އިންޑިއާ ޓިކްޓޮކް ތަރިއެއް، ކައިވެނި ޕާޓީއެއްގެ ތެރެއިން އަގުބޮޑު ކެމެރާއަކާއި ލެންސެއް ވަގަށް ނެގުމުުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ މުމްބާއީ ފުލުހުން ބުނީ އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައި ވަނީ އޭނާ މިމަހުގެ 14 ވަނަ ދުވަހު ދިޔަ ކައިވެނި ޕާޓީއެއްގެ ތެރެއިން އަގުބޮޑު ކެމެރާއަކާއި ލެންސެއް ވަގަށް ނެގުމުން ކަމަށެވެ. އެތަކެއްޗަކީ ކައިވެނި ޕާޓީގެ ފޮޓޯގްރާފަރުގެ ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕްރަދީކް ނަމަކަށް ކިޔާ އެޒުވާނާ އަކީ ޓިކްޓޮކަށް ދެވިހިފާއިވާ ޒުވާނެއް ކަމަށާއި ކޮންމެ ދުވަހަކު އޭނާ އެތައް ޓިކްޓޮކް ވީޑިއޯއެއް އާއްމު ކުރާ ކަމަށް ފުލުހުން ބުންޏެވެ.

"އޭނާ އަކީ މީހުން ދަންނަ މަޝްހޫރު މީހެއް. ކޮންމެ ދުވަހަކު ޓިކްޓޮކް އެތައް ވީޑިއޯއެއް އާއްމުކޮށް، މީހުންގެ މަގުބޫލްކަން އޭނާ ވަނީ ހޯދާފައި. މިފަދަ މީހެއްގެ ފަރާތުން ވައްކަމުގެ މިފަދަ އަމަލެއް ފެނުމުން އަހަރެމެން ހައިރާންވަން." ފުލުހުންގެ ތަރުޖަމާނަކު ބުންޏެވެ.

ކެމެރާ ގެއްލިގެން ޕްރަދީކް ހައްޔަރު ކުރީ އޭނާ ކެމެރާ ވަގަށް ނަގާ މަންޒަރު ސީސީޓީވީ ކެމެރާއަށް ރެކޯޑް ކުރެވިފައި ހުރުމުންނެވެ. ނަމަވެސް އޭނާ އާއި ސުވާލު ކުރުމުން ޕްރަދީކް ފުރަތަމަ ބުނީ ކެމެރާއާއި ލެންސަކީ އޭނާގެ ތަކެތި ކަމަށެވެ.

ފުލުހުން ބުނީ ޕްރަދީކަކީ އެފަދަ އަގުބޮޑު ކެމެރާއަށް ގަނެވޭ ފަދަ މީހެއް ނޫންކަން ފުލުހުންނަށް ފާހަގަ ކުރެވުނު ކަމަށާއި އެހެންވެ އިތުރަށް އޭނާ އާއި ސުވާލު ކުރުމުން މިހާރު ކުށަށް އިއުތިރާފް ވެފައިވާ ކަމަށެވެ.

ޕްރަދީކް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު