މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ އެއިސްޑް ބަލި ޖައްސާ ނުރައްކާތެރި އެޗްއައިވީ ފަތުރަމުންދިޔަ މީހަކު އުމުރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޑެރީލް ރޯވް އެމީހާގެ މައްޗަށް ވަނީ، މަދުވެގެން ހަތަރު މީހަކަށް އެ ވައިރަސް ޖެއްސުވިކަން ސާބިތުވެފައެވެ. އޭނާ މި ޢަމަލު ހިންގާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރާއި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ދެމެދުގައެވެ.

މި މައްސަލަ ފެންމަތިވެ ޑެރީލް ހައްޔަރުކުރުމުން ތަހުޤީޤުގައި އޭނާ ބުނެފައިވަނީ، އޭނާގެ ހަށިގަނޑުގައި އެޗްއައިވީ މިހާރު ނެތްކަމަށާއި، އެޗްއައިވީ އިން ސަލާމަތްވުމަށް އޭނާ އަމިއްލައަށް ފަރުވާއެއް ހޯދާފައިވާކަމަށެވެ. އެގޮތުން އޭނާ އަމިއްލަ ކުޑަކަމުދާތަކެތި ބުއިމުން ވައިރަސްގެ އަސަރު ހަށިގަނޑުން އެކީގައި ފިލައިދާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އެއީ އޭނާ ހޯދަމުންދިޔަ ޙައްލު ކަމަށް ޑެރީލް ބުނެފައިވެއެވެ.

އުމުރުން 27 އަހަރުގެ ޑެރީލް ރޯވް

ނަމަވެސް ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ޑެރީލްގެ ޓެސްޓުތައް ހެދިއިރު، އޭނާގެ ހަށިގަނޑުން އެޗްއައިވީ ވަނީ ފެނިފައެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، ޑެރީލް އެޗްއައިވީ ފެތުރީ ގަސްތުގައިކަން ހާމަވާ ހެކިތައް ލިބިފައިވާކަމަށެވެ. އެގޮތުން އޭނާ އެ ވައިރަސް ޖައްސާވާފައިވަނީ ހަތަރު އަންހެނަކަށް ކަމަށްވާއިރު، ފަހުން އެމީހުނަށް ގުޅައި އެކަން ހާމަކޮށްފައިވާ ކަމަށްވެސް ތަހުޤީޤަށް އެނގިފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑެރީލްގެ މައިންބަފައިންވެސް ވަނީ އޭނާ ތުއްތުއިރު، އެޗްއައިވީގެ ސަބަބުން މަރުވެފައެވެ. އޭނާގެ އާއިލާގެ ބައެއް އެހްނެ މީހުނަށްވެސް އެޗްއައިވީ ޖެހިފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ތިޔަމީހާ ޖަލުގައި ތިބިމީހުންނަކަށްނު ދެން ތިޔަބަލި ޖައްސާނީ...؟ ތިޔައީ މިގައުމުގައި ފާލުންނެއްޓިގެން އެއުޅޭ މުސްކުޅިބެ މައުމޫނު ކުރިކަހަލަ ކަމެއް. އެބޭގެ ދައުރުގައި މިގައުމަށް މަސްތުވާތަކެތި ފުރަތަމަ ފަހަރަށް ތަޢާރަފްވެ، ބައެއްމީހުން އޭގެ ބޭނުން ކޮށް ކުށްވެރިވުމުން އެމީސްމީހުން ޖަލަށްލުމުގެ ބަދަލުގައި ރާއްޖެތެރޭ ރަށްތަކަށް އަރުވާލީއެވެ. އެހައިރުން ލަސްތަކެއްނުވެ (ހިކިފަނެއްގައި ހުޅު ލީމާ ރޯވެގަންނަހެން) އިސާހިތަކު މުޅިރާއްޖެ ތެރެއަށް މަސްތުވާތަކެތި ފެތުރިގެންދިޔައީއެވެ.