އުމުރުން 30 އަހަރުގެ މި އަންހެން މީހާއަކީ ޗައިނާގެ ލިލިޖިއަންގ އިން ފެންނަ މީހެކެވެ. މި ހިސާބުގައި އުޅޭ ގިނަ މީހުން އޭނާ ދަންނާނެއެވެ.

މި އަންހެން މީހާއަކީ ކުރިން މަސައްކަތްކޮށް އުޅުނު ވަޒީފާއިން ވަކިކޮށްފައި ހުރި މީހެކެވެ. އޭނަ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ވެއިޓަރެއްގެ ގޮތުގައި އާއި ކޭޝިއަރެއްގެ ގޮތުގައެވެ. އޭނާ އެ ވަޒީފާއިން ކަނޑާލި ވަކި ސަބަބެއް ނޭގުނުނަމަވެސް، އޭނާއަކީ ވަޒީފާ އަދާކުރެވޭނެ ވަރަށް ހަށިގަނޑުގައި ވަރު ހުރި މީހެކެވެެ. ނަމަވެސް ވަޒީފާއިން ކަނޑާލި ހިސާބުން ދެން އިތުރަށް އޭނާ މަސައްކަތް ކުރާކަށް ބޭނުންނުވިއެވެ.

އެއަށްވުރެ ބޮޑަށް އޭނާ ކަންނެތްކަމުގައި ވެދާނެއެވެ. އޭނާ ފައިސާ ހޯދަންވެގެން ފެށި މަސައްކަތަކީ ސަލާން ޖެހުމެވެ.

ބޯޑެއް ހިފަައިގެން މަގުމަތީގައި އިނދެ އޭނާ ސަލާމް ޖަހަމުންދާއިރު، އޭނާގެ ތެދުވެރިކަން ހާމަވާކަމަށްވެސް ބައެއް މީހުން ދަނީ ފާހަގަކުރަމުންނެވެ. އޭނާ އެ ބޯޑުގައި ލިޔެފައި ވަނީ އޭނާ މަސައްކަތް ކުރެވޭނެ ހާލަތެއްގައި ހުރި މީހެއްނަމަވެސް، ސަލާން ޖަހަން ބޭނުންވަނީ، މަސައްކަތެއް ނުކޮށް ކައިބޮއެ އުޅުމަށް ކަމަށެވެ.

އޭނާ އެތާގައި އިންދާ ނަގާފައިވާ ފޮޓޯތަކައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އޭނާ ފައިސާ އަޅަން ގެންގުޅޭ ދަޅުގައި ގިނަ ޢަދަދަކަށް ފައިސާ ހުރެއެވެ. އަދި ދަޅު ފުރުމުން އަތުގައި އޮންނަ ދަބަހަކަށް ފައިސާ ލައި ރައްކާ ކުރެއެވެ.

މިގޮތަށް މީހުން އަތުން ސަލާން ޖަހައިގެން ފައިސާ ހޯދައި އޭނާ މިހާރު ގިނަ ޢަދަދެއްގެ ފައިސާ އެއްކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މި ޢަމަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މިހާރު އޭނާއަށް އަމާޒުވަމުންދާއިރު އެފަރާތްތަކުން ބުނަމުންދަނީ އެއީ، މަސައްކަތް ނުކުރެވޭ ޙާލުގައި ތިބި ފަޤީރުންނަށް ކުރާ މަލާމާތެއް ކަމަށާއި އޭނާ އަށް އެހީވެގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު