯތި ރަގީބު އަދިވެސް ހަމަ ހުއްސަރިބައިކޮށް ހުރީ.
މަ ހީކުރީ މިމީހުން އިނދެގެން ކަމަށް އުޅުނީ. އަޅެ އެވަރަށް ބޭރު ގައުމުތަކަށް ޓްރިޕް ދާތީ. ފޮޓޯތަކުގަ އަލްހަމްދުﷲ ޖަހާފަ ހުންނާތީ
މީހުން ބުނެ އުޅޭ ލަނޑަޔާ ވަނީ ހަމަ ލަނޑަޔަ ކަަމަށް މީ ވަރަށް ބޮޑު ތެދެއް!
އަޅެ އައްޒަ ކޯންކަހަލަ ވެޑީންގް ޑްރެސް އެއްތަ ލައިގެން ތިޔަހުރީ؟ އަހަރެންގެ އުންމީޑުތައް ފެނައްގޮސް ހުސްވެއްޖެ. ތިޔަ ހީވަނީ އައްޒަ އާންމުކޮށް ޝޯތަކަށް ތުރުކުރައްވާ ކަހަލަ ހެދުމެއްހެން. ޙެޔޮނުވާނެ!
ލަންކާ އޮރިންތަކެއް ވައްތަރު ޖަހަނީ..
އައްޒައަށް ކުރީ ސަޕޯޓު އަނބުރާ ނަގައިފިން.
ކޮން ކަމަކާ
ޢައްޒަ ފަހުން ހިތާ މަ ކުރާނެ
ޙަމަ ސުމެއް .... މުއާ މާ ބޮޑުތަނުންވެސް މުސްކުޅި ވައްތަރު ޖަހާ...
ދެން އަޅުގަނޑު ބުނާނެ ވާހަކަޔެއް ތިކަމަކު ނެއް ދެކުދިންވެ ސް ބަ ސްއަހައިގެން ރަގަޅަށް އުޅޭތި ބާއްޖަވެރި ކައިވެންޔަކައް އެދެން.
މިދެމީހުން ކުރާ އެހެންކަންކަމުގެ ވާހަކަވެސް ނޫހުގަލިތާނަންތަ؟
އައްޒަ ރަން ކިޔާފައިވަަަނީ 30 ރުފިޔާ އަށެވެ.ކީކޭދެންބުނާނީ
ކަމަކުނުދޭ
އައްޒަ ކުރިން ކައިވެނި ކޮށްގެން އެއިރު އުޅުނީ އިސްމާއީލް ޖުމައިހް (ޖުމާ) އާއެވެ. މުއާ ކައިވެނިކޮށްގެން އުޅުނީ ޝާޔަން ޝާހިދުއާއެވެ.ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.މާނައަކީ ދެންއިތުރުކުއްޖެއްއައްޒަބޭނުންނޫންކަން ވަރައްހިތާމަ މުއާ