ލޯތްބަކީ ވެސް ވަރަށް ތަފާތު އެއްޗެކެވެ. ބައެއް ފަހަރު ލޯބިވެވުމުން ދެން ކުރެވޭ ކަންތައް ވެސް ނޭނގޭ ހިސާބަށް ދެއެވެ. އެމެރިކާގެ އެރިޒޯނާ އަށް ނިސްބަތް އަންހެނަކު ފުލުހުންނަށް ދިން ބަޔާނެއްގައި ބުނީ އެހެންނެވެ.
އުމުރުން 31 އަހަރުގެ އަންހެނެއް ކަމަށްވާ ޖެކްލިން އެޑްސް ހައްޔަރުކުރަން ފުލުހުންނަށް ޖެހުނީ ޖެކްލިން އާއި އެކު ޑޭޓަކަށް ދިޔަ ފިރިހެނަކު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެފިރިހެން މީހާ ބުނާ ގޮތުން އޮންލައިންކޮށް ދިމާވި ދެމީހުން ދިޔައީ އެންމެ ޑޭޓަކަށެވެ. އެއަށް ފަހު އެގުޅުން ކުރިއަށްގެންދަން ފިރިހެން މީހާ ބޭނުމެއް ނުވިއެވެ.
ނަމަވެސް ޖެކްލިން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނާ އަށް "ލޯބިވެވިފައިވާ" ފިރިހެން މީހާ އޭނާގެ ކޯލަކަށް ޖަވާބު ނުދިން ނަމަވެސް ކޮންމެ ދުވަހަކު 500 ޓެކްސްޓް މެސެޖް އެމީހާ އަށް ދިޔައީ ފޮނުވަމުންނެވެ. އެގޮތައް 65000 (ފަސްދޮޅަސް ފަސްހާސް) މެސެޖް ޖެކްލިން އޭނާ އަށް ފޮނުވިއެވެ.
ޖެކްލިން ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އެފިރިހެން މީހާ ފެނުމާއި އެކު އޭނާ އަކީ ޖެކްލިންގެ ހަޔާތުގެ ބައިވެރިޔާ ކަމުގެ އިހްސާސް ކުރެވުނު ކަމަށާއި އޭނާ އާއި ކައިވެނި ކުރަން ފުރަތަމަ ވެސް ބޭނުންވި ކަމަށެވެ. އެހެންކަމުން ތަފާތު މެސެޖްތައް އޭނާ އަށް ފޮނުވަމުން ދިޔަ ކަމަށް ޖެކްލިން ވެސް އެއްބަސްވިއެވެ. އޭގެތެރެއިން ބައެއް މެސެޖްތަކުގައި ޖެކްލިން އާއި ގުޅުން ނުބާއްވާނަމަ މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.
ޖެކްލިން ހައްޔަރުކޮށްފައި ވަނީ މީހަކަށް އުނދަގޫ ކުރުމާއި، ބިރުދެއްކުމުގެ ކުށުގައެވެ.
މީހަކު ދެކެ ލޯބިވެވުމަކީ ކުށެއްތަ؟؟
މީހަކުދެކެ ލޯބި ވެވުމަކީ ކުށެއްނޫން. އެކަމަކު ލޯބިވެވުނު މީހާ ހަތަރެސްފައިން ހޯހޯ ގޮވާ އުނދަގޫ ނުކުރުމަށް އެދޭ އިރުވެސް ވިގަންޏެއް ހެން ފަހަތުން ނުނައްޓާ އޭނާއަށް ދިރިއުޅުމަށް ދަތިވާ ވަރަށް ދުއްޕާން ކުރުމަކީ ކުށަކަށް ނުވޭބާ؟