ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ "ފްރެންޑްސް" ގެ ރީޔުނިއަން އެއް ބާއްވަން އުޅޭކަން ބޭރުގެ ގިނަ މީީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ.

އެޗްބީއޯ އިން ބުނި ގޮތުގައި މެއި މަހުގެ ތެރޭގައި އާ އެޕިސޯޑް ލޯންޗް ކުރާނެ ކަމަށެވެ.

ޕްރެންޑްސްގެ ރޯޔިނުއަން އެޕިސޯޑުން ޑޭވިޑް ސްވިމާ، ޖެނިފާ އެނިސަން، ކޯޓްނީ ކޮޒް، މެޓް ލެބެންކް، ލިސާ ކުޑްރޯ، މެތިއު ޕެރީ ފެނިގެންދާނެއެވެ.

ޕްރެންޑްސްގެ 10 ސީޒްންއެއް ވަނީ ނެރެފައެވެ. 1994 ން ފެށިގެން 2004 ވަނަ އަހަރާއި ހަމައަށް 236 އެޕިސޯޑު ވަނީ ނެރެފައެވެ. މަޖާ، އުފާވެރި، ހިތާމަވެރި އަދި ލޯބީގެ މަންޒަރުތަކެއް ދައްކުވައިދޭ މި ސީރީޒް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީޒްއެކެވެ.

ދިވެހިން އަދިވެސް އާންމުކޮށް އަންނަނީ ބަލަމުންނެވެ. މިފަދަ ޕްރޮގްރާމްއަކަށް ހަމަ ގައިމުވެސް މި ސީރީޒްގެ ފޭނުން ތިބޭނީ އިންތިޒާރުގައި ކަމާއި މެދު ޝައްކެތްނެތެވެ.

މެތިއު ޕެރީ ރޭ އިންސްޓާގްރާމްގައި ކޮށްފައިވާ ފޮޓޯއެއްގައި ބުނެފައިވަނީ "އިޓްސް ހެޕެނިން." ކަމަށެވެ.

މި ޝޯގެ ފައިނަލް އެޕިސޯޑް ބެލި މީހުންގެ އަދަދު ވަނީ 52.5 މިލިއަންއަށް އަރާފައެވެ. މިހާރު މި ޝޯ ވަނީ ނެޓްފްލިކްސް އަށްވެސް އަޕްލޯޑު ކޮށްފައެވެ. މެތިއުގެ އިތުރުން ޖެނިފާ ވެސް ވަނީ އެންމެން އެކުގައި ނަގާފައިވާ ސެލްޕީއެއް އިންސްޓާގްރާމްއަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    އަންހެނުން އޮރިޔާން ކޮށްފަ ފިރިހެނުން މާ ބޮޑަށް ނިވާކުރުވުމަކީ އަންހެނުންނަށް ވެވޭ އަމިޔާއެއް ދެވޭ ދެރައެއް ވެސްޓަރން ސިވިލައިޒޭޝަން ކަޑަ

    10
    1
  2. ހުސޭނުބޭ

    ކޮން ނަމެއްތަ އާ އެޕިސޯޑުތަކަށް ކިޔަނީ! ފްރެންޑްސް ހަންޓޯޓޯ ތަ؟

    3
    5