އެމެރިކާގައި އިންސާނުންގެ ދޫ ތަކެއް ބުރިކޮށްފައި ފުޅިފުޅި އަށް އަޅާފައި ހުއްޓާ ފެނިއްޖެއެވެ.

އެ ގައުމުގެ ފްލޮރިޑާގައި ހުންނަ ގެއެއް ތެރެއިން ފުޅިފުޅި އަށް އިންސާނުންގެ ދޫތައް އަޅާފައި ހުއްޓާ ފެނުނީ އެ ގޭގެ ފައުންޑޭޝަން އިންސްޕެކްޓު ކުރަން ދިޔަ ހޯމްއިންސްޕެކްޓަަރަކަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ދޫތަކަކީ 1960 އާއި 1970ގެ އަހަރުތަކުގައި ދިރިއުޅުނު ބައެއްގެ ދޫތަކެކެެވެެ. އަދި އެ ގެއަކީ ޕެތަލޮޖިސްޓެއް ކަމުގައިވާ ޑރ. ރޮނަލްޑްބައުގްމަން މީގެ ކުރިން ދިރިއުޅުނު ގޭ ކަންވެސް ވަނީ ހާމަވެފައެވެ.

މި ދޫތައް ބަހައްޓާފައި ހުރީ ގޭގެ ފައުންޑޭޝަން ދަށުގައި ރަނގަޅަށް ރައްކާ ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އެ ޑޮކްޓަރު ބުނެފައި ވަނީ އެއީ ސައިންސް ދިރާސާ އަކަށްކުރި ކަމެއް ކަމަށާއި ނަމަވެސް ގޭ ބަދަލުވީ އިރު އެތަކެތި މަތިން އެއްވެސް ވަރަކަށް ހަނދާން ނެތް ކަމަށެވެ.

މި ޙަބަރާއި އެކު ބައެއް އާއްމުން ކަންބޮޑުވުން ފާޅު ކުރި ނަމަވެސް ފުލުހުން ބުނެފައި ވަނީ ޑރ އެކަން ކުރީ ގާނޫނުގެ ތެރެއިން ކަމަށާއި މިކަމުގައި އާދަޔާ ޙިލާފް ކަމެއްފާހަގަ ނުވާ ކަމަށެވެ. ފުލުހުން މިހެން ބުނި ނަމަވެސް އެ ފަރާތްތަކުން އަންނަނީ މިކަން އަދިވެސް ބަލަމުން ކަމަށް އެމެރިކާ ފުލުހުން ވަނީ ބުނެފައެވެ.

މިހައިތަނަށް ބެލި ބެލުމުން ޑރ ދީފައި ވަނީ ތެދު މައުލޫމާތުކަން ހާމަ ވޭ. ދެން އޮތީ އެކަން ވެރިފައި ކުރުންއެމެރިކާ ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު