ގެރި މަހަކީ މުޅި ދުނިޔޭގައިވެސް އެންމެ އާންމުކޮށް ކެއުމުގައި ބޭނުންކުރެވޭ މަހުގެ އެއް ބާވަތެވެ. ކުކުޅު އަދި ކަނޑު މަހާއި އެއްވަރަށް ބައެއް ގައުމުތަކުގައި ގެރި މަސް ބޭނުންކުރެވޭއިރު އެ މަހަކީ ހަށިގަނޑަށް އެންމެ ފައިދާހުރި މާއްދާތަކެއްވެސް ގިނަ އަދަދަކަށް ހިމެނޭ މަހެކެވެ. އެގޮތުން ގެރި މަހަކީ ކުކުޅު މަހާއި ކަނޑު މަހަށްވުރެންވެސް ގިނަ އަދަދަކަށް އަޔަން އޭގައި ހިމެނޭ މާއްދާއެކެވެ.

ގެރި މަހަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސް އަދި މިނަރަލްވެސް ހިމެނޭ މަހެކެވެ. ސިއްހީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ގެރިމަހަކީ މީހާގެ ސިއްހަތު އެންމެ ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި ކެއުން ވަރަށް މުހިންމު މަހެކެވެ. ގެރި މަހުގައި ގިނަ އަދަދަކަށް ޕްރޮޓިންސް އަދި ޒިންކް ހިމެނޭއިރު އެއީ ފެޓްސްވެސް ގިނަ އަދަދަކަށް ހިމެނޭ މަހެކެވެ.

ގެރި މަހުގައި ހިމެނޭ ޕްރޮޓީންސް އަކީ އޭގައި ގިނަ އަދަދަކަށް އެނިމޮ އެސިޑްސްވެސް ހިމެނޭ އެއްޗެކެވެ. ޑޮކްޓަރުން ބުނާގޮތުގައި ބޮޑު އަނިޔާއަކުން އަދި ސާރޖަރީއެއްފަދަ ކަމަކުން ފަރުވާލިބެމުން އަންނަ މީހަކު ކެއުމުގައި ހިމެނުމަށް ގެރި މަހަކީ ވަރަށް މުހިންމު އެއްޗެކެވެ. ސަބަބަކީ އޭގައި ހިމެނޭ މައްދާތަކުން އިންސާނާގެ ހަށިގަނޑުގެ ޓިޝޫ އަލުން އުފައްދައިދޭތީއެވެ. އޭގެ އިތުރުންވެސް ވިޓަމިން ބީ12، ސެލީނިއަމް، ނިއަސިން، ވިޓަމިން ބީ6، ފޮސްފޮރަސްގެ އިތުރުންވެސް އެތައް އެތައް މާއްދާއެއް ހިމެނޭ އެއްޗެކެވެ.

މި ދެންނެވުނީ ކެއުމުގައި ގެރިމަސް ފަދަ ރަތް ކުލަ ގަދަ މަސް ހިމަނަންވީ ގިނަ ސަބަބުތަކުގެ ތެރެއިން މަދު ބައެއް ސަބަބުތަކެވެ.