ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) ގެ ކައިވެނި އިއްޔެ ހަވީރު ވަނީ ކުރެވިގެން ގޮސްފައެވެ. ހުޅުމާލޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ދެ ތަރިންގެ ކައިވެނި ކުރެވިގެންދިޔައިރު،އެ ހަފްލާގައި ދެ އާއިލާގެ މީހުންނާއި، ގާތް ރަހުމަތްތެރިންގެ އިތުރުން، ފިލްމީ ތަރިންވެސް ބައިވެރިވިއެވެ.
ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މި ދެތަރިން ކައިވެނި ކުރިއިރު، އެ ހަފްލާގައި ނަގާފައިވާ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ހަފްލާގައި އައްޒަ ހުރީ ހުދު ކުލައިގެ ސިމްޕަލް ވެޑިންގ ޑްރެސްއެއް ލައިގެންނެވެ. ރީތި މޭކަޕާއެކު އައްޒަ ހުރީ ވަރަށް ނަލަ ކޮށެވެ. މުއާ ހުރީ އަޅިކުލައިގެ ކޯޓެއް ލައިގެންނެވެ.
މި ދެތަރިން ކައިވެނީގެ ހަފްލާއަށްފަހު މިހާރު ވަނީ ހަނީމޫނަށް ފުރާފައެވެ. ހއ. އަތޮޅުގައި އޮންނަ ހައިޑްވޭ ބީޗް ރިސޯޓް އެންޑް ސްޕާއަށް ދެ މީހުން މިހާރު ވަނީ ޗެކިންގ ވެފައެވެ.
މުއާ އާއި ކައިވެނި ކުރުމަށް އައްޒަ ރަން ކިއުުން އޮތީ ފެބްރުއަރީ ދެ ވަނަ ދުވަހުއެވެ. އައްޒަ ރަން ކިޔާފައިވަަަނީ 30 ރުފިޔާ އަށެވެ.
އައްޒަ އާއި މުއާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދިވެހި ފިލްމު "ލީނާ" އިންނެވެ. އަދި މި ދެ ތަރިން ދަނީ ހުވާ ދެ ވަނަ ސީޒަންގައިވެސް މަސައްކަތް ކުރަމުންނެވެ.
އައްޒަ އަދި މުއާވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.
ވަގުތު ކުދިން ދެން ރެޑީވޭ އައްޒަ އާއި މުއާ އަށް ދަރިއަކު ލިބެނީ ..މިހެން ލިޔަން
ހަބަރެއްތަ
ވަގުތު ހަދަ މޮޅެ ޗެކިންވި ރިސޯޓުވެސް ހޯދަލައިފި
ޙަނީ މޫނޭ ?
ފޫހިބަޢެޢް މީ
ފިލްމުސްޓާރުން ވިއަސްްްްްްްްްްްްްްް އަޅާހެދުން އިސްލާމްދީނާް ފުށުނާރާގޮތަށް އެޅުން މުހިއްމު. ދިވެހިން މިގޮތަށްް ނިވާކަން ކުޑަހެދުން ލައިގެން ތިބޭފޮޓޯ ނޫްސްތަކުގައި ޖެހުމަކީ ޒިންމާަދާރުކަން ކުޑަ ކަމެއް ކަމަށްފެނޭ.
ތީ ވަރުގަދަ މުއާ އަކާ އައްޒަ ޔަކާނު. ވަގުތު ތިކަހަލަ ބޭކާރު ހަބަރު ނުގެނެސްދީބަލަ. ޕުލީސް
ވަގުތު ޢުހެނީ މިމީހުން ޢިސްތިހާރު ނުކުރެވިގެން ބޯހަލާކު
ޢައްޒަގެ އައުރަފޮރުވަން ތުވާލިއޮޅައިދޭން ޕޮލިހުން ނަކަށް ނުޖެހޭތަ
އައްޒަ ބުރުގާ އަޅަނީ ކޮން ދުވަހަކުން...
އައިންތު އަށް ވެސް ރަނގަޅީ ދަރިން ނިވާކަން ކުޑަ ހެދުން އެޅީމަ ކަންނޭގެ.ދެން ފުކެއް ބޮޑުވަރު ދޯ