ސްކޫލްތަކުގައި ގަނާ ކުރުމަކީ އާއްމު ކަމެކެވެ. މިކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ސްކޫލްގައި ކުރެވޭ ތަނެއް ނުފެނެއެވެ. އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކޮށް، އަމިއްލަ ފުރާނަ ނަގާލާ ހިސާބަށްވެސް ދެެއެވެ. އާއްމުކޮށް ގަނާގެ ޝިކާރައަކަށްވަނީ އައިބުތައް ހުންނަ ކުދިންނަށް ނަމަވެސް، ސްކޫލްގައި ކުއްޖަކު މާ މަޑުން ހުންނަ ނަމަ، އެ ކުއްޖާއަށް ބުލީކޮށް ހަދައެވެ.

ގަނާގެ ޝިކާރައަށްވާ ކުދިން އަމިއްލައަށް މަރުވާން ބޭނުންވެ އެ ވާހަކަ ވަރަށް ދައްކައެވެ. އެ މީހުން މިގޮތަށް މަރުވާ ވާހަކަދައްކަނީ މީހުންގެ މަލާމާތާއި ފުރައްސާރައިން ކެއްނުކުރެވިގެންނެވެ. އެކަމުގެ ސަބަބުން ޑިޕްރެޝަންއަށް ވެއްޓި މީހާ ހަލާކުވެދާނެ ކަމުގެ ބިރަށެވެ.

މިހާރު ދުނިޔޭގެ ސަމާލުކަމަށް އައިސްގެން އުޅެނީ އޮސްޓްލޭލިއާގެ އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ސްކޫލް ތެރޭގައި ގަނާ ކުރި ވާހަކައެވެ. އެ ކުއްޖާ އަމިއްލައަށް މަރުވާން ބޭނުންވި ވާހަކައެވެ.

އެ ވާހަަކަ މީސް މީޑިއާގެ ސަމާލުކަމަށް ގެނައީ އެ ކުއްޖާގެ މަންމައެވެ.

ޔައްރަކާ ބޭލްސް ނަމަކަށް ކިޔާ އެ އަންހެން މީހާ އޭނާގެ ދަރިފުޅު ބަލާ ސްކޫލަށް ދިޔައިރު، އޭނާއަށް ފެނިގެން ދިޔައީ ހިތްދަތި މަންޒަރެކެވެ. އޭނާގެ ދަރިފުޅަށް ސްކޫލް ތެރޭގައި ކުއްޖަކު ދިޔައީ ގަނާ ކުރަމުންނެވެ. އޭނާއަށް ދަރިފުޅު ރޯ މަންޒަރު ފެނެއެވެ.

ސްކޫލް ތެރޭގައި އެ ކުއްޖާއަށް ގަނާ ކުރަނީ އެ ކުއްޖާ އާއި އެހެން ކުދިންނާއި ތަފާތު ވުމުންނެވެ. ކޮންމެ ދުވަހަކު ކުއެޑެން އުޅެން ޖެހެނީ އެ ހާލުގައެވެ.

ބޭލްސް ބުނީ، އޭނާ ކުއެޑެން ބަލާ ސްކޫލަށް ދިޔައިރު، ސްކޫލް ކުއްޖަކު ކުއެޑެންގެ ބޮލުގައި ޖަހާ، "ލިޓިލް ޕަޕީ"އޭ ބުނެ، އޭނާގެ އިސްކޮޅާއި ގުޅޭގޮތުން ދިޔައީ މަލާމާތް ކުރަމުން ކަމަށެވެ.

ކުއެޑެން ނަމަކަށް ކިޔާ އެ ކުއްޖާއަކީ "އެޗޮންޑްރޮޕްލަސިއާ" ނަމަކަށް ކިޔާ ސިއްހީ މައްސަލައެއްގެ ސަބަބުން އެހެން ކުދިންނަށްވުރެ ކުރުކޮށް ހުންނަ ކުއްޖެކެވެ.

ބޭލްސް ފޭސްބުކްގައި ޕޯސްޓް ކުރި ވީޑިއޯގައި، ކެއުޑެން ކާރު ތެރޭގައި ރޯމަންޒަރު ފެނެއެވެ. މިދިޔަ ބުދަ ދުވަހު ކުއެޑެން ބަލާ ސްކޫލަށް ގޮސް، އެނބުރި ކާރުގައި ގެއަށް އަންނަމުން ނެގި އެ ވީޑިއޯ މީސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ލިބިގެން ގޮސްފައެވެ.

އެ ވީޑިއޯގައި ކުއެޑެން އޭނާގެ މަންމަ ކައިރީގައި، އޭނާ އަމިއްލައަށް މަރުވާން ވަޅިއެއް ދިނުމަށް އެެދެވެ.

ބޭލްސް ބުނީ، މިއީ ބުލީގެ ސަބަބުން ދިމާވަމުންދާ ކަންކަން ކަމަށާއި، އޭނާއަށް މިކަމާއި ގުޅިގެން ކުރާނެ އިތުރު ކަމެއްވެސް ނޭނގޭ ކަމަށެވެ.

"މިއީ ގަނާގެ ސަބަބުން ދިމާވާ ކަންކަން، ތި މީހުން އަމިއްލަ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރޭ، އާއިލާ އާ ރަހުމަތްތެރިން ތަރުބިއްޔަތު ކުރޭ" އޭނާ އެ ވީޑިއޯގައި ބުނެފައި ވެއެވެ.

އެ ވީޑިއޯގައި ބޭލްސް ވަނީ، ބުލީގެ ސަބަބުން ދިމާވަމުންދަނީ މިފަދަ ކަންތައް ކަމަށް ބުނެފައެވެ. އަދި އުމުރުން ނުވަ އަހަރުގެ އެ ކުއްޖާ ބޭނުންވަނީ ސްކޫލަށް ގޮސް، ކިޔަވައި، މަޖާކުރުމަށް ކަމަށާއި، ނަމަވެސް ކޮންމެ ދުވަހެއްގައި ދަރިފުޅަށް ގަނާ ކުރަމުންދާ ކަމަށެވެ.

އެކަމާއި ބޭލްސްވެސް އެ ހުރީ ހިތްފަޅައިގެން ގޮސްފައެވެ.

"އަޅުގަނޑު މީހުންނަށް އަންގައިދޭން ބޭނުންވަނީ މިކަމުގެ ސަބަަބުން އަހަރެންގެ އާއިލާ ހިތްފަޅައިގެން ގޮސްފައިވާވަރު".

އޭނާ އިތުރަށް ބުނެފައި ވަނީ މިކަމުގެ ސަބަބުން ދަރިފުޅު ބޭނުންވަނީ އަމިއްލައަށް މަރުވާން ކަމަށެވެ.

ބޭލްސްގެ އެ ވާހަކަތަކާއެކު ކުއެޑެންއަށް ސަޕޯޓް ދިނުމަށް އެތައް ބަޔަކުވަނީ ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސްކިން ޓޯޓޯ

