މިއީ ލަންޑަނަށް ނިސްބަތްވާ އާޗީ އާއި ފްރެޑީއެވެ. އެއްމާބަނޑު ދެބެއިންނެވެ. މި ކުދިންނަށްވެސް އަދި ވާނީ ހަތަރު މަހެެވެ. ނަމަވެސް ދެ ކުދިން، ދެ ކުދިން ބަލާ، ހީލާ އަމިއްލަ ވާހަކަތަކުގައި އުޅެއެވެ. ދެ ކުދިންގެ ތެރެއިން އާޗީ ވާހަކަދައްކާއިރު، ފްރެޑީ އޮންނަނީ އަޑު އަހައިގެންނެވެ.

މިއީ އާޗީ އާާއި ފްރެެޑީ އަށް، ދެ ކުދިން އެނގުނު ފުރަތަމަ ފަހަރު ކަމަށްވެސް ވެދާނެއެވެ.

ފްރެޑީ އާއި އާޗީ އެއްޗެހި ބަދަލު ކުރާ މެޓް މަތީގައި ތިބެ، ދެ ކުދިންނާއި ވާހަކަ ދައްކާ މަންޒަރު ފެންނަ ވިޑިއޯއަށް މީސް މީޑިއާގެ ސަމާލުކަންވެސް ލިބިއްޖެއެވެ.

އަމިއްލަ ބަހުރުވައިން ދެ ކުދިން ވާހަކަދައްކާއިރު، އެ ވީޑިއޯއަކީ މީގެ މަހެއްހާ ދުވަސް ކުރީގެ ވީޑިއޯއެެކެވެ.

މަދު ސިކުންތު ކޮޅުގެ އެ ވީޑިއޯއާ ގުޅޭގޮތުން މި ދެ ކުދިންގެ މައިންބަފައިން ބުނީ، އެ ދެ ކުދިން ނެޕީ ބަދަލު ކުރި ގަޑީގައި، އުޅުނީ ވާހަކަގައި ކަމަށެވެ. އެގޮތުން އާޗީ ވާހަކަދައްކަމުންދިޔައިރު، ފްރެޑީ އަޑުއެހީ ކަމަށް އެ ދެ ކުދިންގެ މައިންބަފައިން އިންސްޓަގްރާމްއަށް ލި ޕޯސްޓުގައި ބުނެފައި ވެއެވެ.

ވިހައިގެން އުޅޭ ތުއްތު ކުއްޖާއަށް އަށް ސާފްކޮށް ފެންނާނީ އެ ކުއްޖާގެ ކުރިމަތިން 12 އިންޗާއި ހަމައަށެވެ. ނަމަވެސް ކުއްޖައަށް ދެ މަސް ދުވަސް ވުމުން ދުރު ފެންނަން ފަށާއިރު، ކުލަވެސް އިނގެން ފަށާނެއެވެ.