އިންޑިއާގެ ފިލްމެއް ކަމަށްވާ "އިންޑިއަން 2"ފިލްމްގެ ސެޓްގައި މަސައްކަތް ކުރަމުންދިޔަ ތިން މީހަކު މަރުވެއްޖެއެވެ.

އެ ފިލްމްގެ ޝޫޓިންގ ފެށުމަށްޓަކައި ސެޓް ތައްޔާރުކުރަމުންދިޔަ މަގުމަގަތީގައި އެ މީހުުން މަރުވީ، މީހުންގެ ގައި މައްޗަށް ކެރޭނެއް ވެއްޓިގެންނެވެ. އެ ހާދިސާގައި ނުވަ މީހަކަށް އަނިޔާވެސް ވިއެވެ.

އިއްޔެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ، އެ މީހުން ސެޓް ހަދަން އުޅުމުގެ ތެރޭގައެވެ.

އިންޑިއަން 2ގައި ފެނިގެން ދާނީ ކަމާލް ހަސަން އެވެ. އޭނާއަކީ މިހާރު ސިޔާސީ މީހެއްވެސް ވެއެވެ. އެ ފިލްމް ޑައިރެކްޓް ކުރަނީ އެސް. ޝަންކަރް އެވެ.

އެ ފިލްމަކީ ޝަންކަރު 1996 ގައި ގެނެސް ދިން "އިންޑިއަން" ގެ ދެވަނަ ބައެވެ. އެ ފިލްމަކީ ކަމާލްގެ އެންމެ ފަހު ފިލްމެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ އީވީޕީ ފިލްމް ސިޓީގައެވެ.

ކަމާލްވެސް ވަނީ އެކަމާއި ހިތާމަކޮށް ޓްވީޓެއް ކޮށްފައެވެ. އަދި ކަމާލް ވަނީ އެ ހާދިސާގައި އަނިޔާވި މީހުން ކައިރިއަށް ހޮސްޕިޓަލަށް ގޮސް އެ މީހުންގެ ހާލުވެސް ބަލާފައެވެ. އަދި އެ މީހުންނަށް ރަނގަޅަށް ފަރުވާ ކުރެވެމުންދާކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާނީ

    ވަރަށް ދެރަ?

    9
    1