    ޢަހަރެންއެންމެ އުފާވީ ބުލީ ކުރި ކުދިންނާ ދެކޮޅަށް އަހަރެން ކުރި ދުއާ އިޖާބަ ކުރެއްވީމަ އަރެންގެ ދަރިފުޅު އެއްދުވަހަކު ގެޔަށްއައިސް ބުނީ ދެން ދުވަހަކުވެސް ސްކޫލަކަށް ނުދާނަމޭ އެވެނި މިވެނި ކުދިން ތޮޅެނިއްޔޭ ޓީޗަރު ކައިރީ ބުނެފިނަމަ އަދަބު ދެނީ އަހަރެންނަށޭ އަހަރެން ބުނިން ޔޫނުސް ގެ ފާނުގެ ދުއާ 200 ފަހަރު ކިޔާށޭ ﷲ އެކުދިން މައިތިރި ކޮށްދެއްވާތޯ ދަންނަވާށޭ ޛެހިގެން އައިދުވަހު ސްކޫލަށްދިއައިރު އެއްކުއްޖަކުގެ ފައި އޮތީ ކުޅެނި ކޮންވެއްޓި ބިދިފައި އަނެއްކުއްޖާެގެ އަތް ބިދިފައި އެންމެ ނުލަފާކުއްޖާގެ ފައި ކަފައި ގެންދިއައީ ކުޅެން އުޅެނިކޮން ބިއްލޫރި ގަނޑަކަކަށް ފައިންއެރިގެން ގަނާކުރާ ތިންކުދިންވެސް ރޯދަމަސް ނިމެންދެން މައިތިރި ކޮށްދެއްވި ﷲއަށް ހަމްދު ކޮށް ޝުކުރުވެރިވަން ގޮންޖެހުން ތަކުގެ ތެރޭގައި އެކަލާނގެދަރިފުޅުގެ އަތުގައި ހިއްޕެވީތީ އޭނަޔަށްރަހުމަތް ބާވާލައްވާ ދަސްކުރުމުގެ ބާރާ ހިތްވަރު ދެއްވާ ހިތް އަލި ކޮށްދެއްވީތީ ޣޮންޖެހުންތައް ކުރިމަތިވާ ކުދިންނަށާ އެކުދިންގެ މައިންބަފައިންނަށް ބުނެލަން އޮތީ ﷲ އާމެދު އިތުބާރު ކޮށް ވަކީލު ކުރާށެވެ އާދަތައް ފޫއަޅުވާލަނިވި ގޮތްގޮތުން މަދަދާއި އެހީ ބާވާލައްވާނެއެވެ މާޔޫސްވެ ﷲގެ ހަސްރަތުން އުންމީދު ކަޑާނުޅާށެވެ

    39
    127
    • ގިނިހިލަ

      ގަނާކުރާ ކުދިންނަށް އަދި މީހުންނަށް އަދަބު ލިބެން ވާނެ އެކަމަކު އަދި ތިހިސާބަށް ދާކަށް ނުވޭ ކަންނޭނގެ

  2. މަ

    ބުލީ ކުރުމަކީ އެކަން ރައްދު ވާ ކުއްޖާ އަށް ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ވަރަށް އަސަރު ކުރާ ވޭން ހުރި ކަމެއް... އެކަން ދިމާވި މީހަކަށް ނޫނީ އެކަން އިޙްސާސް ވެސް ނުކުރެވޭނެ... މަގޭ ތަޖުރިބާ

    25
  3. ޢަހުމަދު

    ޢަހަރެންގެ ދަރި ހަލާކުވީ ބުލީގެ ސަބަބުން އެއީ ﷲގެ ރަހުމަތުން ވަރަށްމޮޅު ކުއްޖެއް ވަރަ ށްބަސްހަހާ މަޑުން ހުންނަ ކުއްޖެއް އޭނަގެ ސޯޝަލް ބިހޭވިއާ ހަލާކު ކޮށްލީ ކަލާފާނު ސްކޯލުން. ބައެއް ޓީޗަރުންވެސް ހަސަދަވެރިވީ ޢެމީހުންގެ ދަރިންނާ އެއްކުލާހެއްގައި އުޅޭތީ ދޭތިން އެކައްޗަށް މަސައްކަތްކުރީ އޭނަ ހަލާކު ކޮށްލަން ބޭއިންސާފުން އަދަބު ދޭންފެށީ އަބަދު ބައިންދަނީ އަދަބުދިނުމުގެ ގޮތުން އެކަހެރި ކޮށް އައިސަލޭޓް ކޮށްފައި އޭގެ ނާޖާއިޒް ފައިދާނެގީ ބަސްނާހާ ކުދިން ގްރޭޑް1ކުން ފަށައިގެން ގްރޭޑް7ކާ ހިސާބަށް ދިޔައިރު އޭނަ ހުރީ ސައިކޯ ކުއްޖަކަށް ބަދަލު ވެފައި ގަނާގެ ޝިކާރައަކަށްވުމުން އުފުލަންޖެހޭ ބުރަ އިހްސާސް ވާނީ އެފަދަ ކަމެއްދިމާވުމުން ދުވަހަކުވެސް ގްރޭޑް1ގެޓީޗަރަށް މާފެއް ނުކުރެވޭނެ

    20
  4. ޢަހަރެން

    ޢަހަންރެންވެސް ބޭނުމެއްނޫން މި ކަހަލަ އަނިޔާވެރި ދުނިޔެއެއްގަ އުޅޭކަށެއް....
    ސްކޫލުގަ ވެސް ކޮންމެ ކަމެއްގަ އަހަރެން އަަބަދުވެސް ބާކީކޮށްފަ ހުންނާކަށެއް...
    ޢެކަމު އަމިއްލަ އަށް މަރުވުމާކީ ޙަރާމް ކަމެއްކަން އެނގި ހުރެ، ﷲ އިރާދަކުރެއްވިއްޔާމު އެކަހަލަކަމެއް ނުކުރާނަން...
    ޙާދަހިތައް ތަދުވެޔޭ ...އެކުވެރިއެއްވެސް ހުންނަނީކީ ނޫން ..?
    ޔާ ﷲ، މި އަޅާއަށާއި ، އަދި މިފަދަ ކަންކަން ތަޙައްމަލު ކުރަމުންދާ މީހުންނަށް ކެތްތެރިކަން ދެއްވާ، ރަނގަޅު ގޮތެއް މެދުވެރި ކުރައްވާންދޭ!!..
    އާމީން ..

    26
    1
  5. ޙަސަނު

    މިކުޑަޑަ ކުއްޖާއައް ގަނާ ކުރި ކުއްޖާގެ މައިން ބަފައިންނައް ހަލާކު ހުރި.

    5
    1
  6. Anonymous

    ބުލީކުރަނީ ތަރުބިއްޔަތު ކުރާ ގޮތުންނާ ބުލީކުރަން އާއިލާއިން ހިތްވަރު ދޭތީ ތިމާގެ ދަރި ފިޔަވާ އެހެން ކުއްޖަކު ކިޔަވައިގެންނުވާނެ ކަމަށް ހީކުރެވޭތީ

  7. ހޭލާ

    ދުނިޔެ: ގަނާގެ ޝިކާރައަށްވާ ކުދިން އަމިއްލައަށް މަރުވާން ބޭނުންވެ އެ ވާހަކަ ވަރަށް ދައްކައެވެ. އެ މީހުން މިގޮތަށް މަރުވާ ވާހަކަދައްކަނީ މީހުންގެ މަލާމާތާއި ފުރައްސާރައިން ކެއްނުކުރެވިގެންނެވެ.

    ދިވެހިން: "ނުޖެހޭ އަމިއްލައަށް މަރުވާކަށް ތީ ހަމަ އީމާންކަން ބަލިކަށިވީމަ ތިކަހަލަ މީހުން ވަޅުލާކަށްވެސް ނުޖެހޭނެ"

    5
    3
    • Anonymous

      ކަލޭ ތީ ދިވެއްސެއް ނޫންތަ؟

      1
      1
  8. Anonymous

    ޙޮދު ތިމާގެ ދަރިއަށްބުލީ ކުރާނަމަ އެގޭނީ ވާނެ ދެރަ އާ އަންނަ ރުޅި ބުލީކުރަނީ އިންސާނީ ވަންތަ ސިފަތަކާއިހްސާސްނެތް ވަރަށް ޖަނަވާރު މީހުން.